މަހިބަދޫގައި ބޭއްވުނު ކެންޕެއިން ބައްދަލުމުގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު
15 Sep 2023 | 12:18
10 އަހަރުވުމުން ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާނަން: މުއިއްޒު

މަސައްކަތުގެ ދާއިރާގައި 10 އަހަރުވުމުން ޕެންޝަން ފަންޑުން ފައިސާ ނަގައިގެން އެކި މަސައްކަތްތައް ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޕެއިނަށް އދ. މަހިބަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، ޕެންޝަން ފަންޑަކީ ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި އެ ފަންޑަށް މިހާރުވެސް 20 ބިލިއަން ރުފިޔާ ޖަމާވެފައިވާ ކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ އެއީ މަސައްކަތްކުރާ އެންމެންގެ ފައިސާ ކަމަށެވެ.

އެހެން ނަމަވެސް އެ ފައިސާއިން، އެ ފައިސާގެ ހައްގު ވެރިންނަން މާ ބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

އަޅުގަނޑުމެން 7 އިންސައްތަ ލައިގެން އަދި މަސައްކަތްކުރާ ފަރާތުން 7 އިންސައްތަލައިގެން ޖަމާކޮށްފައިވާ ފައިސާ. މިހާރު އެބަހުރި 20 ބިލިއަން ރުފިޔާ. އަހަރަކު 100 މިލިއަން ރުފިޔާގެ ޕްރޮފިޓް އަބަދުވެސް ޖަމާވަމުން އެބަދޭ. ވަަރަށް ބޮޑު ފަންޑެއް. އެހެން ނަމަވެސް އެ ފަންޑުގެ ގާނޫނު ހެދިފައި އޮންނަ ގޮތުން މާ ބޮޑު ފައިދާއެއް ނުވޭ. މިހާރު ކޮންމެވެސް ވަރަކަށް އެޕާޓްމަންޓް ގަތުމަށް ކޮންމެވެސް ވަރެއްގެ ފުރުސަތެއް އޮވޭ. އަދި ފަރުލު ހައްޖު އަދާކުރުމަށް ކޮންމެވެސް ވަރެއްގެ ފުރުސަތެއް އޮވޭ. އެހެން ނަމަވެސް 65 އަހަރު ވަންދެން. ބައެއް ފަހަރު 55 އަހަރުގައި ރިޓަޔާ ކުރާއިރު އެކަށީގެންވާވަރަށް ހުރެޖިއްޔާ އެ ލިބޭ އެއްޗެއް ލިބޭ. އެހެންވީމަ އެންމެ ބޮޑު އެހީތެރިކަމެއް ފަންޑުން ނުލިބެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ 30-40 އަހަރު މަސައްކަތް ކޮށްގެން ޕެންޝަން ފަންޑަށް ފައިސާ ޖަމާވަމުންދިޔަ ނަމަވެސް އެ ފައިސާއިން ލިބެންޖެހޭ ހިތްހަމަޖެހުމެއް ނުލިބޭ ކަމަށެވެ.

އެހެންކަމުން އެފަދަ ކަންކަމަށް ލުއި ބަދަލެއް ގެންނާނެ ގާނޫނެއް އަންނަން ޖެހޭ ކަމަށާ، އެ ފަންޑު ދަމަހައްޓައި ފަންޑަށް އިތުރު ފައިސާ ވަންނާނެ ގޮތް ހޯދަންޖެހޭ ކަން މުޢިއްޒު ފާހަގަކުރެއްވި އެވެ. އެގޮތުން، އެމަނިކުފާނުގެ ވެރިކަމެއްގައި ޕެންޝަން ފަންޑަށް އިތުރު އިންވެސްޓް މަންޓްތަކަށް ފުރުސަތު ދެއްވާނެ ކަމަށާ، ޕްރައިވެޓް ސެކްޓާގައާއި ޓޫރިޒަމް ސެކްޓާގަ އެ ފަންޑު ފުޅާކުރައްވައި، އިންވެސްޓް މަންޓް އިތުރުކޮށް ފަންޑު އިތުރަށް ބޮޑުކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

"އެހެންވީމާ ގާނޫނަށް ބަދަލު ގެނެސްގެން، އެއީ ރައްޔިތުންގެ މަޖިލީހުގެ އެހީއާއެކު ވާނެ ކަމެއް، ގާނޫނަށް ބަދަލު ގެންނަނަށް ސަރުކާރުން ހުށަހަޅާނަން. ގާނޫނަށް ބަދަލު ގެނެސްގެން މި ފަންޑުން ގެދޮރު ބިނާކުރުމަށްޓަކާ ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމާއި ދަރިން ކިޔަވަން ބޭރަށް ފޮނުވަން ބޭނުންވާ މީހުންނަށް އެގޮތަށް އޭގެން ފައިދާ ކުރާނެ ގޮތަށް ހުށަހަޅާނަން. އަދި އަމިއްލަ ވިޔަފާރިއެއް ފެށުމަށްޓަކައި އިންވެސްޓްމެންޓެއްގެ ގޮތުގައި އެ މީހާ ޖަމާކުރި ފައިސާއިން ކޮންމެ ވެސް ވަރެއްގެ އަދަދެއް ނެގުމުގެ ފުރުސަތު ދިނުމަށް ހުށަހަޅާނަން." 

ޑރ. މުހައްމަދު މުޢިއްޒު 

މުއިއްޒު ވިދާޅުވީ، ޕެންޝަން ފަންޑުގެ ފައިސާ ނެގެން ވާނީވެސް 30-40 އަހަރު ވުމުން ނޫން، ކަމަށާ، 10 އަހަރު ވުމުން، އޭގައި ހުންނަ ނިސްބަތަކުން ނެގެން ޖެހޭނެ ކަަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރެއްގައި މަދުވެގެން 10 އަހަރުވުމުން ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެކަން ގޮތަށް ވެގެން ދިއުމުން އެ ފައިސާގެ ފައިދާ، ތަންކޮޅެއް އަވަހަށް ރައްޔިތުންނަށް ކުރާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ޙުސައިން
ރަނގަޅު ނިންމެވުމެއް
15 Sep 2023
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.