ޑރ މުހައްމަދު މުއިއްޒު
ހަބަރު
07 Sep 2023 | 22:20
މުއިއްޒުގެ މެނިފެސްޓޯ: ދިވެހިރާއްޖެ އިސްލާމީ ވަހުދަތާ ތައުލީމުގެ އައު ހަރުފަތަކަށް

ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް އެންމެ ދުވަހަކަށް ކުޑަތަން ވެފައިވާއިރު, އިންތިހާބުގައި ވާދަކުރަމުންދާ ހުރިހާ ކެންޑިޑޭޓުންވެސް އެ ކެންޑިޑޭޓެއްގެ ރިޔާސީ މެނިފެސްޓޯ އިއުލާނުކޮށް އެ ފަރާތްތަކުގެ ފަލްސަފާ އާއި ދިވެހިގައުމުގެ ކުރި އެރުމާމެދު ތަސައްވުރު ގެންގުޅޭ އާންމުކުރަމުންނެވެ. ފާހަގަކޮށްލަން ޖެހޭކަމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވެރިއަކު އައްޔަނު ކުރުމުގައި މި ގައުމުގެ ރައްޔިތުންނަށް އެންމެ އިސްވާނީ ގައުމުގެ ދީނާއި ދަމަހައްޓާ، މި ގައުމުގެ އިސްލާމީ ވަންތަކަމަށް ލޯބި ކުރާ ވެރިއަކު ކަން ޔަގީނެވެ. 

މި ބަލާލަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި އިސްލާމް ދީނާއި އިސްލާމީ ތައުލީމު ކުރިއަރުވައި އަހައްމިއްޔަތުކަން ދިނުމަށް ހިމަނައިފައިވާ ކަންކަމަށެވެ. 

ޑރ. މުޢިއްޒުގެ ވެރިކަމެއްގައި އިސްލާމީ ނޫރާއި ދީނީ އަޤީދާގެ ކަންކަމަށް ހިމަނާފައިވާ ޗެޕްޓާރ ގައި މުހިންމު އެތައް ކަމެއް ވަނީ ހިމަނާފައެވެ. މިވަގުތަށް ރާއްޖޭގެ ގިނަ ބަޔަކު މިދާއިރާއިން ބޭނުންވާ ކަންކަމަށް އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި، 

ދީނީ ތަޢުލީމާއި ޢަރަބި ބަސް


އަރަބި ބަސް އުނގެނެވޭނެ ފުރުޞަތުތައް ދިވެހިރާއްޖޭގައި ފުޅާކުރުމަކީ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް އިތުރުކޮށް، ފުޅާކުރުމަށާއި ދިވެހިރައްޖޭގައި އިސްލާމީ ތަޢުލީމު ޒަމާނަށް ފެތޭގޮތަށް ހަރުދަނާކޮށް، އިސްލާމިކް ޔުނިވަރސިޓީގެ އާ އިމާރާތެއް ބިނާކޮށް، ބޭރު ދަރިވަރުންނަށް ވެސް ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށް ދިނުމަކީ ޑރ. މުޢިއްޒުގެ ތަސައްވަރެވެ. މީގެ ތެރެއިން އެކި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ނުދެވި ދޫކޮށްލެވިފައިވާ އަރަބިއްޔާ ސްކޫލަށް ޖާގަ ތަނަވަސް އައު އިމާރާތެއް ގާއިމް ކޮށްދިނުމަކީވެސް މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭކަމެކެވެ. 

ހައްޖުގެ އަޅުކަމާއި ގުޅުން ހުރިކަންކަން

މުއިއްޒުގެ ދީނީ ވައުދުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ވައުދަކީ ފަޤީރުންނަށް ދައުލަތުން ހިލޭ ފަރުޟު ޙައްޖު އަދާކުރާނެ ސްކީމެއް ތަޢާރަފުކޮށްދީ، 5 އަހަރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ދައުލަތުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވައުދެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ލުއި އަގެއްގައި ޙައްޖަށް ދިއުމުގެ މަގު ފަހިކުރުމަކީވެސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. 

