ޑރ މުހައްމަދު މުއިއްޒު
ހަބަރު
04 Sep 2023 | 14:25
ލ އަތޮޅުގައި އެއަރޕޯޓު އަޅާ ރަށް ކަނޑައަޅާނީ ދިރާސާކޮށްފައި؛ ވޯޓު ހޯދުމަށް ވައުދުނުވާނަން: ޑރ މުއިއްޒު

ޕީޕިއެމް/ޕީއެންސީ ގެ ވެރިކަމެއްގައި ލ އަތޮޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ ޑޮމެސްޓިކް އެއަރޕޯޓް އަޅާނެ ސަރަހައްދެއް ކަނޑައަޅާނީ ވަރަށް ވިސްނާފައި ދިރާސާތައް ކުރުމަށްފަހު ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޢިއްޒު ލ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ  ދަތުރުފުޅުގައި އެ އަތޮޅުގެ ހިތަދޫ އަށް ވަޑައިގަތުމުން، މާމެންދޫ، ކުނަހަންދޫ އަދި ހިތަދޫގެ ގިނަ އަދަދެއްގެ ޒުވާނުން ތަކެއް ވަނީ ނިކުމެ މެންދޫގައި ޑޮމެސްޓިކް ވައިގެ ބަނދަރެއް ޤާއިމްކޮށްދިނުމަށް އެދިފައެވެ.

މިއަދު ހިތަދޫގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ ލ.އަތޮޅުގެ 3 ރަށަކުން މިހާރު އެއާޕޯޓެއް އަޅަން ބޭނުންވެގެން އެދިފައިވާކަމަށާއި އޭނާ ގަބޫލު ކުރައްވާ ގޮތުގައި ލ.ކައްދޫގައި އޮންނަ އެއާޕޯޓްގެ އިތުރުން ލ އަތޮޅުގެ އެހެން ސަރަހައްދެއްގައި ވެސް އެއާޕޯޓެއް އޮންނަން ޖެހޭކަމަށެވެ. މީގެ އިތުރުން ލ.އަތޮޅު ފަދަ ބޮޑު އަތޮޅެއްގައި އެންމެ އެއާޕޯޓެއް އޮތުމުން ފަތުރުވެރިކަމަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭކަން ވެސް މުޢިއްޒު ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.

ތިބޭފުޅުން އެބަ އޮތް އެއަށް ވަރަށް ރަނގަޅަށް ދިރާސާ ހައްދަވާފައި. އެހަމަ އަޅުގަނޑު ވަރަށް ރަނގަޅަށް ބަލައި އެއީ ކަމެއް ކުރާއިރުގައި އެކަމުގައި ހަގީގަތުގައި ވެސް ބަލަންޖެހޭނެ އޭގައި ހުރި ފައިދާ އާއި ގެއްލުން. ބޮޑަށް ރަނގަޅީ ކޮން ގޮތެއް ތޯ. އެހެންވީމަ ތިބޭފުޅުން އެބައޮތް އެއަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާފަ. އަޅުގަނޑު ހަމަ ބަލާނަން. ގޯ ތްރޫ ކުރާނަން. ދެން ވެސް ރިކުއެސްޓް ހުރި ދިމަ ދިމާލަށް ބެލޭނެ

ޑރ މުހައްމަދު މުއިއްޒު 

މުޢިއްޒު ކެމްޕެއިންނަށް ލ.އަތޮޅުގެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން އެއާޕޯޓް ބޭނުންވާ ކަމަށް ވިދާޅުވި ނަމަވެސް އަދި އެއާޕޯޓް އެޅޭނެ ވަކި ސަރަހައްދެއް ނިންމަވާފައި ނުވެއެވެ.

މީގެ އިތުރުން މުއިއްޒުވަނީ އެމަނިކުފާނުން އަބަދުވެސް ކަންކަން ކުރައްވަނީ އަދި ކުރައްވާނީވެސް އެގޮތަށް ކަމުގައި ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.