ޑރ މުހައްމަދު މުއިއްޒު
ހަބަރު
05 Sep 2023 | 17:43
މި ސަރުކާރުގެ ސިޔާސަތުތަކަށް ފުރުސަތު ދީގެން މިނިވަންކަން މިވަރަށް ވެސް ދެން ނޯންނާނެ: ޑރ މުއިއްޒު

 ވެރިކަން ކުރާ ޕާޓީ، އެމްޑީޕީ ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކަށް އިތުރަށް ފުރުސަތު ދީގެން ރާއްޖޭގެ މިނިވަންކަން މިހާރު އޮތް ވަރަށްވެސް ނޯންނާނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކ ކާށިދޫގައި މިއަދު އެ ރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ، ދެތިން ދުވަހުގެ ތެރޭގައި ރައްޔިތުންގެ އަތަށް އަންނަނީ ވަރަށް ބޮޑު ފުރުސަތެެެއް ކަމަށާއި ވަރަށް ސީރިއަސްކޮށް ވިސްނައިގެން ނިންމުން ނިންމަންޖެހޭ ފުރުސަތެއް ކަމަށެވެ. 

އެގޮތުން މިއަދު ދިވެހިންނަށް މިނިވަންކަމާއެކު ތިބެވުމުގެ ފުރުސަތު ހޯދައިދިނުމަށް އެތައް އަހަރެއް ވަންދެން މިގައުމުގެ އަބްތާލުން ކުރެއްވި ޖިހާދުގެ މަތިން ހަނދާންކޮށް ނިންމުމެއް ނިންމަންޖެހޭ ދުވަހެއް ކަމުގައި މުއިއްޒު ވިދާޅުވިއެވެ. 

އަޅުގަނޑުމެން އެންމެންގެ އެބަ އޮތް ޒިންމާއެއް އަޅުގަނޑުމެންގެ މުސްތަޤުބަލު އެގޮތަށް އަޅުގަނޑުމެންގެ ދަރީންނަށް ރައްސުކޮށްދިނުން، އެއީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމަކީ، 

ޑރ މުހައްމަދު މުއިއްޒު 

އެގޮތުން މިއަދުގެ ހާރިޖީ ސިޔާސަތުތައް އޮތްގޮތުން ދިވެހިރާއްޖެގެ މިނިވަންކަން ދިވެހިންގެ އަތުގައި ނެތް ކަމަށާއި، ދިވެހިންގެ އިސްތިގްލާލު ދިވެހިންގެ އަތުން ގެއްލޭ ހިސާބަށް ދިވެހިންގެ ވަށައިގެން ވާ ބައުންޑްރީން އެއްބައި، ދިވެހި ކަނޑުގެ ބައެއް ދޫކޮށްލައިފައި ވާކަމުގައި ޑރ މުއިއްޒު ވިދާޅުވިއެވެ. 

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މި ރާއްޖޭގައި ދިވެހިންނަށް ހަމަޖެހިލައިގެން ތިބެވޭކަހަލަ އެއްކަމެއްވެސްނެތް ކަމުގައެވެ. 

އަދި މީގެ އިތުރުންވެސް މުއިއްޒު ވިދާޅުވީ، އެހެން ގައުމެއްގެ ސިފައިން ތިބެންޖެހޭނީ ހަމައެކަނި ކުލަ ހެދުމުގައި ނޫންކަމަށާއި އެގޮތަށް ތިބޭނަމަ އެއީ މައްސަލައެއް ނޫންކަމަށް ވެރިން ދެކޭ ދެކުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަން ހޮނިހިރު ދުވަހުގެ ވޯޓުން ދައްކައިދިނުމަށް މުއިއްޒު ވަނީ އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.