ޕީޕީއެމް ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
07 Sep 2023 | 08:42
ކުނި އުކާލުމަށް ވެމްކޯއިން ނަގާ ފީތައް ކުޑަކޮށްދޭން ޑރ. މުއިއްޒު ވަޢުދުވެވަޑައިގެންފި!

ކުނި އުކާލުމަށް ވެމްކޯ އިން މާލޭގައި ނަގަމުން އަންނަ އަގުތައް ކުޑަކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާފަންނުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުޢިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުނީގެ މައްސަލައަކީ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އަދި ކުނި އުކާލުމުގެ މަސައްކަތް ކުރާ ވެމްކޯއިން އެކަން ކުރަނީ 'އާދަޔާ ޚިލާފު ބޮޑު އަގު' ނަގައިގެން  ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ޕީޕީއެމް ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން--ފޮޓޯ/ޕީޕީއެމް

މީހުން ދިރިއުޅޭ ގޭބިސީތައް ފިޔަވާ އެހެން ތަންތަނުން ކުނި އުކާލުމަށް ވެމްކޯ އިން ނަގާ ފީ އަށް ބަދަލު ގެނައީ މިދިޔަ ޖުލައި މަހުން ފެށިގެންނެވެ. އެ އަގުތައް އުޅެނީ 250ރ. އާއި 950ރ. އާ ދެމެދުގަ އެވެ.

އެފަދައިން ކަން ކުރުމުން އާންމުންނަށް ވަނީ ބޮޑު ތަކުލީފަކަށް ކަމަށާ ވެމްކޯ އިން މިފަހުން އަގަށް ގެނައި ބަދަލުގެ ސަބަބުން އާންމުންނަށް ދަތިވާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ މީހުންނަށްވެސް ބޮޑެތި ގެއްލުން ވަމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު ދޭ ޔަގީން ކަމަކީ، އަޅުގަނޑަށް ރައްޔިތުން އިތުބާރު ކުރައްވައި މި އަންނަ ހޮނިހިރު ދުވަހުގެ ވޯޓުގައި މި މާލެ ސިޓީން ވޯޓު ދެއްވައި އިންތިހާބުކޮށްފި ނަމަ، ވެމްކޯގައި މިހިރަ އެއްގޮތަކަށް ވެސް ބަލައި ނުގަނެވޭ ބޮޑު އަގުތައް ކުޑަކޮށްދީ، ރައްޔިތުންނަށް ފޯރާވަރުގެ އަގުތަކަކަށް ހަދައިދޭނަން،" 

ޑރ. މުހައްމަދު މުޢިއްޒު 

މުއިއްޒު އިތުރަށް ވިދާޅުވީ، ވެމްކޯގެ އަގުތައް ބޮޑުކޮށްގެން އުޅެނީ ކުންފުންޏަށް ފައިދާ ނުވާތީއެއް ނޫނެވެ. އެހެނެއް ކަމަކު އެކަން ކުރީ ކުންފުނިން ހިންގަން ނޭނގިގެންނެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި، މެވްކޯ ރަނގަޅަށް ހިންގައި، އެއީ ރައްޔިތުންނަށް ކަންކަން ފަސޭހަ ކޮށްދޭ ކުންފުންޏަކަށް ހަދައިދެއްވާނެ ކަމަަށް މުޢިއްޒު ވިދާޅުވިއެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.