މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
07 Sep 2023 | 15:42
ރައީސް ޞާލިހް އަށް ދޭ ވޯޓަކީ އަޅުވެތި ކަމަށް ދޭ ވޯޓެއް: ސަޢީދު

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަށް ދޭ ވޯޓަކީ އަޅުވެތި ކަމަށް ދެވޭ ވޯޓެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް/ ޕީއެންސީގެ ލީޑަރޝިޕްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަޢީދު ވަނީ, މި އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު، އިންޑިޔާ ގެ ޚާރިޖީ ވަޒީރު ޑރ.ސުބްރަމަނިޔަން ޖައިޝަންކަރު ރާއްޖޭގެ ޚާރިޖީވަޒީރު އަބްދުالله ޝާހިދަށް ފޮނުއްވާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ސިޓީ އާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

"މި ސިޓީގައި އެބަބުނޭ، މިހާރުވެސް އިންޑިއާއަށް ދޫކޮށްފައި އޮތް އުތުތިލަފަޅުގެ އެއްބަސްވުން، މިލިޓަރީ އެންޑު ސަވައިލަންސް ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި އިތުރު ޖާގަ ބޭނުންވާކަން. އަދި އެކަމާއި ގުޅުވައިގެން ބައެއް ކަންތައްތައް ކުރާ ވާހަކަ. މިސާލަކަށް، 11 އިތުރު އިންޑިއާ ގެ މަތިންދާ ބޯޓެއް ރާއްޖެއަށް ގެންނަ ވާހަކަ. މީގެ އެބައިން ކެޕޭސިޓީ ހުރި ވަރަކަށް ދިވެހި ސިފައިންނޭ ބޭނުން ކުރާނީ. އެކަމަކު މި ކެޕޭސިޓީއެއް މިހާތަނަށް ސޮއި ކުރި އެއްވެސް އެއްޗެއްގައި ނައި. ދިވެހި ޕައިލެޓުންގެ ޓެލެންޓެއް އެމީހުންނަކަށް ނުފެނުނު." 

ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސަޢީދު 

ސައީދު އިތުރަށް ވިދާޅުވީ އެސިޓީގައި ދެން އޮތް އަނެއްކަމަކީ ހަނިމާދޫއިންނާއި އައްޑޫ އިން އިތުރު 15 ހެކްޓަރުގެ ބިން 99 ބޭނުންވާ ކަމަށް، އިންޑިޔާ އިން ބުނެފައިވާ ކަން ކަަމަށެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން އިންޑިޔާގެ އެގްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓް އަށްދޭ ލޯނު އިތުރު ކޮށް، 1.9 ބިލިއަން ޑޮލަރަށް އިތުރު ކުރާނެ ކަމަށްވެސް އެ ސިޓީގައި ބުނެފައިވާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. 

ސަޢީދު ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ވޯޓު ލުމުގެ ކުރިން، އެ ސިޓީ ބަޔާން ކޮށްފައިވާ ކަންކަމާއި ގުޅިގެން އަދުގެ ސަރުކާރުން ޖަވާބުދާރީވާންޖެހޭ ކަމަށެވެ. އަދި ސަރުކާރުން އެ ސިޓީއަށް ޖަވާބު ނުދޭ ނަމަ، "ކޮންމެ ކުލައަކަށް ސަޕޯޓްކުރާ މީހެއް ނަމަވެސް" ޕީޕީއެމް އާއި ޕީއެންސީން ކުރަމުންދާ "ޖިހާދު" ގައި ރައްޔިތުން ބައިވެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސައީދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ކުރަމުންދާ ޖިހާދަކީ މިނިވަންކަމުގެ ދިފާއުގައި ކުރަމުންދާ ޖިހާދެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"ހުރިހާ ދިވެހި ރައްޔިތުންނަށް އަޅުގަނޑު ކުރާ އިލްތިމާސްއަކީ، އިބްރާޙީމް މުހައްމަދު ޞާލިހު އަށް ދެއްވާ ވޯޓަކީ، ހަގީގަތުގައި ވެސް، ދިވެހިރާއްޖެ އަޅުވެތި ކުރުމަށް ދެއްވާ ވޯޓެއް. މިއީ، ސިޔާސީ ގޮތުން ހިތްދަތި ކަމެއް އެ ކުލައަށް ނިސްބަތްވާ ޕާޓީއަށް އަޔަސް، އަޅުގަނޑުމެން ވަރަށް އާދޭހާއެކު މި ދަންނަވަނީ. ހެޔޮ ނުވާނެ އިބްރާޙީމް މުހައްމަދު ޞާލިހަށް ވޯޓު ދީގެން، މި ރާއްޖެ އެހެން ބައެއްގެ އަޅުވެތިކަމަށް ދާން ދޫކޮށްލަން." ސަޢީދު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.