އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ
ހަބަރު
03 Sep 2023 | 16:17
ސާމިޔާގެ ތާއިދު މުއިއްޒަށް: "އެއީ އިދިކޮޅު ކެންޑިޑޭޓުންނަށް ކުޑައިމީސް ބަސް ވިދާޅުނުވާ، ނަމޫނާ ބޭފުޅެއް"

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް ދީނީ ޢިލްމުވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރ އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ ނިންމައިފިއެވެ. 

މިކަން ހާމަކުރައްވައި ސާމިޔާ ކުރެއްވި އެފްބީ ޕޯސްޓެއްގައި ބުނެފައިވަނީ، އެ ނިންމުމަކީ އަމިއްލަފުޅު ނިންމުމެއްކަމަށާއި މާތް الله ގެ އިރާދަފުޅާއެކު ބަދަލަކަށް ޑރ މުހައްމަދު މުއިއްޒު ހޮވުމަށެވެ. 

އަޅުގަނޑަށް ޤާނޫނު އަސާސީ އިން ލިބިދީފައިވާ ޙައްޤުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށްޓަކައި، މިމަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް - ޕީއެންސީ އިން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުޢިއްޒު އާއި ސެންބެ އަށް ތާއީދުކުރުމަށް އަޅުގަނޑު ނިންމައި ފީމެވެ.

ސާމިޔާ

މީގެ އިތުރުން ސާމިޔާ ވިދާޅުވީ، ޑރ. މުޢިއްޒަކީ މިވަގުތު ދިވެހިރާއްޖެ އޮތް ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ގެންގޮސްދިނުމުގެ ޢިލްމާއި،ތަޖުރިބާ އާއި ޤާބިލިއްޔަތު ކަން ހުރި ކެންޑިޑޭޓު ކަމުގައިގަބޫލު ކުރައްވާކަމަށާއި، ޑރ.މުޢިއްޒުގެ އެންމެ ފާހަގަކޮށްލެވޭ ޞިފައަކީ، އިދިކޮޅު ކެންޑިޑޭޓުންނަށް ކުޑައިމީސް ބަސްފުޅެއް ވިދާޅުނުވެ، އެމަނިކުފާނުގެ ވިޝަން އާއި މިޝަން އަދި ކަންކަން ރާއްވަވާ ހިންގަވާނެ ގޮތް ރައްޔިތުންނާއި ޙިއްސާކުރެއްވުން ކަމުގައި ސާމިޔާގެ ޕޯސްޓްގައި ބުނެފައިވެއެވެ. 

އަދި މީގެ އިތުރުންވެސް ޑރ މުއިއްޒަކީ، ނަމޫނާ ދައްކަވާ، އިސްލާމްދީނަށް ލޯބިކުރައްވާ، ޢަމަލުކުރައްވާ ބޭފުޅެކެވެ. ގައުމަށް އިޚްލާސްތެރި، ވަފާތެެރި، ވަޠަނީ ރޫޙެއްގައި މަސައްކަތް ކުރައްވާ، ގައުމީ ދަރިއެއްްގެ ގޮތުގައި ސާމިޔާ ވަނީ ސިފަކުރައްވާފައެވެ. 

ރިޔާސީ އިންތިހާބަށް 7 ދުވަހަށް ވެފައިވާއިރު ގިނަ އަދަދެއްގެ އިލްމުވެރިން އަންނަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވާކަން ހާމަކުރައްވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.