ހަބަރު
08 Sep 2023 | 17:57
ރެޔާދުވާލު ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކޮށް ޤައުމުގެ ކަރާމާތް ނެގެހެއްޓުމަށް ވައުދުވަން: މުޢިއްޒު

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންޚާބު ވެވަޑައިގެންފި ނަމަ، ރެޔާދުވާލު ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކޮށް ޤައުމުގެ ކަރާމާތް ނެގެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ. 

ޑރ. މުޢިއްޒު ގައުމާއި މުޚާތަބު ކުރައްވައި ދެއްވި މެސެޖުގައި ވުދާޅުވީ، މާދަމާއަކީ ދިވެހީންގެ ޤައުމީ ޙަޔާތުގައި މުހިންމު ދުވަހެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި 5 އަހަރުގެ އާ ދައުރަކަށް ހުންނާނޭ މީހަކު ކަނޑައެޅުމަށް ޤާނޫނުއަސާސީ ލިބިދޭ ބާރުގެ ދަށުން، ދިވެހީން ނިންމާ ނިންމުމަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، އަޅުގަނޑުމެންގެ ޙާލަތަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، ވިޔަވަތިކަމާ ތަމައްދުން މި ޤައުމަށް ގެނައުމަށްޓަކައި، މިނިވަން ދިވެހިރާއްޖެއެއް އަޅުގަނޑުމެންގެ ދަރީންނާ ދަރީންގެ ދަރީންނަށް ވާރުތަކޮށްދިނުމަށްޓަކައި ނިންމާ އިޚްލާޞްތެރި އަމާނާތްތެރި ނިންމުމަކަށް ވާން ޖެހޭނެ." ޑރ. މުޢިއްޒު ވިދާޅުވިއެެވެ.

މިއާއެކު މި ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ނިމެމުންދާއިރު އަމިއްލަ ނަފްސަށް ތެދުވެރިކަމާއެކު ޖަވާބުދޭން ޖެހޭ ސުވާލުތަކެއްް އެބަހުރިކަން މުޢިއްޒު ފާހަގަކުރެއްވި އެވެ.

"މި 5 އަހަރުގެ ތެރޭ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙާލަތުވީ ރަނގަޅުތޯ؟ ދިރިއުޅުމުގެ ޚަރަދު ބަރަދަށް ލުއިކަމެއް ލިބުނުތޯ؟ އާރުލާ ކަހަލަ ތަރައްޤީގެ ނިޝާންތަކެއް ޤައުމުން ފެންނާން އެބަހުރިތޯ؟ އިސްލާމްދީނާ ދިވެހީންގެ މިނިވަންކަން މި ފަސްގަނޑުގައި ދެމެހެއްޓޭނޭކަމަށް ލިބުނީ ކޮން އިތުބާރެއްތޯ؟ މިފަދަ އެތައް ސުވާލެއް." ޑރ. މުޢިއްޒު ވިދާޅުވިއެވެ. 

މިއާއެކު މުޢިއްޒު ވިދާޅުވީ މީގެ 5 އަހަރުކުރީން، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް، ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުތަކުގައި އެންމެ ބޮޑަށް އަލިއަޅުއްވާލައްވައި ކަންބޮޑުވެވަޑައިގަތީ، ވޯޓުން ނުކުންނަ ނަތީޖާއެއްގެ ސަބަބުން، ބޭރުގެ ނުފޫޒުތަކުގެ ދަށުވެ ދިވެހީންގެ އަމިއްލަ ބާރު މި ޤައުމުގައި ކުޑަވެގެން ހިނގައިދާނެތީ ކަމަށެވެ. އަދި ދަރަނިވެރިކަން ބޮޑުވެ މި ޤައުމު ބަނގުރޫޓުވާ ޙާލަތަށް ހިނގައިދާނެތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވި އިރު، މިއަދު އެދުވަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ.

މިއާއެކު މުޢިއްޒު ވިދާޅުވީ، ޕީޕީއެމާ/ޕީއެންސީގެ ކޯލިޝަނުން، ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަނބުރައި ހޯދައިދިނުމަށްޓަކައި ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނުކުމެ ތިބީ ވަރުގަދަ ޢަޒުމެއްގައި ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ، ޤާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކޮށް، އަނިޔާވެރިކަމާ ބަދަލުހިފުމުގެ ރޫޙު ނިމުމަކަށް ގެނެސް، މި ޤައުމަށް ރަށްވެހިކަމާ އާރޯކަމުގެ އާ ޒަމާނެއް އަޅުގަނޑުމެން ގެނަސްދޭނަން. ކޮންމެ ދިވެހިރައްޔިތަކަށް ހިޔާވަހިކަމާ އާމުދަނީގެ މަގުތަކާ ވަޒީފާގެ ފުރުސަތު ކަށަވަރުކޮށްދޭނަން. ދިރިއުޅުމުގެ ޚަރަދުތައް ކުޑަކޮށްދީ، ތަޢުލީމާ ޞިއްޙަތާ އިޖްތިމާޢީ ކަންކަން ހަރުދަނާކޮށްދީ، ރައްޔިތުން އެދޭ ތަރައްޤީ ޢަމަލީގޮތުން ގެނަސްދޭނޭ ސަރުކާރެއް އަނެއްކާވެސް އަޅުގަނޑުމެން ޤާއިމުކޮށްދޭނަން. ހެޔޮވެރިކަމެއް މި ޤައުމުގައިކޮށް، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ މިނިވަން ރާއްޖެއެއް ލިބިއްޖެކަމުގެ އިޙްސާސް ދިވެހީންގެ ހިތްތަކަށް އަނެއްކާވެސް ވައްދައިދޭނަން." މުޢިއްޒު ވިދާޅުވިއެވެ. 

ހަމައެހެންމެ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް މާތް اللهގެ ވާގިފުޅާއެކު މި ދިވެހިރާއްޖެ ގެންގޮސްދީ، ރެޔާދުވާލު ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކޮށް، މި ޤައުމުގެ މަޖްދާ ކަރާމާތް ނަގަހައްޓައި، ދިވެހި ޤައުމަށާ ރައްޔިތުންނަށް ބާއްޖަވެރި ތަނަވަސް ދުވަސްތަކެއް ހޯދައިދިނުމަށް މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. 

"އަޅުގަނޑު އެދެނީ، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑު ޚިޔާރުކުރެއްވުން. ކެންޑިޑޭޓް ނަންބަރު ހަތަރަކަށް ވޯޓު ދެއްވުން. އިރާދަކުރެއްވިއްޔާ ތިޔަ ލޮބުވެތި ރައްޔިތުންގެ އުންމީދުތައް އަޅުގަނޑު ހަގީގަތަކަށް ހަދައިދޭނަން. ރައްޔިތުންގެ ހައްޤުގައި ވަފާތެރި ވެރިކަމެއް އަޅުގަނޑު ކުރާނަން. ތެދުވެރި އިޚްލާޞްތެރި ވެރިއެއްގެ ގޮތުގައި އަދި ދިވެހި ދަރިއެއްގެ ގޮތުގައި ދެމިހުންނާނަން." މުޢިއްޒު ވިދާޅުވިއެވެ. 

މިއާއެކު މުޢިއްޒު ވަނީ މާތް اللهގެ ތަނަވަސް ރަޙްމަތާ އޯގާވަންތަކަމުގައި އަބަދުވެސް މި ވަޠަނާ ދިވެހި ރައްޔިތުން ލަހައްޓަވައި، މި ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރާ މަސައްކަތުގައި ބަރަކާތާ ކާމިޔާބީ މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.