އަބްދުއްރަހީމް އަބްދުﷲ
ހަބަރު
06 Sep 2023 | 14:03
ވަގުތީ ފައިދާއަށް ވޯޓު ވިއްކައިފިނަމަ ދެން ދުވަހަކުވެސް މިގައުމު ސަލާމަތެއް ނުކުރެވޭނެ: އަބްދުއްރަހީމް

ހޮނިހިރު ދުވަހު ނެގޭ ރިޔާސީ އިންތިހާބުގެ ވޯޓު، ވަގުތީ ފައިދާއަށް ވިއްކާލައިފިނަމަ ދެން ދުވަހަކުވެސް މިގައުމު ސަލާމަތެއް ނުކުރެވޭނެ ކަމުގައި ޕީއެންސީގެ ރައީސް، އަދި އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހާވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކ ތުލުސްދޫގައި އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. 

އަބްދުއްރަހީމްގެ ވާހަކާފުޅުގައި އިތުރަށް ވިދާޅުވީ މިހާރުގެ ސަރުކާރުން ބޭރުގެ ގައުމެއްގެ އަތްމައްޗަށް ދުވަހަކު ނުކުރާ ވަރަށް ގައުމުގެ އަމަން އަމާންކަން ދޫކޮށްލައިފައިވާކަމަށެވެ.

މީގެ އިތުރުން އަބްދުއްރަހީމް ގެ ވާހަކަފުޅުގައި ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ ރޫޅާލުމަށްޓަަކައި އެޕާޓީއާއި އިދިކޮޅު ހުރިހާ ފަރާތްތަކުން ރާވަމުން ދިޔަ ހުރިހާ ރޭވުމެއް ނާކާމިޔާބު ވެފައިވާކަމަށާއި، ޕީޕީއެމް ޕީއެންސީ ރިޔާސީ އިންތިހާބަށް ނިކުތީ ބަދަހި ވަރުގަދަ ލަޝްކަރެއްގެ ގޮތުގައި ކަމުގައެވެ. 

ރައީސް ޔާމީނަކީ ވަރުގަދަ ސިޔާސީ ލީޑަރެއް، އެއީ ހިކުމަތްތެރި ލީޑަރެއް، ވިސްނުންތެރި ލީޑަރެއް، ނަތީޖާއަކަށްވީ އެ ހުރިހާ ބޭފުޅުން ރޭވި ހުރިހާ ރޭވުމެއް ބޭކާރުވެގެން ދިއުން

އަބްދުއްރަހީމް އަބްދުالله 

ހަމަ އެވާހަކާޔާއި ވިދިގެން އަބްދުއްރަހީމް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ނޫންކަމަށް ރިޔާސީ ބަހުސްގައި ރާއީސް ޞާލިހު ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައިފައެވެ. އަބްދުރަހީމް ވަނީ ރާއީސް ޔާމީނަށް ކުރައްވާފައިވާ ޖަލު ހުކުމަކީ ސިޔާސީ ހުކުމެއްކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. 

ރިޔާސީ އިންތިހާބަށް ދެ ދުވަހަށް ވެ، ހުރިހާ ފަރާތްތަކުންވެސް އިންތިހާބުގެ ކެމްޕެއިން ބާރު ދުވެލީގައި ކުރިއަށް ގެންދާއިރު އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހުކުރު ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް އޮންނާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.