Advertisement

މާލޭގެ ނޯތް ހާބަރު ފަޅު ތެރޭ މޫދުން ފެނުނު މީހަކަށް ފަރުވާ ދީފި!

09 Sep 2023 | 13:20

މާލޭގެ ނޯތް ހާބަރު ފަޅު ތެރޭ މޫދުން ފެނުނު މީހަކަށް ފަރުވާ ދީފިއެވެ.

ފުލުހުން ބުނެފައިވަނީ މާލެ ނޯތް ހާބަރުފަޅު ތެރޭ މޫދުގައި މީހަކު އޮތް ކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 9:13 ގައި ލިބިގެން އެކަމަށް އެޓެންޑު ވެފައިވާކަމަށެވެ.

މޫދުން ނަގައިފައިވަނީ ދިވެހި ފިރިހެނެއް ކަމަށްވެސް ބުނެފައިވެއެވެ. އެމީހާ މޫދުން ނަގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި މިކަމުގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement

ކޮމެންޓް

Advertisement