ޕީޕީއެމް ޕީއެންސީ އާއި އެމްއެންޕީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ހަބަރު
12 Sep 2023 | 17:18
ދެވަނަ ބުރުގައި އެމްއެންޕީން ޕީޕީއެމްއާއި ގުޅުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިންތިހާބުގެ ފުރަތަމަ ބުރުގެ އެންމެ ގިނަ ވޯޓު ހޯދި ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށް، ދެ ފަރާތުން އެކުގައި މަސައްކަތް ކުރުމަށް ނިންމައިފިއެވެ. 

މީރުމާގައި މި ވަގުތު ކުރިއަށްދާ އިވެންޓުގައި އެމްއެންޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އިތުރުން ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުالله ރިޔާޒާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިވެންޓުގައި ބައިވެރިވެވަޑައިގަތީ ޕީއެންސީގެ ރައީސް އަދި އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމްގެ އިތުރުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި މުއިއްޒުގެ ރަނިން މޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެންޕީގެ ލީޑަރ ނާޒިމް ވިދާޅުވެފައިވަނީ، އެ ޕާޓީން ތިބީ ޖާނާއި މާލުން ގުރުބާން ވެގެންވެސް ޑރ މުއިއްޒުއަށް އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށްދިނުމަށް ކަމުގައިކަމަށެވެ. 

މީގެ އިތުރުން މިއަދު ވެވުނީ އެއްބަސްވުމަކީ ސަރުކާރުގެ ހިއްސާ ދެވޭ ގޮތާއި ވަޒީފާތަކާއި ސިޔާސީ މަގާމުތައް ދެވޭނެ ގޮތަށްތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހާވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، އެފަަދަ އެއްވެސް ކަމަކަށް ދެ ޕާޓީގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ނުވާކަމަށެވެ. 

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި ނޯންނާނެ ކުންފުނިތަކުން ވަކި ވަރެއްގެ ވަޒީފާއެކޭ، އޭގައި އޮންނާނެ ހަމައެކަނި ވާހަކައަކީ ދެވަނަ ބުރު، އަޅުގަނޑުމެންގެ ކެންޑިޑޭޓު ޑރ. މުއިއްޒު ކާމިޔާބު ކޮށްދެއްވުމަށް ކުރެވެން ހުރި މަސައްކަތެއް ކުރުމަށް

އަބްދުއްރަހީމް އަބްދުالله 

މިކަމާއި ގުޅިގެން އެމްއެންޕީގެ ލީޑަރ ނާޒިމް ވިދާޅުވީ، ކޯލިޝަން ހެދުމަށް އެއްބަސްވެގެން އައީ އެއްވެސް ޝަރުތެއް ކުރިމަތިިނުކޮށް ކަމަށާއީ ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަށް ތާއީދުކުރަން ނިންމީ މުއިއްޒުގެ މެނިފެސްޓޯއާއި ނާޒިމްގެ މެނިފެސްޓޯގެ ސިޔާސަތުތަކުގައި ދާދި އެއް ގޮތް ކަންކަން ހުރުމުން ކަމަށެވެ.

އަޅުގަނޑަކީ ގައުމީ ވިސްނުމެއްގައި ހުރި މީހެއް، އަޅުގަނޑު މި އުޅެނީ އެ ވިސްނުމުގައި މި ސަރުކާރު ބަދަލުކުރަން ޖެހޭތީ

ކާނަލް ނާޒިމް 

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެގެން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނީ 1907 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 0.8 ޕަސެންޓް ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް 101،635 ވޯޓެވެ. އެއީ 46 ޕަސެންޓް ވޯޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.