ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވޯޓު ލުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަނީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
10 Sep 2023 | 09:01
މިހާތަނަށް ކޯލިޝަނާ ގުޅޭ އެއްވެސް ނިންމުމެއް ނެތް: ޑރ. މުޢިއްޒު

އިންތިހާބު މިހާތަނަށް އެއްވެސް ބަޔަކާއި އެކު ކޯލިޝަން ހެދުމަށް ނިންމާފައި ނުވާ ކަމަށާ، އެކަމާއި ގުޅޭ ގޮތުން ގޮތް ނިންމާނީ ލީޑަރޝިޕުން މަޝްވަރާކުރުމަށް ފަހު ކަމަށް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އިއްޔެ ނިމިގެން ގޮސްފައިވާއިރު, 15,000 އަށްވުރެ ގިނަ ވޯޓުގެ ބޮޑު ފަރަގަކުން، އެ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ޑރ. މުޢިއްޒު އެވެ. އެއީ ހަތް ޕަސެންޓުގެ ފަރަގެކެވެ.

މުއިއްޒަށް ލިބިވަޑައިގެންނެވީ 100,122 ވޯޓެވެ. އެއީ 46.07 ޕަސެންޓެވެ. ރައީސް ސާލިހަށް 84,997 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ 39.11 ޕަސެންޓް ވޯޓެވެ.

މި ނަތީޖާ އާއި އެކު ދެވަނަ ބުރަކަށް އިންތިހާބު ގޮސްފައިވާއިރު، އިންތިހާބުގެ ނަތީޖާ އާ، ކުރިއަށް އޮތް ދެވަނަބުރާއި ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ޑރ. މުޢިއްޒު ވިދާޅުވީ، އިންތިހާބުގެ ނަތީޖާއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އެހެނީ، މި އިންތިޚާބުގައި އެފަދަ ނަތީޖާއެއް ނެރެވިފައި އެވަނީ، ސަރުކާރާއި އެކި ފަރާތްތަކުގެ ނުފޫޒުތަކާއި ފިއްތުންތަކާއި އެކު އެކު ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އަދި ރައްޔިތުން އެމަނިކުފާނަށް ދެއްވި ތާއީދަށް މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

"އާދެ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެންނަށް ކުރެއްވި އިތުބާރާއި ދެއްވި ތާއީދަށްޓަކައި. ހަގީގަތުގައި މިއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ދުވަހެއް. އެކިއެކި ނުފޫޒުތަކާއި ފިއްތުންތަކާ އެކު އެކި ކަންކަމުގެ ކުރިމަތީގައި ދިވެހި ލޮބުވެތި ރައްޔިތުން ގައުމީ ފިކުރެއްގަ ނުކުމެވަޑައިގެން މި ދެއްކެވީ ވަރަށް ވަރުގަދަ މިސާލެއް. އޭގެން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދަނީ،" 

ޑރ. މުހައްމަދު މުޢިއްޒު 

މިއާއެކު މުޢިއްޒު ވިދާޅުވީ، ދެވަނަބުރާއި ދެމެދު ދެތިން ހަފްތާއެއްހާ ދުވަސް އޮތް އިރު، އުއްމީދަކީ ވޭހާވެސް ގިނަ ރައްޔިތުންނާ ގާތުން ކެންޕެއިން ކުރެއްވުން ކަމަށެވެ. އަދި އިރާދަފުޅުން ދެވަނަ ބުރުވެސް ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އުންމީދު ކުރަނީ ދެވަނަ ރައުންޑްގައި އިރާދަކުރެއްވިއްޔާއ، އަޅުގަނޑުމެންނަށް ޔަގީން އިންޝާ الله އަޅުގަނޑުމެންނަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއެކީގައި ކާމިޔާބު ވާނެ ކަމަށް،" 

ޑރ. މުހައްމަދު މުޢިއްޒު 

ދެވަނަ ބުރުގައި އެކުގައި ކޯލިޝަން ހެދުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނަންތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ލީޑަޝިޕުން އެކަމާ މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށާއި މިހާތަނަށް ކޯލިޝަނާ ގުޅޭ އެއްވެސް ނިންމުމެއް ނެތް ކަމަށެވެ.

"(ކޯލިޝަން ހެދުމާއިމެދު) ލީޑާޝިޕުގައި މަޝްވަރާ ކުރާނެ. އަޅުގަނޑުމެން އެދެނީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ލިބުމަށް. އަޅުގަނޑުމެން ބޭނުން ވަނީ ދިވެހިންގެ ރާއްޖެ ހޯދުމަށް ދިވެހި ގައުމަށްޓަކައި މިއަދު އޮތް ހާލަތުން ކުރިއަށް ގެންދިއުމަށް ދިވެހިންގެ މަސްލަހަތު އިސްކޮށްގެން މި ގައުމަށް މިނިވަންކަން ޔަގީންވެ، ތަރައްގީ ކަށަވަރުވެ އިގުތިސޯދު ކޮޅަށް ޖަހާނެ ގޮތެއް. މި ކަންކަމާއިގެން ކުރިއަށް އޮތް ދެތިން ހަފުތާ ވެސް މަސައްކަތް ކުރާނީ،" މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައިވާއިރު، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހު 30 ވާ ހޮނިހިރު ދުވަހު އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.