ޑރ މުހައްމަދު މުއިއްޒު
ހަބަރު
06 Sep 2023 | 14:05
ރައީސް ޔާމީނު ވަނީ ނަތީޖާ ނެރެފައި، އަޅުގަނޑުވެސް ކުރިއަށް ދާނީ އެގޮތަށް: ޑރ މުއިއްޒު

ރައީސް އަބްދުالله ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުވަނީ ރައްޔިތުންނަން ނަތީޖާ ނެރެފައިވައި ކަންކަން ކުރެއްވޭނެކަން ސާބިތު ކޮށްދެއްވައިފައިކަމަށާއި އެމަނިކުފާނުވެސް ކުރިއަށް ދާނީ ހަމަ އެގޮތުގައި ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ކ ތުލުސްދޫގައި ރޭ ބޭއްވި މުއިއްޒުގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ކުރިއަށް ދާނީ ރައީސް ޔާމިނުގެ ތަރައްގީގެ ތަސައްވުރާއީ އެއްގޮތަށް ކަމަށާއި، ރައީސް ޔާމިނު ނަތީޖާ ނެރުއްވި ގޮތަށް އެގޮތުގެ މަތީގައި ކަމުގައެވެ. 

ހަމައެހެންކަމުން މި ސަރުކާރުން ފަށައިފައިވާ އެއްވެސް މަޝްރޫއުއެއް، އަދި ފަށައިދިނުމަށް ބުނެފައިވާ އެއްވެސް މަޝްރޫއެއް ހުއްޓައި ނުލާ އެއަށްވުރެވެސް ރައްޔިތުންގެ ފައިދާ އާއި މަންފާ ވާނެގޮތަށް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ޑރ މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ. 

ތި ވިދާޅުވި ގޮތަށް ބިން ހިއްކަން ދެތިން ދުވަހަށް ވީމަ، އެގްރިމެންޓެއް ހަދާކައިގެން އައިސް ފަށައިފައި ހުރި ހުރިހާ މަސައްކަތެއްވެސް ބާރު ސްޕީޑްގައި ގެންގޮސްދޭނަން 

ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ގެންދާ ހުރިހާ މަޝްރޫއެއްވެސް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ބާރަށް ފުރިހަމައަށް ކަމުގައެވެ. 

ރޭގެ ޖަލްސާގައި މުއިއްޒުވަނީ ތުލުސްދޫ ދާއިރާގެ ހުރިހާ ރަށެއްގެ ރައްޔިތުން އެދޭ ފަދައިން އެ ރަށްރަށުގެ މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދޭނެ ކަމުގައި ވައުދުވެފައެވެ. އަދި މީގެ އިތުރުންވެސް ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން ޖެހިފައި ހުރި ކ އަތޮޅުގެ ހުރިހާ ރަށެއްގައި އެ މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ އަރުވައިފައެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އަތޮޅުތެރޭގެ ރަށްތަކަށް ކުރަމުންދާ ދަތުރުގައި ޑރ މުއިއްޒާއި ކެމްޕެއިން ޓީމަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.