ޑރ އަލީ ޒައިދު: ފޮޓޯ/ދެން އެމްވީ
ހަބަރު
07 Sep 2023 | 09:25
ޝެއިޚް އަލީ ޒައިދުގެ ތާއިދު ޑރ މުއިއްޒަށް

ދިނީ އިލްމުވެރިޔާ، ޑރ އަލީ ޒައިދުގެ ތާއީދު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ކުރެއްވުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ގައުމުގެ މިވަގުތުގެ ހާލަތާއި އެންމެ މުނާސަބު ކެންޑިޑޭޓަކީ ޑރ މުއިއްޒުކަމުގައި ދެކިލައްވާތީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ މުއިއްޒަށް ތާއިދު ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. 

ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް މީގެ ކުރިން ވަރަށް ބޮޑަށް ތައުރީފް ކުރެއްވި ޑރ އަލީ ޒައިދު ޑރ މުއިއްޒަށް ތާއިދު ކުރެއްވުމަށް ނިންމަވާ ކުރެއްވި ޓުވީޓުގައި  އިތުރަށްވަނީ ހެޔޮ ތައުފީގު ދެއްވުމަށް އެދި ދުއާ ކުރައްވާކަމުގައެވެ.

ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ޑރ މުއިއްޒަށް ތާއިދު ކުރައްވާކަން ހާމަކުރަމުން ދާއިރު، މީގެ އެއްދުވަސް ކުރިން ދިވެހިރާއްޖޭގެ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރިޔާސީ އިންތިހާބުގައު ތާއިދު ކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުމަށް އެ ޖަމިއްޔާގެ ވައިބަރ ގްރޫޕްގައި ނެގުނު ވޯޓުން އިލްމުވެރިން 82 އިންސައްތަ އިލްމުވެރިން ވަނީ ޑރ މުއިއްޒަށް ތާއިދު ކުރެއްވުމަށް ވޯޓު ދެއްވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.