ރޮޒައިނާ އާއި ރައީސް ޞާލިހް--
ހަބަރު
10 Sep 2023 | 17:39
ރޮޒެއިނާގެ ދާއިރާއިން ވެސް ކުރި ހޯއްދެވީ ޑރ. މުޢިއްޒު!

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު، ރޮޒައިނާ އާދަމްގެ ދައިރާއިންވެސް ޕީޕީއެމް/ޕީއެންސީގެ ކެންޑެޑޭޓް ޑރ. މުހައްމަދު މުޢިއްޒު ކުރި ހޯއްދަވައިފިއެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އިއްޔެ ނިމިފައި ވާއިރު، އެ އިންތިހާބުގައި މީގެ ކުރިން އެމްޑީޕީން މެޖޯރިޓީ ނަގަމުންއައި ވަރަށް ގިނަ ރަށްތަކާއި ސިޓީތަކުން ޕީޕީއެމް/ޕީއެންސީން ވަނީ ކުރި ހޯދާފައެވެ. 

އެގޮތުން، މީގެ ކުރިން އެމްޑީޕީ އެންމެ ބޮޑުކޮށް ނަގަމުން އައި، މާލެ ސިޓީ, އާއި އައްޑޫ ސިޓީގެ، ދާދި ފަހުން ސިޓީ އަކަށް ބަދަލު ކުރި ތިނަދޫ ސިޓީގެ އިތުރުން ފުވައްމުލަކުން ވެސް ކުރި ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓެވެ. 

މީގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުންގެ ދާއިރާތައްވެސް ހިމެނޭކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ އެންމެ އަރިސް އެއް ބޭފުޅެއް ކަމުގައިވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާގެ ދާއިރާއިން ކުރި ހޯއްދެވީ މުޢިއްޒުއެވެ. ރޮޒައިނާގެ ދާއިރާއިން ގާތްގަނޑަކަށް 845 ވޯޓު ޑރ. މުޢިއްޒު ހޯއްދެވި އިރު، ރައީސް ޞާލިހު އަށް ލިބިލެއްވީ 817 ވޯޓެވެ. 

ރޮޒައިނާގެ އިތުރުން، މެންބަރު އިބްރާޙީމް ޝަރީފު (މަވޯޓާ ޝަރީފު) ގެ ދާއިރާ ކަމުގައިވާ މަރަދޫ ފޭދޫ ދާއިރާއިންވެސް ކުރި ހޯއްދެވީ މުޢިއްޒުއެވެ. 

އެހެންކަމުން މީގެ ކުރިން 2018 ވަނަ އަހަރު ރަން ރީނދޫ ކުލައިން ޖަރީކޮށްލި ދާއިރާތައް މިފަހަރު ވަނީ ޕީޕީއެމްގެ ފިޔާތޮށިކުލައިން ފުރާލާފައެވެ. މިޢީ ޑރ. މުއިއްޒަށް ލިބިލެއްވި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ގިނަ ސިޔާސީ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ޛަރުމަ
ލަދުގަނެބަލަ
10 Sep 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.