ޑރ މުހައްމަދު މުއިއްޒު
ހަބަރު
14 Sep 2023 | 09:15
އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެފައެއް ނުވާނެ، ނުވެސް އަރާނަން: ޑރ މުއިއްޒު

އެއްވެސް މީހެއްގެ އެއްވެސް ހައްގަކަށް ދުވަހަކުވެސް އަރައިގަނެފައެއް ނުވާނެ ކަމަށާއި ދުވަހަކުވެސް މީހެއްގެ ހައްގަކަށް އަރައިނު ނުގަންނާނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި ރޭ މާލޭގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ވާހަކަ ހަދާ މީހުން ވާހަކަ ހަދަމުން ދާނެ ކަމަށާއި އެކަންކަމަށް އިންސާފުކުރާނީ ރައްޔިތުން ކަމުގައެވެ. 

އަޅުގަނޑު ކޮންމެ ރެޔަކުވެސް ނިދުމުގެ ޔަގީންކުރަން އަޅުގަނޑަށް ހިތްހަމަ ޖެހިލައިގެން ނިދެންވާނެޔޭ އެއްވެސް މީހެއްގެ ހައްގަކަށް އަރައިނުގަނެ 

ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން ރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ކިބައިން ފެންނާނީ ތެދުބަހުން ވާހަކަ ދައްކަވާ މަންޒަރުކަމަށާއި އަދި އެމަނިކުފާނުގެ ބަހާއި އަމަލާވެސް ދިމާވާނެކަމަށެވެ. 

މީގެ އިތުރުން އެމަނިކުފާނު ދައްކަވާ ވާހަކައެއްގެ ޒިންމާ އަމިއްލައަށް ނަންގަވާނެ ކަމުގައި ވިދާޅުވެ މުއިއްޒު ވަނީ ރައްޔިތުންގެ ކުރިމައްޗަށް އަރައި ދައްކާ ވާހަކަތައް ދައްކަނީ ވަރަށްބޮޑަށް ބަލައިފައިކަމުގައި ވިދާޅުވެފައެވެ. 

އެހެންވީމާ ކުރިއަށް މި އޮތް ދުވަސްތަކުގައި ފެންނާނީ މީކަހަލަ ކަންތައްތަކެއްކަމަށް އަޅުގަނޑުމެންނަށް މޫސުން ލަފާކުރާ އިރު ފެނޭ 

ޑރ މުހައްމަދު މުއިއްޒު 

ރޭގެ ޖަލްސާގައި މުއިއްޒު ވަނީ އެފަދަ ހުރިހާ ކަމަކަށް ރައްޔިތުން ސަމާލުވެ ތިބުމަށާއި ރައްޔިތުންނަކީ އަމިއްލަ ކަންކަން ކުރުމުގައި ގައުމީ ލޯބި އިސްކުރާ ބަޔަކަށް ވުމަށް އިލްތިމާސް ކުރައްވާފައެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިހާބުގެ ދެވަނަބުރުގައި އެކުގައި މަސައްކަތް ކުރުމަށް އެމްއެންޕީން މިހާރު ވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނާއެކު އެއްބަސްވެފައެވެ. 

އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރާ ނާކާމިޔާބުވެ ވަޑައިގެން އިތުރު އެއްވެސް ކެންޑިޑޭޓެއް ދެވަނަ ބުރުގައި މަސައްކަތް ކުރާނެ ޕާޓީއެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.