Ui
ހަބަރު
04 Sep 2023 | 15:04
ދިވެހީންގެ ރާއްޖެ ލަންކާ މެނިފެސްޓޯގައި ލަންކާ ދިރިއުޅޭ ދިވެހިންނަށް މުހިންމު އެތައް ކަމެއް!

ޕީޕީއެމް/ޕީއެންސީގެ ރީޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ގެ ރިޔާސީ މެނިފެސްޓޯ ގައި، ސްރީލަންކާގައި ދިރިއުޅެމުންދާ، ދިވެހިންނަށް ހުރިކަންކަން ޢިއުލާން ކޮށްފި އެވެ.ނޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް ގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެން ލަންކާގެ ދެހިވަލަ ގައި ކުރިއަށް ގެންދާ މި ޖަލްސާ އޮންނާނީ 

ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް ގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެން ލަންކާގެ ދެހިވަލަ ގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވަނީ ލަންކާ ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އެ ކޯލިޝަންގެ ސަރުކާރެއްގައި ކޮށްދޭނެ ކަންކަން ހާމަކޮށްދެއްވާފައެވެ. .

އެގޮތުން ތަޢާރަފް ކުރި ކަންކަމުގެ ތެރޭގައި؛

1) ލަންކާގަ ދިރިއުޅޭ ދިވެހިންނަށް އާސަންދަ ނުވަތަ ހެލްތު އިން ޝުއަރެންސް ގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރުން.

2) ވިސާ ދިނުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމަށް ލަންކާ ސަރުކާރާއި އެކު ވާހަކަދައްކާ ފަސޭހަ ލުއި ގޮތްތަކެއް ހޯދުނ.ް

3) ބީއެމްއެލްގެ ކޭޝް ކާރޑް ތަކުން ފައިސާ ނެގޭ ލިމިޓް މިހާރު ހުރިވަރަށް ވުރެ ބޮޑުކުރުން

4) ސްޓޫޑެންޓް ވިސާ ފީގެ ގޮތުގައި ނަގަމުންދާ ފީނެގުން ކުރިން އޮތް ގޮތަށް (ފީ ނުނަގާ ގޮތަށް) ބަދަލު ކުރުމަށް މަސައްކަތް ކުރުން

5) ވިސާ ހޯދުމުގައި އެމްބަސީގެ ދައުރު އިތުރުކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ޑެސްކެއް ގާއިމް ކުރުން

6) އައިޑީ ކާރޑާއި ޕާސްޕޯރޓް ހެދުމަށް ފަސޭހަ ލުއި ގޮތްތަކެއް ހޯދައިދީ ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދިނުން ( މިގޮތުން ފޯމް

ފުރުމާއި ފޮޓޯ ނެގޭނެ ގޮތް ހަމަޖެއްސުން)

7) ރައީސް ޔާމީން ދައުރުގައި ހިންގިގޮތަށް ސޯސަން ވިލާގެ ހަރަކާތްތައް އާ ޖޯޝަކާއި އެކު އަލުން ފެށުނ،ް

8) ލާ ޤައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަ ކުރާ ހުރިހާ ދުވަސްތަކެއް ފާހަގަ ކުރުނ.ް

9) ސޯސަން ވިލާއިން ދޭ ހިދުމަތްތަކަކީ ސަސްޓޭނަބަލް ހިދުމަތް ތަކަކަށް ހެދުމަށް ސޯސަން ވިލާގެ މުވައްޒަފުންނާއި ޓީޗަރުންނަކީ ދާއިމީ މުވައްޒަފުން ގެ ގޮތުގައި ހެދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުން

10) ސެޓްފިކެޓް ލެވެލް ގެ ކުރު ކޯސްތައް ހިންގުން ( ޤާރީ ކޯސ،ް ފަހަން ދަސްކޮށްދޭ ކޯސ،ް ކޭކް އެޅުން ފަދަ ކޯސްތައް)

11) ލަންކާގަ ކިޔަވާ ދިވެހި ދަރިވަރުންނަނީ ދީނާ ޤައުމުދެކެ ލޯބިވާ ދަރިވަރުންތަކަކަށް ހެދުމަށް ހާއްސަ ޕްރޮގްރާމް ތަކެއް ހިންގުނ.ް

13) ދިވެހިންނަށް ބެޑްމިންޓަން ކުޅުމަށް ސޯސަން ވިލާގައި ބެޑްމިންޓަން ކޯޓެއް ހެދުން

ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން ގެ ވެރިކަމުގައި ވެސް އެމަނިކުފާނު ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ގިނަ ވަޢުދުތަކެއްވެ، ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަންކަން ފުއްދަވައި އެއަށްވުރެ އިތުރަށްވެސް ކަންކަން ކޮށްދެއްވި ކަމަށް އެ ކޯލިޝަން އިން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.