ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އަންހެނުންގެ މެނިފެސްޓޯ އިއުލާނުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
08 Sep 2023 | 14:01
ޑރ މުއިއްޒުގެ މެނިފެސްޓޯގައި އަންހެނުންނަށް ޚާއްސަ ގިނަ ވައުދުތަކެއް!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހުރި އަންހެނުންނަށް ޚާއްސަ ވައުދުތައް އިއުލާނުކޮށްފި އެވެ. 

މި ވައުދުތައް އިއުލާނުކޮށްފައިވަނީ "ދިވެހީންގެ ރާއްޖެ އަންހެނުންނަށް" މި ނަމުގައި ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ ހަރަކާތެއްގަ އެވެ. އެ ހަރަކާތުގައި ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ. 

އެކަމަނާގެ އަރިހުގައި ޑރ މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

ޑރ މުއިއްޒުގެ މެނިފެސްޓޯގައި ވަނީ އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާއީ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި، އަންހެނަކަށް ވީތީ ކުރާ ތަފާތުކުރުންތައް ނައްތާލުމަށާއި، އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް ކުރާނެ ގިނަ ކަންތައްތަކެއް ހިމަނާފަ އެވެ. ރޭގެ ޖަލްސާގައި އެކަންކަމަށް ވަނީ އަލިއަޅުވާލައްވާފަ އެވެ. 

މެޑަމް ފާތުމަތު އިބްރާހިމް 

އެގޮތުން، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރިކުރުމަށް ކުރަން ޖެހިފައި އޮތް މަސައްކަތްތައް ކިތަންމެ ގިނަ ނަމަވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއިން ހުށައަޅަނީ އެ މައްސަލަތަށް ޓޯޓަލް ސޮލިއުޝަނެއްކަމަށް ވަނީ ބުނެފަ އެވެ. 

އެ މެނިފެސްޓީގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި؛ 

- އެއްވަރުގެ މަސައްކަތްތަކަށް އެއް މިންވަރެއްގެ ފުރުސަތުތަކަކާއި އެއް ހަމައެއްގެ އުޖޫރައެއް، ދެ ޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ނެތި، ލިބުމަކީ ގާނޫނީ ޙައްޤަކަށް ވުމުގެ އިތުރުން ހުރިހާ ދާއިރާއެއްގައި ވެސް ތަންފީޒް ކުރެވެމުންދާ އުސޫލެއްކަން ކަށަވަރު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުން

- ސިވިލް ސަރވިސްގައި، ވެރިންގެ ފެންވަރުގެ ވަޒީފާ އަދާ ކުރާ އަންހެން މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުކުރުން

- އަންހެނުންނަށް ޚާއްޞަ ލީޑަރޝިޕް ޕްރޮގްރާމްތަކެއް މުޅި ރާއްޖޭގައި ހިންގާ، އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމުކަމަށް މުޅި މުޖްތަމައު ހޭލުންތެރިކުރުވާ، ހިންގުމުގެ ދާއިރާގައި އަންހެނުންގެ ޙިއްޞާ އަދި ބައިވެރިވުން އަބަދުވެސް ފުރިހަމައަށް އޮންނާނެ ހިސާބަކަށް ޤައުމުގެ ކަންކަން ތަރުތީބުކުރުން ހިމެނެއެވެ. 

އަންހެނުންގެ މެނިފެސްޓޯ އިއުލާނުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން 

އޭގެ އިތުރުން؛

- ދަރިމައިވުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ޢާއިލާތަކަށް ޚާއްސަ ކުރެވިގެން އެންމެ ރަނގަޅު ފެންވަރުގެ ފަރުވާ ދެވޭނެ ސިއްޙީ ޚިދުމަތްތައް ރާއްޖޭގައި ތަޢާރަފްކުރުން

- އުރަމަތީ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ދުރާލާ ދެނެގަތުމަށް މެމޮގްރަފީގެ ޚިދުމަތާ ޕެޕް ސްމިއަރގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ޤާއިމުކުރުމަށް ބޭނުންވާ ބަދަލުތައް ހޮސްޕިޓަލުތަކަށް ގެނައުމާއި، އެކަމަށް ބޭނުންވާ މެޝިނަރީ ހޯދުމާއި، ޚިދުމަތްތެރިން ތަމްރީނު ކުރުން

- އެންޑޯމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަދަ އަންހެނުންނަށް ދިމާވާ ޞިއްޙީ މައްސަލަތައް އަވަހަށް ދެނެގަނެ، ޚާއްސަ ފަރުވާ ހޯދުމުގައި އާސަންދަ ހަމަޖެއްސުން

އަންހެނުންގެ މެނިފެސްޓޯ އިއުލާނު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން 

ޑރ މުއިއްޒުގެ މެނިފެސްޓޯގައި ވަނީ އިޖުތިމާޢީ ޢަދާލަތާއި ރައްކާތެރިކަމާބެހޭ ހުރިހާ މަޝްވަރާއެއްގައި ވެސް އަންހެނުންގެ ޚިޔާލާއި މަޝްވަރާ ފާޅުކަންބޮޑުގޮތެއްގައި ހިމަނައި، އެފަދަ މަޝްވަރާތަކުން ލިބިދޭ ބިނާކުރަނިވި ޚިޔާލުތައް ސިޔާސަތުތަކެއްގޮތުގައި ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވާލުމަށް ނިންމާފަ އެވެ.

މަސައްކަތްތެރިކަމާއި، ފަންނުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރާނެ ކަނެއްގެ ގޮތުގައި މެނިފެސްޓޯގައި ފާހަގަކޮށްފައި ވާއިރު، އެކަން ކުރުމަށް މުހިންމު ސިޔާސަތުތަކެއް ވެސް ގެންގުޅުވާނެކަމަށް މެނިފެސްޓޯގައި ބަޔާންކޮށްފައި ވެއެވެ. 

އެ މަޤްސަދު ހާސިލްކުރުމަށް ކުރާނެ އެއްކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ:

- ހެއަރ އެންޑް ބިއުޓީ، ރިސޯޓު މިއުޒީޝަނުންނާއި ބޭންޑްތައް، ކަސްޓަމަރ ސާރވިސް، ހައުސްކީޕިންގް އެންޑް ފްރަންޓް އޮފީސް، ރިސޯޓުތަކުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވަޒީފާތައް، ޓެކްސީ ކުރުން ފަދަ ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު ހުރި ގިނަ ދާއިރާތަކެއް 'ދިވެހީންނަށް ޚާއްޞަ' މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅާ، އެދާއިރާތަކުގައި ދިވެހި ޒުވާނުންނާ ވާދަކޮށް ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވުން

މި ނޫނަސް އަންހެނުންގެ ހައްޤުތައް ކަށަވަރުކުރުމާއި، އަންހެނުންނަށް ރައްކާތެރި ވަޒީފާގެ މާހައުލެއް ހޯދައިދިނުމާއި، "ވޯކިން މަދާސް" އަށް ޚާއްސަކޮށްގެން ސިޔާސަތުތަކެއް އެކުލަވާލުން ފަދަ މުހިންމު ކަންތައްތަކެއް ވަނީ ހިމަނާފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