ޑރ މުހައްމަދު މުއިއްޒު
ހަބަރު
14 Sep 2023 | 09:38
ކުރެވޭ ތުހުމަތުތަކުގެ ޖަވާބު އަޅުގަނޑުގެ މާޒީން ލިބޭނެ: ޑރ މުއިއްޒު

ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް ކުރިއަށް މި އޮތް 16 ވަރަކަށް ދުވަހުގެ ތެރޭގައި އެމަނިކުފާނާއި ބެހޭގޮތުން ތަފާތު ވާހަކަތައް ފަތުރާނެކަމަށާއި އެހެން ނަމަވެސް އެމަނިކުފާނާއި ގުޅޭގޮތުން ކުރެވޭ ހުރިހާ ތުހުމަތުތަކެއްގެ ޖަވާބު އެމަނިކުފާނުގެ މާޒިން ލިބިގެންދާނެ ކަމުގައި ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރޭ މާލޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކުން ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި މި ސަރުކާރުުން ދީފައި ވަޒީފާތައް އަތުލާނެ ކަމުގެ ވާހަކަތައް ދެކެވެމުންދާތީ އެކަމާމެދު ގިނަ ބަޔަކު ސުވާލު ކުރަމުންދާކަމުގައެވެ. 

މިގޮތުން އިންތިހާބާއި ކައިރިކޮށް ސަރުކާރުން މިނެއް ނުބަލައި ވަޒީފާތައް ބަހާލަމުންދާ ދިއުމަށް އިޝާރާތްކުރައްވައި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ސިޔާސީ މަގާމެއް ފިޔަވައި އެއްވެސް މީހެއްގެ ވަޒީފާއެއް އަތު ނުލައްވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ހަމަ އެޔާއެކު ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދީފައިވާ ގޯތިތަކަށް ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި ހަދާނީ ކިހިނެތްތޯވެސް މީހުން ސުވާލު ކުރަމުން އަންނަ ކަމުގައެވެ. 

ގޭގެއަށް ދިޔައީމަ މި ސުވާލު ކުރަނީ ތިމަންނަ މެންނަށް ލިބިފައިހުރި ގޯތިތައް، އަދި ދޭނެ ކަމަށް ލިސްޓެއްގައި ޖަހާފައިހުރި ގޯތިތައް އަދި ބިމުން މައްޗަށް ނާރައިހުރި ގޯތިތައް އަދި ލިބިފައިހުރި ފްލެޓްތައް އަޅުގަނޑުމެން އައިއްސިޔާ ހަމަ ދޭނިހޭ ނުވަތަ އަތުލާނީހޭ

ޑރ މުހައްމަދު މުއިއްޒު 

މިފަދަ ސުވާލުތައް އުފެދެނީ އެކަންކަމާއި ގުޅިގެން ރައްޔިތުންގެ ތެރޭގައި ދޮގޮ ވާހަކަތައް ތަކުރާރު ކުރަމުންދާތީ ކަމުގައި ވިދާޅުވެ ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއްވެސް އަދި ލިބެން އޮތް އެއްޗެއްވެސް އަތުނުލާނެ ކަމަށެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިހާބުގެ ދެވަނަބުރުގައި އެކުގައި މަސައްކަތް ކުރުމަށް އެމްއެންޕީން މިހާރު ވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނާއެކު އެއްބަސްވެފައެވެ. 
އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރާ ނާކާމިޔާބުވެ ވަޑައިގެން އިތުރު އެއްވެސް ކެންޑިޑޭޓެއް ދެވަނަ ބުރުގައި މަސައްކަތް ކުރާނެ ޕާޓީއެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.