ޑރ މުހައްމަދު މުއިއްޒު
ހަބަރު
10 Sep 2023 | 23:36
އެކުގައި މަސައްކަތް ކުރުމަށް މުއިއްޒުގެ ދައުވަތު ހުރިހާ ސިޔާސީ ޕާޓީތަކަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީ އާއެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ދައުވަތު، އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޑރ މުހައްމަދު މުއިއްޒު ސިޔާސީ ހުރިހާ ޕާޓީތަކަކަށް ދެއްވައިފިއެވެ. 

އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބު ފާހަގަކުރަން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ގައުމީ މަަސައްކަތުގައި ބައިވެރިވުމަށް އެހެން ހުރިހާ ޕާޓީތަކަށް ދައުވަތުދޭ ކަމަށެވެ. ޕީޕީއެމް ޕީއެންސީން އިސްކުރާނީ ރަހުމަތްތެރިކަމުގެ އަތްކަމަށާއި ގައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުން އެ އަތުގައި ހިފުމަކީ އޭނާގެ އެދިލެއްވުމެއް ކަމުގައި މުއިއްޒުވަނިީ ވިދާޅުވެފައެވެ. 

އަޅުގަނޑު އިސްކުރާނީ ރަހުމަތްތެރިކަމުގެ އަތް. އަޅުގަނޑު މި ދިއްކުރާ އަތުގައި އަޅުގަނޑު އެދެން ގައުމުދެކެ ލޯބިވާ ހުރިހާ ސިޔާސީވެރިން ހިއްޕެވުމަށް

ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން މުއިއްޒުވަނީ ގައުމު އިސްކޮށް ގައުމުގެ ބަހާތައް އިހްތިރާމް އަދާކޮށް ގައުމުގެ މިނިވަންކަމަށް އިހްތިރާމް އަދާކުރާ ގައުމުގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެއް ވިސްނުމަކަށް އަންނަ ގައުމުގެ ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް ގޮތުގައި ދެކޭ ކޮންމެ ސިޔާސީ ވެރިއަކާ އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

މުއިއްޒު ވިދާޅުވީ މިއަދު އިސްކުރަންވީ ގައުމުކަމަށާއި ގައުމަށް އެންމެ ރަނގަޅު ގޮތަކީ އޭނާއާއެކު މަސައްކަތްކުރަން ހުރިހާ ޕާޓީއަކުން ވެސް ނިންމުންކަމަށެވެ. އަދި ސިޔާސީ ފިކުރަށްވުރެ ބޮޑަށް ގައުމީ ފިކުރު އިސްކުރަންޖެހޭ ކަމަށް ތަކުރާރުކޮށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ، ދިވެހި ރައްޔިތުން ގައުމުދެކެ ލޯބިވާކަން އިއްޔެ ދައްކުވައިދީފިކަމަށާއި ދެވަނަ ބުރުގެ ވޯޓުނަގާ ސެޕްޓެމްބަރު 30ވަނަ ދުވަހު މާ ބޮޑަށް އެކަން ދައްކާނެކަމުގެ ޔަގީންކަން އޮތްކަމުގައެވެ. 

އިއްޔެގެ ރިޔާސީ އިންތިހާބު 46 އިންސައްތައިގެ ނަތީޖާއަކާއެކު ކުރި ހޯއްދެވީ މުއިއްޒެވެ. ދެވަނައިގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހޯއްދެވީ 39 އިންސައްތައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.