މެޑަމް ފާތުން
ހަބަރު
04 Sep 2023 | 22:54
މެޑަމް ފާތުންގެ ޖަޒުބާތުތައް ފަރުދާއެއް ނުކުރެވުން!

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް މިރޭޔަކީ ތާރީޚީ ރެޔެކެވެ. އެހާމެ ޖަޒުބާތީ ރެޔެއް ވެސް މެއެވެ. އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ކުރީގެ މަހާރެހެންދި، ފާތިމަތު އިބްރާހިމް، މެޑަމް ފާތުން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ރަސްމީކޮށް ނިކުމެވަޑައިގެން ރެޔެވެ. 

މިއީ ރައީސް ޔާމިން ޖަލަށް ލީފަހުން މިފަދަ އާންމު ހަރާކާތަކުން މެޑަމް ފެނުނު ފުރަތަމަ ފަހަރުވެސް މެއެވެ. މެޑަމް ފާތުންގެ މި ފެނިލުމާއެކު އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ ހިތުގައި ރައީސް ޔާމިން ނެތް ކަމުގެ ފަޅުކަމާމެދު ކުރަމުން އައި ހިތާމަތަައް ފޫދުއްްވާލައިފިއެވެ. ރައީސް ޔާމީނަށްޓަކައި ހިތުގައި އޮތް ލޯބި މެޑަމް ފާތުންގެ ފެނިލުމާއެކު ކަރުނަޔަށްވެ އޭގެ މަގާމުން ބޭރުވެއްޖެއެވެ. 

އަލިމަސް ކާނިވަލުގައި ހުންނަ ދިވެހިންގެ ޖަގަހައިގައި ކުރިއަށް ދިޔަ ބައްދަލުވުމުން ޑރ މުއިއްޒުގެ ކެމްޕެއިން ހަރާކާތްތަކާއި ރަސްމީކޮށް މެޑަމް ފާތުން ގުޅިވަޑައިގަތްއިރު، އެ ޖަގަހައިން އެކަމަނާއަށް ގިނަ އަދަދެއްގެ މެންބަރުންވަނީ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރައީސް ޔާމިނު ނެތްކަމުގެ ފަޅުކަން އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި އާއިލާއިން ކުރާވަރު އެކަމަނާގެ މޫނުމަތީގެ އަސަރުތަކުން ސާފުކޮށް ބުނެދިން އިރު ރައީސް ޔާމިންގެ ސަޕޯޓަރުންގެ މޫނުމަތިން ފެނުނު އަސަރުތައްވެސް ކިޔައިދިނީ ދިވެހި ގައުމީ ފަސްގަނޑު އެމަނިކުފާނުގެ ޚިދުމަތްތަކުގެ ހަނދާން އައުކޮށް ހިތާމަކުރާ މިންވަރެވެ. 

ރައީސް ޔާމީންގެ ސަޕޯޓަރުންނާއިއެކު މެޑަމް ފާތުން 

ރައީސް ޔާމީނުގެ ވެރިކަމުގައިވެސް އިޖްތިމާއި ގިނަ ޚިދުމަތްތަަކެއްގައި ނުހަނު ހިވާގި ކަމާއެކު ހަރަކާތްތެރިވި ކަނބަލެއްގެ ގޮތުގައި މެޑަމް ފާތުން ފާހަގަކޮށްވެއެވެ. 

މެޑަމް ފާތުންގެ ހާލުކޮޅުވެސް އެފަދައެވެ. ދިވެހި ތާރީޚު ފަތްފުށްތަކުންވެސް ނުދެކޭހާ ތަރައްގީ މި ގައުމަށް ގެނެސްދިން އެކަމަނާގެ ފިރިކަލުންގެ ޚިދުމަތުގެ އިނާމަކަށް ޖަލުގެ ތޭރިތަގެ ފުރަގަހުގައި ހޭދަކުރަމުން އަންނަ އައުމުން އެކަމަނާގެ ހިތަށް ކޮށްފައިވާ އަސަރު މިރޭ ފަރުދާއެއް ނުކުރެވުނެވެ. ގައުމަށް ޚިދުމަތްކުރުމުގައި ހޭދަކުރި ދުވަސްތަކުގެ ހަނދާން އައުކޮށް ހިތުގައި ހުރި ހުރިހާ ޖަޒުބާތުތައް މިރޭ ބޭރުވެގެން ދިޔައީ ކަރުނައިންނެވެ. 

ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މެޑަމް ފާތުން ރަސްމީކޮށް މިރޭ ނިކުމެވަޑައިގެންނެވި އިރު، އިއްޔެ ރައީސް މައުމޫނުގެ ދަރިކަލުން އަދި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫނު މާފުށީ ޖަލަށް ވަޑައިގެން ރައީސް ޔާމިނާއި ބައްދަލުކުރެއްވި ކަމުގެ އަޑުތަކެއް ވަނީ މީޑިޔާގައި ފެތުރިފައެވެ. 

އެހެންނަމަވެސް ފާރިސްގެ ފަރާތުންވެސް ކަށަވަރުކޮށްދީފައިނުވާ މި ބައްދަލުކުރެއްވުމަށްފަހު ރައީސް ޔާމިނުގެ ތާއީދު ފާރިސް މައުމޫނަށް ކުރައްވާކަމަށް ފެތުރު އަޑުތަކަށް އެންމެ އެކަށޭނެ ޖަވާބަކަށް ޑރ މުއިއްޒުގެ ކެމްޕެއިނުން މިރޭ މެޑަމް ފާތުން ފެނިގެން ދިޔަ ދިއުން ވާނެކަން ޔަގީނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.