ސައީދު ޕީޕީއެމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
12 Sep 2023 | 21:57
މުއައްސަސާތަކަކީ ރައީސް ޞާލިހަށްޓަކައި ގުރުބާންކުރާ ކަންބަޅިތަކަކަށް ނަހައްދަވާ: ސައީދު

ސަރުކާރުގެ މުއައްސަސާތަކަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ނާކާމިޔާބީކަން ފޮރުވުމަށް ގުރުބާންކުރާ ކަންބަޅިތަކަކަށް ނެހެއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރި ނުވާކަމަށް ސިފައިންގެ ޖެނެރަލުން ލައްވާ ސަރުކާރުން ބުނުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

ސައީދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަނުކޮށް ރައީސް ޞާލިހު 5 އަހަރު ހިފަހައްޓާލެއްވުމަށް ފަހު، މިއަދު ކުއްލި ގޮތަކަށް ސިފައިންގެ ޖެނެރަލުން ލައްވާ، އެ ފަދަ މޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާނުލެވޭނެ ކަމަށެވެ. 

"5 އަހަރުވީއިރު މިދެއްކީ މިވާހަކަ. ރާއްޖޭގެ އަމިއްލަ މިނިވަންކަންވަނީ “ރިއެކްޓްނުކުރާ” ރައީސްއެއްގެ ސަބަބުން ގެއްލިފަ. ރ އިބްރާޙީމްގެ މޫނުފުރެންދެން ފުއްޖެއްސެވިޔަސް ހަޤީޤީކުލަ ހާމަވާނެ. އޮޅުވާލުމަކުން ތިމަޢުލޫއެއް ފަސްއަޅާނުފޮރުވޭނެ"

މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު 

ސައީދު ވިދާޅުވީ ދިވެހިންނަކީ ކަންކަމަށް ލޯ ހުޅުވިފަތި ތިބި ހޭ ބުއްދިޖެހޭ ތައުލީމީ ބައެއް ކަމަށެވެ. އެހެންކަމުން ދިފާއީ ބާރަށް ނުފޫޒު ފޯރުވައިގެން ބޭރު ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން ނޫޅުއްވުން ރަނގަޅުވާނެކަމަށް ސައީދު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވަނީ ރައީސް ޞާލިހަށް ރައްޔިތުން ނޫނެކޭ ބުނުމުން، އެކަން ބަދަލުކުރުމަށް ގުރުބާންކުރާ ކަންބަޅިތަކަކަށް މުއައްސަސާތައް ނެހެއްދެވުމަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.