ހުސައިން ޝާދު (މަޓޭ)
ހަބަރު
07 Sep 2023 | 09:29
މަޝްހޫރު ކޮމޭޑިއަން މަޓޭގެ ތާއިދު މުއިއްޒުއަށް

މީސް މީޑިޔާއިން ގިނަ އަދަދެއްގެ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކޮމޭޑިއަން ހުސައިން ޝާދު (މަޓޭ) ގެ ތާއީދު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ކުރުނަށް ނިންމައިފިއެވެ. 

ރޭ ޗެނަލް 13 އިން ގެނެސްދިން ދިވެހިންގެ ރާއްޖެ- މަގޭ ވޯޓު މުއިއްޒުއަށް، ޕްރޮގްރާމްގަައި ވާހަކަދައްކަމުން މަޓޭ ބުނީ އެމްޑީޕީއަކީވެސް ދިވެހިންނަން ރަނގަޅު ކަންތައްތަކެއް ކޮށްދިނުމުގެ ނަމުގައި އައި ޕާޓީއެއް ކަމަށާއި އެހެންނަމަވެސް 2008 ވަނަ އަހަރު ވެރިކަމަށް އައުމަށްފަހުވެސް މާބޮޑެތި ކަންތައްތަކެއް ނުވެ އެ ޕާޓީއަށް ވެރިކަން ނިމުނީ ކަމުގައެވެ. އޭގެ ފަހުން 2018 ވަނަ އަހަރުވެސް މަރުތަކުގެ ހަގީގަތްތައް ހޯދުމާއި، ކޮރަޕްޝަން ހުއްޓުވުން ފަދަ ބައިވަރު މުހިއްމު ވައުދުތަކެއް ވެގެން އެ ޕާޓީން ވެރިކަމަށް އައިކަމަށެވެ. 

އެހެންނަމަވެސް ދެބައި ކަނޑުމެދުން އަނެއްކާ ޕާޓީވެސް ދެބައިވެއްޖެ، އެވަރުންވެސް ހިތަށް އެރި މި މީހުން އަދިވެސް ރަނގަޅު ކުރާނެޔޭ 

މަޓޭ

މަޓޭ އިތުރަށް ބުނީ ކަންވެގެން ދިޔައީ އެހެން ނޫންކަމަށާއި އެމީހުންގެ އަމިއްލަ ޖީބުތަކަށް އިތުރުވުމާއި ބާ ބާއިސްކާލާއި ބާ ސައިކަލުގައި އުޅުނު މީހުންނަށް ކުއްލިޔަކަށް މާ ބޮޑެތި ތަނަވަސްކަން ލިބި، ރަށްރަށުގައި އުޅެމުން އައިސް ކުއްލިއަކަށް ޕާޓީއާއި ގުޅިގެން ދެން ފެންނަނީ 3 ހަތަރު އެޕާޓްމެންޓާއި އެއްޗިހި ލިބޭތަންކަމުގައެވެ.

މީގެ އިތުރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން މަޓޭ ބުނެފައިވަނީ ރައްޔިތުން ތިބޭނަން ސަރުކާރަށް އެނގެނީ 1800 ވަނަ ދުވަހު ކަމަށާއި އެއީ ސަރުކާރުގެ ސްލޯކަން ކަމަށެވެ. 

ޑރ މުއިއްޒުގެ ފަހަތަށް އެރުމަށް ނިންމީ އެ މަނިކުފާނަކީ ކަންކަން ކޮށް ނަތީޖާ ދައްކާފައިހުރި ބޭފުޅެއްކަމުގައި ވާތީކަން ފާހަގަކުރައްވައި މަޓޭ ބުނީ، ރައީސް ޔާމިނު ޖަލަށް ލާފައިވާ ވުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށާއި ދުނިޔޭގެ އެއްވެސް ގައުމެއްގައި ދައުލަތަށް އެވަރުގެ ހިދުމަތެއް ކޮށްދެއްވި ވެރިންނާމެދު އެ ބީދައިން ކަންކުރެވެމުން ނުދާ ކަމުގައެވެ.

މަޓޭ އިތުރަށް ފާހަގަ ކުރި ގޮތުގައި ހުޅުލެ-މާލެ ދެމެދު އަޅާފައިވާ ބުރިޖުގެ ސަބަބުން ވާ ފަސޭހަ ހުޅުމާލެ ރައްޔިތުންނަށް އެނގޭނެ ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ސަބަބުން ވާ ފަސޭހަ ދިވެހިންނަށް އެނގޭނެ ކަމަށެވެ. 

އަދި 2013 އިން 2018 އާއި ދެމެދު ދިވެހިން އުޅެމުން އައީ ފުދުންތެރި އުޅުމެއްކަން ފާހަގަކޮށް މަޓޭ ބުނީ ޑރ މުއިއްޒު މާލޭގެ މޭޔަރުކަމަށް ވަޑައިގެންފަހުން މުޅި މަންޒަރު ބަދަލުވެ މާލޭގެވެސް އެތައް ކަމަކަށް ހައްލު ލިބިގެން ގޮއްސި ކަމުގައެވެ.

މިހުރިހާ ސަބަބު ތަކަކަށް ވިސްނައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ މުހައްމަދު މުއިއްޒަށް ތާއިދު ކުރުމަށް އޭނާ ނިންމީ ކަމުގައި މަޓޭ ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.