ޒަކާތު ހައުސް

ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި "މޯލްޑިވްސް ޒަކާތު ހައުސް" އުފައްދައި، ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު އިތުރުކޮށް އޭގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ހެދުމުގެ ބޮޑު ތަސައްވަރެއްވެސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

މިސްކިތްތައް

ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި މިސްކިތް ތަކަކީ ނަމާދުކުރުމުގެ އިތުރުން ތަފާތު އިސްލާމީ ޚިދްމަތްތަކެއް ލިބެންހުންނަ ތަނަކަށް ހެދުމަށް ހާއްސަ ސަމާލުކަމެއް ދޭނެކަމުގައި އެމަނިކުފާނުގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. އެގޮތުން ކޮންމެ ރަށެއްގެ މައި މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤުގެ ފިލާވަޅުތައް ނަގައިދޭ ތަނަކަށް ހެދުމަށް ހަމަޖެހިފައިވާއިރު މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޚާއްޞަ ކޮމިޓީއެއް، ޢިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް، ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުންވެސް މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، މިސްކިތްތައް އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރެއްގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި އިތުރުކުރެވިގެންދާނެއެވެ.

އެޔާއެކު މަނިކުފާަނުގެ ވެރިކަމެއްގައި ސަލްމާން މިސްކިތުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކީރިތި ޤުރުއާނާބެހޭ މިއުޒިއަމެއް ޤާއިމުކުރުމަށްވެސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

ޢަރަބިއްޔާގެ މައްސަލަ

ޢަރަބިއްޔާ ސްކޫލުގެ މައްސަލައަކީ މިސަރުކާރުން އެންމެ ބޮޑަށް އިހުމާލުވެފައިވާ އެއް މައްސަލަކަމުގައި ޑރ މުއިއްޒު ފަހަގަކުރެއެވެ. މިމައްސަލައަށް އެންމެ ބޮޑަށް އަލިއަޅުވާލާ މެނިފެސްޓޯގައި ހިމެނުއްވެވި ކެންޑިޑޭޓަކީވެސް ޑރ. މުޢިއްޒުކަން ފާހަގަކޮށްވެއެވެ. ޢަރަބިއްޔާ ސްކޫލު މޮޑަރނައިޒްކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ދީނީ ތަޢުލީމު ދެވޭ މަރުކަޒަކަށް ހެދުމަށް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާއިރު، ޢަރަބިއްޔާގެ ބެލެނިވެރިންގެ ޝަކުވާ އަޑުއެހުމަށްފަހު މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމުގެ ޔަގީންކަން އަމިއްލަފުޅަށް ޑރ. މުޢިއްޒުވަނީ ޢަރަބިއްޔާ ބެލެނިވެންނަށް ދެއްވާފައެވެ.

އެހެނިހެން މުހިންމު ކަންކަން


އިސްލާމީ މުހިންމު މުނާސަބަތުތައް، ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް، ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. އެގޮތުން ޢީދު ފާހަގަކުރުމަށް ޤައުމީ ފެންވަރުގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގައި ހުރި ވަޤުފު އިތުރުކޮށް، ލިބޭ އާމްދަނީއިން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި، ތަޢުލީމީ އަދި ޞިއްޙީ ކަންކަމަށް އެފައިސާއިން ހޭދަކުރުމަކީ ޑރ. މުޢިއްޒު ގެ މުހިންމު ތަސައްވަރެކެވެ. އަދި ޙާފިޛުންނަށް މިހާރު ސަރުކާރުން ދެމުން އަންނަ އެލަވަންސް ދެގުނައަށް ބޮޑުކުރުވިގެންދާނެކަމަށް ޑރ. މުޢިއްޒުވަނީ އިއުލާން ކުރައްވާފައެވެ.

