ގަމު ކެންޕެއިން ޖަލްސާގައި މުޢިއްޒު ވާހަކަ ދައްކަވަނީ--ފޮޓޯ/ ޕީޕީއެމް
ހަބަރު
04 Sep 2023 | 09:25
ލ ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅާނަން: ޑރ. މުޢިއްޒު

ލ ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް ގާއިމްކޮށްދެއްވުމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ ގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުން ވަރަށް ގިނަ ކަމަށެވެ. އެހެންކަމުން ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އެހެން ރަށެއްގައި އިއުލާންކުރި އަޅުގަނޑުމެންގެ ހެލްތް މެނިފެސްޓޯގައި ހިމަނާފައި ވާނީ. އެއީ ރާއްޖޭގައި ވަރަށް ގިނަ ނަފްސާނީ ބަލިތައް. މުޖުތަމައު އޮތް ގޮތުން، ނޭޝަނަލް ލެވެލްގެ މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން ވަކި ރަށެއް މީގެ ކުރިން އިއުލާނެއް ކޮށްފައިނުވާނެ." މުޢިއްޒު ވިދާޅުވިއެވެ. 

މުޢިއްޒު ވިދާޅުވީ ބޭރުގައުމު ތަކުގައިވެސް މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަނީ ހިތްފަސޭހަ ތަންތަނުގައި ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެ ހޮސްޕިޓަލު އަޅާނީ ގަމުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"ބޭރު ގައުމު ތަކުގައިވެސް އެ ހޮސްޕިޓަލް އަޅަނީ ވަރަށް ހިތްފަސޭހަ ގަސްގަހާގެހި ގިނަ ހިތް ގައިމު މީހުން ބާރުބޮޑުވުން މަދު އެކަހަލަ ތަނަކަށް ދިޔައީމަ ހިތްފަސޭހަ ކަން ލިބޭނެ މާހައުލެއް. އެހެންވީމާ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅާނީ އިރާދަކުރެއްވިއްޔާ ގަމުގައި ކަން އިއުލާން ކުރަން.

ޑރ. މުހައްމަދު މުޢިއްޒު 

މީގެ އިތުރުން މުއިއްޒު ވަނީ ގަމުގައި ހުރި ޓާޝަރީ ހޮސްޕިޓަލްއިން ހުރިހާ ހިދުމަތްތަކެއް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށާ އަދި އެއީ ތަފާތު ހިދުމަތްތަކެއް ދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހައްދަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން އެތަނުގައި ބިހޭވިއަރަލް ތެރަޕީ ފަދަ ތެރަޕީތައްވެސް ދެވޭނެ ކްލިނިކް އެއް ގާއިމް ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.