ރާއްޖެ އާއި އިންޑިޔާ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
08 Sep 2023 | 19:21
އިންޑިޔާ އަތުން ދިވެހި ޓީމު ތަފާތުބޮޑު ނަތީޖާއަކުން ބަލިވެއްޖެ

މިހާރު ކުރިޔަށްދާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި މިއަދު މެންދުރު ދިވެހިރާއްޖެ އާއި އިންޑިޔާ ވާދަކުރި މެޗު 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އިންޑިޔާ އިން ފައިނަލުގެ ފުރަތަަމަ ޖާގަ ހޯދައިފި އެވެ.

މިމެޗަށް ނުކުންނައިރު އެންމެ ފަހުން އިންޑިޔާގެ 16 އަހަރުންދަށުގެ ޓީމު މެޗަކުން ބަލިވެފައި ވަނީ 2018 ވަނަ އަހަރު އޭއެފްސީ އޭޝިއަން ކަޕްގެ ޕްލޭއޮފްގައި ސައުތު ކޮރެއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. އަދި 2019 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި އިންޑިޔާގެ 16 އަހަރުންދަށުގެ ޓީމު ވަނީ ތުރުކުމެނިސްތާންގެ އިތުރުން ބަހްރެއިން އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މުބާރާތުގެ ފުރަތަަމަ މެޗުގައި 3-0 ގެ ނަތީޖާއަކުން ޕާކިސްތާން އަތުން ބަލިވި ނަމަވެސް ރާއްޖޭ ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕްގެ ފަހު މެޗުގައި 3-2 ގެ ނަތީޖާއަކުން ބޫޓާން ބަލިކުރުމަށްފަހުގައެވެ.

މުޅި މެޗުގައިވެސް އިންޑިއާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗު 22 ވަނަ މިނެޓުގައި ވިޝާލް ޔާދަވް ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ކައިފް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިންޑިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އިންޑިޔާގެ އެޓޭކުތައް ފެނުނީ މާބޮޑަށްވެސް ވަރުގަދަކޮށެވެ. އެގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކޮށްފައެވެ. މިހާފުގައި އެޓީމުގެ އެމްޑީ އަރުބާޝް އަދި އައިބޯލަންގް މިއިން ކޮންމެ ކުޅުންތެރިއެއް ދެ ލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ލެވިސް އަދި މަންބަކުޕަރް އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 8-0 ގެ ނަތީޖާއަކުން އިންޑިޔާ ކުރީގައި އޮވެގެންނެވެ.

މިމެޗުން ދިވެހި ޒުވާން ޓީމު ތަފާތުބޮޑު ނަތީޖާއަކުން ބަލިވި ނަމަވެސް މި މުބާރާތަކީ 16 އަހަރުންދަށުގެ އުމުރުފުރާގައި ރާއްޖޭގެ އަށް ކާމިޔާބު މުބާރާތެކެވެ. ސަބަބަކީ މިއީ 16 އަހަރުންދަށުގެ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ދިވެހިރާއްޖެ ޖާގަ ހޯދީ ފުރަތަމަ ފަހަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.