ޑރ މުއިއްޒުގެ ދީނީ މެނިފެސްޓޯ ދިރާސާ ކުރުމަށްފަހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ހިމެނޭ ޖަމިއްޔާ، އިލްމުވެރިންގެ ގުޅުމުގެ ފުރިހަމަ ތާއީދާއެކު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ތާއިދު ކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިން ވަކި ވަކިންވެސް ވަނީ ޑރ. މުޢިއްޒުއަށް ތާއީދާއި އިތުބާރު އޮތްކަން ހާމަކޮށްފައެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި ޑރ. އަލީ ޒާހިރު ފަދަ ބެފުޅުން ވަނީ ތައީދުއޮތްކަން ހާމަކޮށްފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމުލަ 100 ދީނީ އިލްމުވެރިޔަކު މިއަދު ވަނީ ޑރ މުއިއްޒަށް ތާއިދު ކުރެއްވާކަން އިއުލާންކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
ރޭގެ އެކްސިޑެންޓްގައި ހިމެނޭ ދޯނި ހޯދަނީ، އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
ފުލުހުން މިރޭ ބުނީ ރޭގެ އެކްސިޑެންޓާއި ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
10 Jul 2026
ވިލިމާލޭގައި ގުރޫޕް މާރާމާރީއެއް، ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދެނީ
މި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
10 Jul 2026
އިނގިރޭސިވިލާތުގެ އެންމެ މަޤުބޫލު ނަންތަކުގެ ލިސްޓުގެ އެއްވަނާގައި މުޙައްމަދު
ފިރިހެން ކުދިންނަށް މުޙައްމަދު(Muhammad)ކީ އަދަދު 5957 އަށް އަރައެވެ. އެ ނަމުގެ އެހެން ސްޕެލިންތައް ވެސް މަޤުބޫލުވެފައިވާ އިރު މޮހައްމެޑް (Mohammed) 20 ވަނައިގައި 1712 ނަމާ އެކު އަދި މޮހައްމަދް (Mohammad) 50 ވަނައިގައި 895 ނަމާ އެކު އޮތެވެ. މީގެ އިތުރުން ނޯއާ 4075 ފަހަރު އަދި ލީއޯ 3278 ފަހަރު ބޭނުންކޮށްފައިވެއެވެ. ފިރިހެން ކުދިންގެ ގަދަ 10 ގައި ދެން ހިމެނެނީ ލޫކާ އާތާ އޮލިވާ ޖޯޖް އޮސްކާ ތީއޮޑޯ އަދި ފްރެޑީއެވެ.
10 Jul 2026
އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް
ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
10 Jul 2026
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރަން: ފައިސަލް
"އެ ޝައުގުވެރިކަން އެބަ އޮތޭ, އެ އުންމީދު އެބަ އޮތޭ. އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ," ފައިސަލް ވިދާޅުވި އެވެ.
10 Jul 2026
މަރުގެ ޙުކުމް ތަންފީޒު ކުރަން މިހާރު ތާއީދެއް ނުކުރަން
އެމަނިކުފާނަކީ ކުރިން މަރުގެ ޙުކުމް ތަންފީޒު ކުރަން ތާއީދު ކުރެއްވި ބޭފުޅެއް ކަމަށާ ނަމަވެސް މިހާރު އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
10 Jul 2026
ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބިއްޖެ
ފުރަތަމަ ހަ މަހު ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބުނުއިރު ޚަރަދު 23.4 ބިލިއަނަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
10 Jul 2026
ޑިސެންބަރުގައި އެނބުރި ބަންގްލަދޭޝްއަށް ދާނަން: ޝެއިޚް ހަސީނާ
ޝޭޚް ހަސީނާ ޑިސެމްބަރު ހާތާނގައި އަވާމީ ލީގުގެ ލީޑަރުންނާ އެކު ބަންގުލަދޭޝަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެއްޖެއެވެ.