ގުރައިދޫ ޖަލްސާގައި ޣައްސާން ވާހަކަދައްކަވަނީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
04 Sep 2023 | 10:39
މަޖީދިއްޔާގެ ހަނދާންތައް އައުކުރައްވައި ޣައްސާން ކިޔައިދެއްވީ މުޢިއްޒުގެ ތޫނުފިލި ކަމުގެ ވާހަކަތައް!

ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން މަޖީދިއްޔާ ސްކޫލުގައި ސާނަވީ ތަޢުލީމު ހާސިލް ކުރައްވަމުން ދިޔަ ދުވަސްވަރު، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ގެ ކިބައިން ފެނިވަޑައިގެންނެވި ތޫނު ފިލިކަމުގެ ބައެއް ވާހަކަތައް ކިޔައިދެއްވައިފިއެވެ. 

ރިޔާސީ ކެންޕެއިނަށް ތ. ގުރައިދޫ އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، އޭނާ ގުރޭޑް 8 ގައި ތައުލީމު ހާސިލް ކުރައްވަމުން ދިޔައިރު ޑރ. މުއިއްޒު ތައުލީމް ހާސިލް ކުރައްވަމުން ދިޔައީ އެއަށްވުރެ މަތީ ގުރޭޑެއްގައި ކަމަށެވެ. 

އެހެންނަމަވެސް، މީހުންގެ ތުންތުންމަތިން، އެ ސުކޫލުގައި އުޅޭ ވަރަށް ތޫނުފިލި، ވަރަށް މޮޅު ދަރިވަރެއްގެ ވާހަކަ އިވެމުންދިޔަ ކަމަށާ، އެއީ ކާކުކަން ބެލުމުގެ ޝައުގުވެސް އުފެދިގެން ދިޔަކަމަށް އޭނާ ވިދާޅުވި އެވެ. 

ޑރ. މުޢިއްޒުގެ ވާހަކަ އަޅުގަނޑު އަޑު އަހަންފެށީ، އަޅުގަނޑު 1993 ވަނަ އަހަރު، މަޖީދިއްޔާ ސުކޫލުގެ ގުރޭޑު 8 ގައި ތައުލީމު ހާސިލް ކުރަމުންދިޔައިރު. އަޅުގަނޑަށްވުރެ ތަންކޮޅެއް މަތީ ބެޗެއްގައި ޑރ.މުޢިއްޒު އުޅުއްވީ. އެހެންނަމަވެސް، ކްލާސްތަކުގައި ތުންތުން މަތިން އެނގޭ، ވަރަށް ތޫނުފިލި ކުއްޖަކު މި ސުކޫލުގައި އެބަ އުޅެޔޭ. ވަރަށް ކިޔެވުމަށް ފަރުވާތެރި، ވަރަށް މޮޅު، ހުރިހާ މާއްދާއަކުން އެންމެ މަތީ މާކުސް ގެންނަ ކުއްޖަކު މި ސުކޫލުގައި އެބަ އުޅެޔޭ. ދެން އަޅުގަނޑުމެން އެންމެ ހިތަށް އަރައިފި، މިއީ ކާކުތީ ބަލަން ޖެހޭނެއޭ. މިހާ މޮޅު މީހެއް އުޅެންޏާ މިއީ ކާކުތޯ ބަލަންޖެހޭނެއޭ. އެހެން ބަލަމުންދިޔައިރު ކަން ދިމާކުރި ގޮތުން އެއީ، ޑރ. މުހައްމަދު މުޢިއްޒު. 

ޣައްސާން މައުމޫން

ޣައްސާން ވިދާޅުވީ، ޑރ. މުޢިއްޒު އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އެންމެ ގިނަ މާއްދާ އޯލެވެލްގައި ހަދައިގެން، މަތީ މާކުސް ހޯއްދެވި ފުރަތަަމަ ބޭފުޅާ ކަމަށެވެ. އެގޮތުން، އޯލެވެލްގައި އެމަނިކުފާނަށް 17 މާއްދާއިން އޭ ފާސް ލިބިވަޑައިގެންނެވި ކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެމަނިކުފާނަކީ ރާއްޖޭގެ އެންމެ ފުރަތަމަ، އޯލެވެލް އިމްތިހާނުގެ، ގިނަ މާއްދާތަކެއް ހައްދަވައި، އެއީ ސުކޫލުގައި ނަގައިދޭ ފިލާވަޅު ތަކުގެ ބޭރުން އަމިއްލައަށް ތައްޔާރުވެވަޑައިގަންނަވައިގެން، އޯލެވެލް އިމްތިހާނުގައި ބައިވެރިވެވަޑައިގަންނަވާ، ގިނަ މާއްދާ ތަކަކުން، އަޅުގަނޑު ހަނދާން ގޯސް ނޫން ނަމަ، 17 މާއްދާއިން އޭ ހޯއްްދެވި ބޭފުޅެއް އެއީ. އަދި އެ އަހަރު، ރައީސުލްޖުމްހޫރިއްޔާ ގެ ސްކޯލާޝިޕް ހޯއްދަވައިގެން، ރާއްޖެއިން ބޭރަށް، އިނގިރޭސި ވިލާތަށް ކިޔަވާވިދާޅުވާން ވަޑައިގެންނެވި ބޭފުޅެއް އެއީ. އެމަނިކުފާނު އެތަނުގައި ކުރެއްވި މަސައްކަތުގައި ޔުނިވާސިޓީ އިންވެސް ހޯއްދެވީ އެއްވަނަ. 

ޣައްސާން މައުމޫން 

މިއަދު ޑރ. މުއިއްޒު އަކީ ސްޓްރަކްޗަރަލް އިންޖިނިއަރިން އިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި، ތަޖުރިބާކާރު ބޭފުޅެއް ކަމަށް ޣައްސާން ވިދާޅުވިއެެވެ. އަދި އެމަނިކުފާނު ދަރިވަރުވެ ވަޑައިގެންނެވީ ކުރީގެ ރައީސް، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ އަރިހުން ކަމަށާ، އެއީ ރައީސް ޔާމީން ފޮނުއްވި ބޭފުޅެއް ކަމަށްވެސް ޣައްސާން ވިދާޅުވިއެެވެ. 

އެހެންކަމުން، ޑރ. މުއިއްޒު ވެ ވަޑައިގަންނަވާ ވަޢުދުތައް ފުއްދަވާނެ ކަމަށް ވިދާޅުވަނީ އެ ސަބަބުތަކާއި ހުރެ ކަމަށްވެސް ޣައްސާން ވިދާޅުވިއެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.