ހަބަރު
10 Sep 2023 | 07:08
އިންތިހާބުގެ ދެވަނަ ބުރު ސިޔާސީ މައި ދެ ފިކުރުގެ ކުރިމަތިލުަމަކަށް

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ސިޔާސީ މައި ދެ ފިކުރު ކަމުގައިވާ ޕީޕީއެމް/އެމްޑީޕީ ފިޔަވައި އިންތިހާބުގެ އެހެން ފިކުރުތަކަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެ ރާއްޖޭގައި ތާއިދު ބޮޑީ އިދިކޮޅު ޕީޕީއެމް އަދި ވެރިކަން ކުރާ އެމްޑީޕީގެ ފިކުރަށްކަން ހާމަވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި މިހާތަނަށް 160،000 އަށް ވުރެ ގިނަ ވޯޓު ގުނިއިރު، އެންމެ ކުރީގައި އުޅެނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މިހާތަނަށް ގުނި ވޯޓުގެ 45 ޕަސެންޓަށްވުރެ ގިނަ ވޯޓު މުޢިއްޒު ހޯދައިފައިވާއިރު ދެވަނައަށް އެންމެ ގިނައިން ވޯޓު ލިބުނު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިހާތަނަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓު ވޯޓެވެ. ތިން ވަނައަށް އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށް މިހާތަނަށް ހޯދުނީ ހަ ޕަސެންޓު ވޯޓެވެ.

ބާކީ ތިއްބެވި ފަސް ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ ވަރަށް މަދުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މިހާތަނަށް ލިބިވަޑައިގަތީ އެންމެ ތިން ޕަސެންޓު ވޯޓެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ތިން ޕަސެންޓު ވޯޓު ހޯއްދެވިއިރު ކެންޑިޑޭޓް ފާރިސް މައުމޫނާއި މުހައްމަދު ނާޒިމާއި ހަސަން ޒަމީލަށް ލިބުނު ވޯޓު އެންމެ ޕަސެންޓަކަށް ވެސް ނާރައެވެ.

މިހާތަނަށް ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން  މި ރިޔާސީ އިންތިހާބުގައި 50 ޕަސެންޓަށްވުރެ ގިނައިން އެއް ކެންޑިޑޭޓަކަށް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން، މި ސެޕްޓެމްބަރު 30، ގައި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް އޮންނާނެކަން ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ.

މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނާނީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ކޯލިޝަންތައް ހެދިގެން ދާނެ ގޮތަކާއި މެދުގައެވެ. އެހެން ނަމަވެސް ވަގުތީ ނަތީޖާތަކަށް ބަލައި އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާއަށް މާބޮޑެތި އަސަރުތަކެއް ކުރާނެ އަދަދަކުން އެހެން ކެންޑިޑޭޓުންނަށް އަދި ވޯޓު ލިބިފައެއް ނުވެއެވެ. 

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 282,395 މީހުންނަށް ލިބޭއިރު ވޯޓުލީ ގާތްގަނޑަކަށް 75 ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ގާތްގަނޑަކަށް 211،796 މީހުންނެވެ. އެހެންކަމުން މިއީ ރިޔާސީ އިންތިހާބެއްގައި އެންމެ މަދުން ވޯޓު ލީ ފަހަރުކަންވެސް ފާހަގަކޮށްވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.