ޑރ ޖަމީލު ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
14 Sep 2023 | 13:43
ރައީސް ޞާލިހުގެ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސަށް ވީ ކިހިނެތް؟: ޑރ ޖަމީލު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ދައުލަތުން ވައްކަން ކުރުމަކީ ފެޝަނަކަށް ހައްދަވާފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައި ވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވައްކަމާއި ކޮރަޕްޝަނަށް ދެއްވާނީ "ޒީރޯ ޓޮލަރެންސް" ކަމަށް ރައީސް ޞާލިހު ވިދާޅުވި ނަމަވެސް އެ ޕޮލިސީ ވެރިކަމުގެ 5 އަހަރުގައި ތަންފީޒު ކުރައްވާފައި ނުވާކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

ޑރ ޖަމީލު ވިދާޅުވީ ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެން ފުރަތަމަ ވެސް ކުރެއްވި ކަމަކީ އެމަނިކުފާނުގާއި ގާތް ބޭފުޅުންނަށް ބަދަލުގެ ގޮތުގައި ދައުލަތުގެ ފައިސާ ބެއްސެވުން ކަމަށެވެ. 

ހަމަ އެއާއެއްގޮތަށް ސަރުކާރު ކުންފުނިތަކުން ހިންގާ ގިނަ މަޝްރޫއުތައް ވެސް ރައީސް ޞާލިހުގެ ގާތް މީހުންނަށް ބައްސަވާ، އެ މަޝްރޫއުތަކުގެ ތެރެއިން "ކަޓު" ގެ ގޮތުގައި ބޮޑެތި އަދަދުތަކުން ދައުލަތުގެ ފައިސާ ނަގަމުންދާކަމަށް ޑރ ޖަމީލު ތުހުމަތުކުރެއްވި އެވެ. 

ދައުލަތުގެ ވައްކަންތައް މެކުހަށް ޖަހާފައިވީ ނަމަވެސް ރައީސް ޞާލިހުގެ "ޒީރޯ ޓޮލަރެންސް" ޕޮލިސީ ތަންފީޒު ކުރައްވާތަން ފެނިވަޑައި ނުގަންނަވާ ކަމަށާއި، މި ވެރިކަމުގައި ދައުލަތުން ވައްކަން ކުރުމަކީ ފެޝަނަކަށް ހަދާފައިވާކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

"އިބޫގެ ކޮރަޕްޝަނަށް ޒީރޯ ޓޮލަންސަށް ވީ ކިހިނެތް؟ ގާތް އެތައް ބަޔަކަށް ބަދަލުގެ ނަމުގައި ބިލިއަނުން ފައިސާ ބަހާ ކަޓް ނެގުން. ގާތް ރަޙްމަތްތެރިން ފެނަކަ، އާރުޑީސީ، ސްޓެލްކޯ، އެމްޓީސީސީ ފަދަ ކުންފުނިތައް ލޫޓްވާލުން. މުޅިދައުލަތުގައި ވައްކަން ފެޝަނަކަށް ހެދުން"

ޑރ ޖަމީލު އަހުމަދު

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީން ވަކިވެ ވަޑައިގެން އެ ޕާޓީގެ މެމްބަރުން ވެސް ގެންދަވަނީ ސަރުކާރުގެ ތެރެއިން ވައްކަމާއި ކޮރްޕަޝަންގެ ބޮޑެތި ޖަރީމާތައް ހިންގަމުންދާ ކަމުގެ ގިނަ ތުހުމަތުތަކެއް ކުރައްވަމުން ނެވެ. 

ވަކިން ޚާއްސަކޮށް ކޯވިޑް ނަވާރައާއި ގުޅިގެން ދިމާވެދާނެ ނުރައްކާތެރި ހާލަތުގައި ރައްޔިތުންނަށް ފަރުވާދިނުމަށް ވެންޓިލޭޓަރުތަކެއް ގަތުމުގެ ނަމުގައި ހިންގި ބިޔަ ކޮރަޕްޝަންގެ މައްސަލަ ނުބަލާ ފައިލްކޮށްފައިވާކަން ފާހަގަކޮށް ގިނަ ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.