ޑރ. މުހައްމަދު މުޢިއްޒު--ފޮޓޯ/ ޕީޕީއެމް
ހަބަރު
14 Sep 2023 | 09:00
ވިނަރެސް ފްލެޓާއި ކުންފުނިތަކުގެ ފްލެޓްގެ ކުލި ކުޑަކުރެވޭނެ، ކުޑަކޮށްދޭނަން: ޑރ. މުޢިއްޒު

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފްލެޓުތަކާއި، އެނޫންވެސް ސޯޝަލް ހައުސިންގް ޔުނިޓް ތަކުގެ އަގު މިސަރުކާރުން ދެމުންދާ އަގު ކުޑަ ކުރެވޭނެ ކަމަށާ، އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރޭ މާވެޔޮ މަގުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، މިހާރު ވިނަރެސް ގެ ނަމުގައި ނަން ބަދަލު ކޮށްފައިވާ ނަމަވެސް، އެ އެޕާޓްމަންޓް ތަކަކީ ކުރީ ސަރުކާރުން، އެމަނިކުފާނުގެ ހައުސިންގް މިނިސްޓަރު ކަމުގައި އަޅާފައިވާ އެޕާޓްމަންޓް ތަކެއް ކަމަށާ، އެ މަޝްރޫއުގެ އެގްރީމަންޓް ގައި ސޮއި ކުރެއްވީވެސް އެމަނިކުފާނު ކަމަށެވެ. 

އެހެންކަމުން، އެ އެޕާޓްމަންޓް ތަކުގެ އަގުތައް އެމަނިކުފާނަށް ރަނގަޅަށް އެނގިލައްވާ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެެވެ. 

ކަންމިހެން ހުރި ނަމަވެސް، މިސަރުކާރުން އެ އެޕާޓްމަންޓް ތަކުގެވެސް އަގު އަސްލު އަގަށްވުރެ ބޮޑު ކޮށް، ޑައުންޕޭމަންޓް ގެ ގޮތުގައިވެސް ބޮޑު އެއްޗެއް ދެގޮތައް ނިންމާފައިވާ ކަން މުޢިއްޒު ވިދާޅުވިއެެވެ. 

ޑައުންޕޭމަންޓްގެ ގޮތުގައި ދެ ލައްކަ ކޮންމެވެސް ވަރެއްގެ އަގުތަކެއް ދައްކަން އެބަޖެހޭ. މަހުން މަހަށް ދައްކަން އެބަޖެހޭ ހައި އެންޑް ފުލެޓް ތަކަށް ދައްކަންޖެހޭ ވަރަށް. މިއެއްނޫން އެ ޕްރޮޖެކްޓްގެ، ފައިސާ އަނބުރާ ހޯދައި އެޗްޑީސީ ނޫނީ އާބަންކޯއަށް ފައިދާވާވަރުގެ އެއްޗެއް ހޯދަންޏާ ދައްކަންޖެހޭ އަގުތަކަކީ. 

ޑރ. މުހައްމަދު މުޢިއްޒު 

”އަޅުގަނޑު އިރާދަކުރެއްވިއްޔާ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކަމުންދާ ބޮޑު އަގާއި މަހުން މަހަށް ދައްކަންޖެހޭ އަގު ކުޑަ ކޮށްދީ ރައްޔިތުންގެ އަތްފޯރާފަށަށް ކުޑަ ކޮށްދޭނަން. މިހެން މި ބުނަނީ އެކަން އެގޮތަށް ކުރެވޭނެތީ." މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ ވިނަރެސްގެ އިތުރުން ހިޔާ ސަރަހައްދުގައި ސަރުކާރުގެ ކުންފުނިތަކުން އަޅާފައިވާ ފުލެޓު ތަކުގެ އަގުވެސް އެނގިލައްވާ ކަމަށާ، އެ ފުލެޓް ތަކުންވެސް ކޮމާޝަލްރޭޓުގެ އެންމެ މަތީ އަގު ނަގަމުންދާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ގެ ސަރުކާރުން އެ މަޝްރޫއު ފެށްޓެވީ އެފަދަ ވިޔަފާރި އެއް ކުރަން ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"އެތަންތަނުގެ އަގު ކުޑަކުރެވޭނެ. އެހެންވީމާ ސަރުކާރުގެ އެކި ކުންފުނިތަކުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފުލެޓު ތަކުގެ ވެސް އިރާދަކުރެއްވިޔާ އަގު ކުޑަ ކޮށްދޭނަން." ޑރ. މުޢިއްޒު ވިދާޅުވިއެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.