ޑރ މުހައްމަދު މުއިއްޒު
ހަބަރު
08 Sep 2023 | 14:04
ވިލިމާލޭ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނަން: ޑރ މުއިއްޒު

މާދަމާ ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަން ލިބިވަޑައިގެންފި ނަމަ ހާއްސަ އިސްކަމެއް ދެއްވައިގެން ވިލިމާލެ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމުގައި  ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެޑައިގެންފިއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ، ރިޔާސީ ކެމްޕެއިންގައި އިއްޔެ ވިލިމާލޭގައި ކުރިއަށް ގެންދިޔަ "ދޮރުން ދޮރަށް" ހިނގުމުގެ ހަރަކާތަށްފަހު، ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި މާލޭގެ އެހެން އަވަށްތަކެކޭ އެއްގޮތަށް ވިލިމާލެ ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ވިލިމާލެއަކީ ހުރިހާ ހިދުމަތެއް ލިބޭ ރަނގަޅު ފެންވަރުގެ ތަނަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މުއިއްޒު ވިދާޅުވީ ނަންބޯޑުން ހޮސްޕިޓަލެއްގެ ގޮތުގައި ވިލިމާލޭ ހޮސްޕިޓަލް އޮތްއޮތުން ނިމުމަކަށް ގެނެސް ވިލިމާލެ ހޮސްޕިޓަލް ތަރައްގީކޮށްދެއްވާނެކަމެެވެ.

ވިލިމާލެއާ ކައިރީގައި އައިޖީއެމްއެޗް ހުރީތީ ސިއްހީ ނިޒާމުގައި އެ ނެގްލެކްޓް ކުރެވިފައި އޮތްއޮތުން ނިމުމަކަށް އިރާދަކުރެއްވިއްޔާ ގެނެސްދޭނަން، ކިތަންމެ ކައިރީގައި ތިއްބަސް އަދި ބްރިޖު އެޅުނަސް، މިތަނުގައި ތިބެގެން އެ ޒަރޫރީ ގޮތުން ލިބެން ޖެހޭ ސިއްހީ ހިދުމަތް ލިބުމަކަށް އޮތް ހުރަހަކަށް ވެސް އުޒުރަކަށް ދެއްކޭނެ ކަމަކަށް ވާން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން

ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ފެނާއި ނަރުދަމާގެ ނެޓްވޯކް ވެސް އޮތީ ޒަމާނީ ފެންވަރަށް ބަދަލު ކުރަން ޖެހިފައި ކަމަށާއި އެ އަވަށުގެ އާބާދީ އިތުރުވަމުން އަންނައިރު، އެއީ ވެސް ކުރަން ރޭވިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ވިލިމާލޭ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްފައި ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށް އޭރު ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.