ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ޕީޕީއެމް
ހަބަރު
13 Sep 2023 | 10:39
ހިޔާ ފްލެޓް ތަކުގެ ފިނިޝިން ނިންމަން ހަރަދުކުރި ލާރީގެ ބަދަލު ދޭނަން: ޑރ މުޢިއްޒު

ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ރައްޔިތުން ހަރަދުކުރި ލާރީގެ ބަދަލު ދެއްވާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުޢިއްޒު މިހެން ވިދާޅުވީ ޕީއެންސީ/ ޕީޕީއެމުން ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުޢިއްޒު ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުން ނިންމަވާފައި އޮތީ ހިޔާ ފްލެޓް ފަސް ޑިޒައިނަކަށް ހެދުމަށް ކަމަށާއި އަދި އޭގެ ތެރެއިން ރައްޔިތުން އިޚްތިޔާރު ކުރާ ޑިޒައިނަކަށް ފިނިޝިން ނިންމައިދޭ ގޮތައް ކަމަށެވެ. އަދި ފިނިޝިން ނިންމަންދާ ފައިސާ ލޯނުގެ ގޮތުގައި އޭރު އޮތް ކުންފުނި ކަމަށްވާ އެޗްޑީސީ އިން ނަގާ ގޮތައް ކަމަށާއި އެގޮތައް ނިންމާފައިވަނިކޮށް މިސަރުކާރުން އެލޯނުވެސް ދޫކޮށްލީ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ ލޯނު ދޫކޮށްލައި ތަންވެސް ނުނިންމައި ހަމައެކަނި ހަތަރު ފާރު ރައްޔިތުންނާއި ހަވާލުކުރީ ކަމަށެވެ. އަދި އެގޮތައް ހަވާލުކުރުމުގެ ސަބަބުން ރައްޔިތުންނަށް ޖެހުނީ ބޮޑު ތަކުލީފެއް ކަމަށެވެ. ބޮޑެތި ލޯނުތައް ނަގައި ދަރަނީގެ މައްޗަށް ދަރަނި ނަގަން ޖެހުނު ކަމަށް  ޑރ މުޢިއްޒު ވިދާޅުވިއެވެ.

އަދިވެސް ނިކަމެތި ބައެއް މީހުން އުޅެނީ ފްލެޓް ނިންމައި ނުލެވިގެން ކަމަށާއި، ތަޅުންމަތީގައި ތަރުފާލު އަޅައިލައިގެން ނިދާ މީހުން އެބައުޅޭ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އެއްބައި ޢާއިލާތަކުން މުޅި ޢާއިލާގެ އާމްދަނީ އެއްކޮށްލައިގެން ލޯނު ނަގައިގެން އެބަ އުޅޭ ކަމަށާއި، ހަމަޖެހޭ ދިރިއުޅުމެއް އެންމެންވެސް ބޭނުންވާ ކަމަށާއި، އެހެން ހަދައިގެންވެސް އެތަންތަނަށް ވަދެ އެތިބީ އެހެންވެ ކަމަށާއި މިއީ އިންސާފެއް ނޫން ކަމަށް ޑރ މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަންކުރާނެ ގޮތަކީ އެވްރެޖް ގޮތެއްގައި އެދިޔަ ޚަރަދަށް ބަލާފަ، އަރބަންކޯއިން އެކޯސްޓް ހަމަ އޮރިޖިނަލީ ޕްލޭން ކުރިގޮތައް މިކުރެވުނު ޚަރަދު އަނބުރާ ދައްކާގޮތައް، އެވްރެޖް އަގަށް" މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ހިޔާ ފްލެޓް ތަކުގެ ފިނިޝިން  ނިންމަން ރައްޔިތުންއަތުން ޚަރަދުވި އެވްރެޖް އަގު ބަލައި އަރބަންކޯއިން ލޯނުނަގައި އެވްރެޖް ޢަދަދަށް ވާވަރަށް ރައްޔިތުންނަށް އަނބުރާ އެފައިސާ ދެއްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.