އިންޑިޔާގެ ނަން "ބާރަތް" އަށް ބަދަލުކުރަނީ. ފޮޓޯ: އިންޓަރނެޓް
ހަބަރު
07 Sep 2023 | 09:30
ިއިންޑިޔާގެ ނަން "ބާރަތް" އަށް ބަދަލު ކުރަނީ

އިންޑިޔާގެ ނަން "ބާރަތް"އަށް ބަދަލު ކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ބައިނަލް އަޤްވާމީ މީޑިއާ ތަކުން ބުނެފިއެވެ.

އިންޑިޔާގެ ކޮންގްރެސްގެ ލީޑަރު ޖައިރާމް ރަމޭޝް ވިދާޅުވެފައިވަނީ އެހެން އަހަރުތަކާއި ޚިލާފަށް ޖީ20 ގެ ރަސްމީ ރޭގަނޑުގެ ފަރީއްކޮޅަށް ދައުވަތު އަރުވައިފައިވާ "އިންޑިޔާގެ ރައީސް" ގެ ބަދަލުގައި "ބާރަތްގެ ރައީސް"ގެ ނަމުގެ ދަށުން އައިސްފައިވާ ކާޑަކުންކަމަށެވެ.

އިންޑިޔާ ސަރުކާރުގެ މި ނިންމުމަށް ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރުން ދަނީ ތާއީދު ކުރަމުންނެވެ.

އެގޮތުން އާސާމްއަށް ކަނޑައަޅައިފައި ހުންނަ ޗީފް މިނިސްޓަރު ހިމަންތް ބިސްވާ ސަރްމާ ބުނެފައިވަނީ  ޤައުމު އޭރުވެސް އަދި އޮންނާނީވެސް "ބާރަތް"ގެ ގޮތުގައެވެ.

އިންޑިޔާގެ އެޑިޔުކޭޝަން މިނިސްޓަރ ދަރްމެންދްރަ ޕްރަތާން ވަނީ ޖީ20ގެ ދަޢުވަތުގެ ފޮޓޯ އެއް ޓްވިޓަރ ގައި ހިއްސާކޮށް އެކަމަށް ތާއީދު ކުރާ ކަން ހާމަކޮށްފައެވެ.

"ބާރަތް" ނުވަތަ ހިންދުސްތާން އަދި އިންޑިޔާ މިތިން ނަމަކީވެސް އެކި އެކި މުނާދަބަތުތަކުގައި އިންޑިޔާގެ ސަރުކާރުން އެޤައުމުގެ ނަމުގެ ގޮތުގައި ބޭނުން ކޮށްއުޅޭ ތިންނަމެވެ. ނަމަވެސް ދުނިޔެއަށް އެންމެ މަޝްހޫރު އަދި ޢާންމުކޮށް ބޭނުން ކޮށް އުޅޭ ނަމަކީ އިންޑިޔާއެވެ.

"ބާރަތް" އަކީ މީގެ ވިއްސަކަށް ހާސް އަހަރުކުރިން ސަންސްކްރިތް ބަހުން ލިޔެފައިވާ ފަތްފުއްތަކުގައި އިންޑިޔާއަށް ނިސްބަތްކޮށް ލިޔެފައިވާ ނަމެވެ. އޭގައި ބޭނުން ކޮށްފައިވާ "ބާރަތްއަވަރްސާ" އަކީ އިންޑިޔާއިން ފެށިގެން އިންޑޮނޭޝިޔާއާއި ހަމައަށް އޭރު އިންޑިޔާގެ ބާރު އޮތްއިރު ބޭނުން ކުރާ ނަމެކެވެ.

އިންޑިޔާގެ މިހާރުގެ ވެރިކަން ކުރާ ބީޖޭޕީ އިން މިހާރުވެސް ވަނީ އިންޑިޔާގެ އެކި އަވަށްތަކަށާއި ސްޓޭޓް ތަކަށް ކިޔާ ނަންތައް ބަދަލުކޮށްފައެވެ. ބަދަލު ކޮށްފައިވާ ނަންތައް ގުޅެނީ އިންޑިޔާގައި ކުރިން ވެރިކަން ކުރި މުސްލިމުންގެ ބައެއް ކަމަށްވާ މުޤަލުންގެ ނަމާއި ނުވަތަ އޭރުގެ ހާދިސާތަކާއެވެ.

އެގޮތުން "މުޤަލް ގަރޑަން" ގެ ނަމުން ނަންދީފައިވާ ނިއު ދިއްލީގައި ހުންނަ ރައީސްގެ ގެކޮޅުގެ ނަން ވަނީ "އަމްރިތް އުދްޔާން" އަށް ބަދަލު ކޮށްފައެވެ.

ފާޑު ކިޔާ ފަރާތްތަކުން ބުނެފައިވަނީ އިންޑިޔާގެ ސަރުކާރުން މަސައްކަތް ކުރަނީ އިންޑިޔާގެ ތާރީޚާއި ގުޅިފައިވާ މުސްލިމުންގެ ނަމާއި ހާދިސާތައް ފުހެލަން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.