އިންޑިޔާގެ އޮޕޮޒިޝަން ލީޑަރު ރާހުލް ގާންދީ
ހަބަރު
11 Sep 2023 | 13:21
މޯދީ އިންޑިޔާގެ ނަން "ބާރަތް" އަށް ބަދަލު ކުރަން އުޅޭ އުޅުމަކީ މާނައެއް ނެތް ކަމެއް: ރާހުލް

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އިންދިޔާގެ ނަން "ބާރަތް" އަށް ބަދަލު ކުރަން އުޅޭ އުޅުމަކީ މާނައެއް ނެތް ކަމެއއް ކަމަށް އިންޑިޔާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ.

ޔޫރަޕަށް ފަސް ދުވަހުގެ ދަތުރެއް ގައި ވަޑައިގެން އުޅުއްވާ ރާހުލް ގާންދީ އަލްޖަޒީރާއަށް ވިދާޅުވެފައިވަނީ މޯދީ އިންޑިޔާގެ ނަން "ބާރަތް"އަށް ބަދަލު ކުރަން އުޅޭ އުޅުމަކީ މާނައެއް ނެތް ކަމެއް ކަމަށެވެ.

ރާހުލް ގާންދީ އިންޑިޔާގެ ނަން "ބާރަތް" އަށް ބަދަލު ކުރުން ސިފަކޮށްފައިވަނީ ދެބޯގެރި ދުއްވުން ފަދައިންނެވެ.

ރާހުލް ގާންދީ ވިދާޅުވެފައިވަނީ އަދާނީ ގްރޫޕްގެ މައްސަލަތަކުގެ ވާހަކަތއް މީޑިއާތަކަށް ތިލަވާ ވަގުތު ކޮންމެވެސް ޑްރާމާއެއް ޖައްސައި އެކަމުން މީހުންގެ ސަމާލުކަން ދުރަށް ޖައްސަން މަސައްކަތް ކުރާ ކަމަށާއި މިވެސް އެފަދަ ކަމެއް ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވެފައިވަނީ މޯދީ ބޮޑެތި އިންޑާސްޓްރިއަލް ކުންފުނިތަކަށް ޚާއްސަކަމެއް ދޭ ކަމަށާއި އެފަދަ އިންޑަސްޓްރިއަލް ކުންފުނިތަކުން ކުރަމުން އަންނަ ކަންކަން ތަހްޤީޤުކޮށް ހަޤީޤަތް ދެނެގަންނަން ޖެހޭ ކަމަށެވެ.

އަދާނީ ގްރޫޕަކީ އިންޑިޔާގެ ކަނޑުގެ ބަނދަރުތަކާއި އެއަރޕޯޓްތައް އެންމެ ގިނައިން އޮޕަރޭޓް ކުރާ ކުންފުންޏެވެ. ދާދި ފަހަކުން ވެސް އަދާނީ ގްރޫޕްގެ ޓެކްސް ފައިސާގެ މައްސަލަތަކެއްގެ ވާހަކަތައް އިންޑިޔާގެ މީޑިއާއަށް ތިލަވެފައިވެއެވެ.

މީގެ އިތުރުން ރާހުލް ގާންދީ ވިދާޅުވެފައިވަނީ މޯދީ މިހާރު ކުރަމުން މިދާ ކަންކަމަކީ އިދިކޮޅި ޕާޓީތައް އެކުވެ މިފެށޭ އަހަރު އޮންނަ އިންތިޚާބުގައި މޯދީ އާއި ދެކޮޅަށް ވާދަކުރުމަށް ނިންމުމާއި ގުޅިގެން "ޕެނިކް" ވެގެން ކުރަމުންދާ ކަންކަންކަމަށެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް