ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު
08 Sep 2023 | 09:00
"ރާއްޖޭގައި އެހެން ޤައުމެއްގެ ބާރު ހިނގާ ހިސާބަށް ދިއުމަކީ ވޯޓުލާން ދާއިރު ވިސްނަންޖެހޭ ކަންކަން"

ދިވެހިރާއްޖޭގައި އެހެން ގައުމެއްގެ ބާރު ހިނގަމުންދާ ކަމަށާ، އެކަމަކީ، މާދަމާ ރިޔާސީ އިންތިހާބުގެ ވޯޓުލާން ދާއިރު ވިސްނަންޖެހޭ ކަންކަން ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ ދިވެހިންގެ ރާއްޖެ (ރާސްޓަސް) ޖަގަހަ ހުޅުވުމަށް ރޭ ބެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން، މުޢިއްޒު ވިދާޅުވީ, އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފި ނަމަ، ދިވެހިރާއްޖޭގެ ތަރައްގީ ޔަގީން ކޮށްދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް، ދިވެހިންގެ އަމިއްލަ ވަންތަކަން އޮތުމާއި، ނެތުމަކީ އެ ހުރިހާ ކަމަކަށްވުރެ މާ މުހިންމު އިސްކަމެއް ކަމެއް ދީގެން ހުރިހާ ދިވެހިންވެސް ވިސްނަޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެގޮތުން، ދިވެހިރާއްޖޭގެ ހަނިމާދޫ އާއި އައްޑޫއިން 15 ހެކްޓަރުގެ ބިން, 99 އަހަރަށް ދިނުމަށް އެދި އިންޑިޔާ އިން ފޮނުވި ސިޓީއަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ އެއީ، މިހާރު ހަގީގަތުގައި ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ. 

"އެހެންނަމަވެސް، ދިވެހި ރައްޔިތުން މިހާރު ވަރަށް ސީރިއަސްކޮށް ވަރަށް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަކަށް އެކަން އެބަވޭ. ‏މި ރާއްޖޭގަ އެހެން ޤައުމެއްގެ ބާރު ހިނގާ ހިސާބަށް ދިއުމަކީ އަޅުގަނޑުމެން ވޯޓުލާން ދާއިރު ވިސްނަންޖެހޭ ކަންކަން. އެއީ އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު މިހާރު ބައްޓަން ކޮށްފައި އޮތް ގޮތަށް ކުރިއަށް ދާންތޯ ވިސްނަންވީ، ނުވަތަ ކުރިއަށް އޮތް ދައުރަކީ ދިވެހިރާއްޖޭގެ އަމިއްލަ ވަންތަކަން، އަޅުގަނޑުމެންގެ ކަންކަމުގައި ބަސް ބުނާނީ އަޅުގަނޑުމެން ކަން، އަޅުގަނޑުމެންގެ ބިމަކީ އެހެން ގައުމަކުން އައިސް ވަދެ، ބޭނުންހާ ކަމެއް ކުރެވޭނެ ބިމެއް ނޫން ކަން. އަޅުގަނޑުމެންގެ މިނިވަންކަމަށް ރެސްޕެކްޓް ކުރަންޖެހޭ ކަން. އެ ސިޔާސަތު ތޯ ކުރިއަށް ގެންދާނީ.؟" 

ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުޢިއްޒު 

މުޢިއްޒު ވިދާޅުވީ، މިހާރުގެ ސަރުކާރުގެ ސިޔާސަތާއި އެކު ކުރިއަށް ދާނަމަ، ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ ހަނިމާދޫއިން 15 ހެކްޓަރުގެ ބިން، އަދި އައްޑޫ ގަމުން 15 ހެކްޓަރުގެ ބިން، 99 އަހަރަށް ގައުމަކަށް ދީފައި އޮންނަތަން ކަމަށެވެ. 

އަދި މީގެ އިތުރުން ހައިޑްރޯގްރަފީ އެއްބަސްވުމެއް ހަދައި، ދިވެހިންގެ ކަނޑުވެސް އިންޑިއާއަށް ދީފައިވާ ކަން މުޢިއްޒު ފާހަގަކުރެއްވި އެވެ. މި އެއްބަސްވުމަކީ، މީގެ ކުރީގެ ހުރިހާ ސަރުކާރަކުންވެސް ދެކޮޅު ހަދައި ސޮއި ނުކުރި އެއްބަސްވުމެއް ކަން ފާހަގަކޮށްލަންޖެހެއެވެ. 

މުޢިއްޒު ވިދާޅުވީ ތަރައްގީގެ އެހެނިހެން މަޝްރޫއު ތަކަށްވުރެ ވެސް ގައުމަކަށް އަޅުވެތި ވުމުގެ ކަންކަމާއިމެދު ވިސްނުން މުހިންމު ކަމަށާ، އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކަން ވިސްނުމަށްފަހު ވޯޓު ދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.