ދިގުރަށު ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު
15 Sep 2023 | 09:51
މުއިއްޒުގެ ވެރިކަމުގައި ދިގުރަށަށް ކޮންވެންޝަން ސެންޓަރަކާ، އިންޓަރނޭޝަނަލް ރިސަރޗް ސެންޓަރެއް!

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގެ ވެރިކަމުގައި އދ. ދިގުރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ވައުދުވެވަޑައިގެންފިއެވެ. 

އިއްޔެ އަރި އަތޮޅަށް ކުރެއްވި ކެންޕެއިން ދަތުރުފުޅުގައި ދިގުރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ ދިގުރަށަކީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ގިނަ އިންވެސްޓްމެންޓެއް ކުރަމުންދާ ރައްޔިތެއް ދިރިއުޅެމުންދާ ރަށެއް ކަމަށެވެ. އެގޮތުން ޓީޖީއެސްޓީ ގެ ގޮތުގައި މުޅި ދިވެހިރާއްޖެއިންވެސް މީހުން ދިރިއުޅޭ ރަށްތަކުން ދެވަނަ އަށް އެންމެ ގިނަ އާމްދަނީ ދައުލަތަށް ލިބެނީ ދިގުރަށުންކަން މުޢިއްޒު ފާހަގަކުރެއްވި އެވެ. 

ދިގުރަށު ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް 

އެހެން ކަމުން ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރަށުގެ ތަރައްގީއަށް އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުން ބޭނުންވާ ކަންކަން އެ އެދިލައްވާ ގޮތަކަށް ކޮށްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. އެގޮތުން ކޮށްދެއްވާނެ ބައެއް ކަންކަމަކީ؛ 

1) ރައްޔިތުން ބޭނުންވާ ގޮތަށް ދިގުރަށު މަގު ހެދުން

2) ދިގުރަށު ސުކޫލު ތަރައްގީ ކުރުން

3) ސިއްހީ ނިޒާމު ހަރުދަނާ ކުރުން

4) އެންމެ ބޮޑު މެރިން ޕްރޮޓެކްޓެޑް އޭރިއާ އޮންނަނީ އެ  ސަރަޙައްދުގައި ކަމަށްވާތީ، އޭގެ މައްޗަށް ބިނާކޮށް އިންޓަރނޭޝަނަލް ޔުނިވަރސިޓީތަކުގެ އެހީތެރިކަމާ އެކީގައި އިންޓަރނޭޝަނަލް ރިސަރޗް ސެންޓަރެއް ދިގުރަށުގައި ޤާއިމްކޮށްދިނުން. 

އެ މަރުކަޒުގެ ސަބަބުން ކައިރި ރަށްތަކަށްވެސް ފައިދާވާނެ ކަމަށާ އަދި އެ ރަށުގެ އިތުރުން ދައުލަތަށް ވަންނަ ފައިސާވެސް އިތުރުވެގެންދާނެކަން މުޢިއްޒު ފާހަގަކުރެއްވި އެވެ. 

5) އިންޓަރނޭޝަނަލް ކޮންފަރެންސްތައް ބޭއްވޭފަދަ ކޮންވެންޝަން ސެންޓަރެއް ޤާއިމްކޮށް މައިސް ޓޫރިޒަމަށް ދިގުރަށް ހުޅުވާލަދިނުން

6) ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުން ގެދޮރުވެރި ކުރުވުން. ފުލެޓް/ ރޯ ހައުސް ނުވަތަ ގޯތި ދޫކޮށްގެން

7) ގިރާ ސަރަހައްދު ހިމާޔަތް ކުރުން

8) ކުނީގެ މައްސަލަ ހައްލު ކުރުން

މުޢިއްޒު ވިދާޅުވީ ދިގުރަށުގައިވެސް އަދި އެހެންވެސް ރަށްތަކުގައި މި ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫޢުތަކެއްވެސް އެމަނިކުފާނުގެ ވެރިކަމުގައި ބާރަށް ކުރިއަށް ގެންދަވާ ނިންމަވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.