އިސްކޮޅު ކޯލިޝަންގެ އިސްވެރިން
ހަބަރު
07 Sep 2023 | 10:30
ޒާތީ މައުލޫމާތުތައް ހުއްދަ ނެތި ބޭނުންކުރާ މައްސަލަ ތަހުގީގުކުރުމަށް އިދިކޮޅުން ގޮވާލައިފި

ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ހުއްދަނެތި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ބޭނުން ކުރަމުންދާތީ އެމައްސަލަ ތަހުގީކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ގޮވާލައިފިއެވެ.

އެކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައިވަނީ ދައުލަތުގެ ވަޞީލަތްތައް ބޭނުންކޮށްގެން ދިވެހީންގެ ޒާތީ މަޢުލޫމާތުތައް އެއްކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ބޭނުމަށްޓަކައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ޑޭޓާބޭސްއެއް އެކުލަވާލާފައިވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެކަން ކުށްވެރިކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އަދި މި ވާހަކަ އަކީ ތެދުކަމަށްވާނަމަ، މިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޒާތީ ޙިމާޔަތާއި ރައްކާތެރިކަން ނިގުޅައިގަތުމުގެ ޢަމަލެއްކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައިވެއެވެ.

މީގެ އިތުރުން ޑިމޮކްރެޓިކް ވެއްޓެއްގައިނަމަ، ޒާތީ ރައްކާތެރިކަމަކީ އަސާސީ ޙައްޤެއްކަމަށާއި، ކޮންމެ މީހަކަށްމެ އެމީހަކު ބޭނުންވާގޮތަކަށް ސިޔާސީ ނިންމުންތައް ނިންމުމުގެ އިޚްތިޔާރު ލިބިދޭންޖެހޭނެކަމަށާއި، ދިވެހިންގެ ޒާތީ ޙައްޤުތަކަށް ވެރިކަން ކުރާ ޕާޓީން އަރައިގެންފައިވުމަކީ ހަމައެކަނި އަސާސީ ޙައްޤަކަށް އަރައިގަތުން ނޫންކަމަށެވެ. މިކަމުން ދޭހަކޮށްދެނީ ޑިމޮކްރެޓިކް އުޞޫލުތަކާއި އަސާސްތަކަށްވެސް އެއްވެސް މިންވަރަކަށް ޙުރުމްތަތްރިކޮށް ހިތާފައިނުވުންކަމުގައިވެސް އެ ކޯލިޝަނުގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން މިކަމާ ގުޅޭ ތަޙްޤީޤެއް ކުރެވި މިތުހުމަތުތަކުގެ އަޞްލާ ހަމައަށް ވާޞިލްވެވެންދެންވެސް، އެންމެ މަތިވެރި ސުލޫކީ މިންގަނޑުތަކުގައި ހިފެހެއްޓުމަށާއި ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކާއި، މިކަމުގައި ޝާމިލްވާ އެންމެންގެ ކިބައިން އެދޭކަމަށް ވެސް އިދިކޮޅުގެ މިބަޔާނުގައިވެއެވެ.

އަދި މިފަދަ ކަމެއްގެ ތުހުމަތު ކުރެވިއްޖެނަމަ އެކަން ތަޙްޤީޤުކުރެވޭނެކަމުގެ ޔަޤީންކަމާއި އެންމެހާ ދިވެހިންނަށް ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާކަން އަންގައިދިނުމަށްޓަކައިވެސް މިކަން ތަޙްޤީޤިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އިދިކޮޅުން ވަނީ ގޮވާލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.