މަހިބަދޫގައި ބޭއްވި ކެންޕެއިން ބައްދަލުވުމުގައި މުޢިއްޒު ވާހަކަދައްކަވަނީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
15 Sep 2023 | 13:51
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ޚާއްސަ އެލަވަންސްއެއް ތަޢާރަފްކުރާނަން: ޑރ. މުޢިއްޒު

ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ގެ ވެރިކަމެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ޚާއްސަ އެލަވަންސްއެއް ތަޢާރަފްކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. 

ރޭ އދ. މަހިބަދޫގައި ބޭއްވި ކެންޕެއިން ބައްދަލުވުމައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން ގާއިމް ކުރަން ބޭނުންވާ ސަރުކާރަކީ އޯގާތެރި ސަރުކާރެއް ކަމަށެވެ. އަދި އެ ސަރުކާރުގެ ތެރެއިން، މުޖުތަމައުގައި މާ ބޮޑު ސަމާލުކަމެއް ނުދެވި ތިބޭ މީހުންނަށްވެސް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވި އެވެ. 

އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭ ޢާއިލާ ތަކުގެ އަދަދު ގާތްގަނޑަކަށް 4000 އަށް އަރާކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ، ސިއްހީ ނިޒާމްގެ ތެރެއިން އެފަދަ މީހުންނަށާއި ކުދިންނަށް ދޭން ޖެހޭ ފަރުވާތައް ދިނުމަށް ހޭދަވާ ޚަރަދުތައް ވަރަށް ބޮޑުކަން މުޢިއްޒު ފާހަގަކުރެއްވި އެވެ. 

"ކޮންމެ ތެރަޕީއަކަށް، ގާތްގަނޑަކަށް، 500-600 ރުފިޔާ. މަހަކު 18,000 ވަރަކަށް ފައިސާ ޚަރަދުކުރާންޖެހޭ ކޭސްތައް ވެސް އެބަހުރި. ދެން އޯޓީ/އޮޕަރޭޝަން ތިއޭޓަރ އަށްވެސް މަހަކު 4000 ރުފިޔާ ހޭދަކުރަންޖެހޭ. އެވްރެޖްކޮށް ސިވިލްސާވަންޓެއްގެ މުސާރައިގެ ބޮޑުބައި ހުސްވާނެ އެ ހިސާބުން." 

ޑރ. މުހައްމަދު މުޢިއްޒު 

މުޢިއްޒު ވިދާޅުވީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސް ދިން ނަމަވެސް، އެ އެލަވަންސް އިން ހަގީގަތުގައި އެ ފަރާތްތަކަށް ނުފުދޭ ކަމަށާ، އެންމެންނަށް ހަމަހަމަ އުސޫލެއްގެ ގޮތުން ގާއިމް ކުރާ އޯގާތެރި ސަރުކާރެއްގައި އެހެން އެކަން އޮވެގެން ނުވާނެ ކަމަށެވެ. 

އެހެންވީމާ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ, މިފަދަ ޢާއިލާތަކަށް، އިރާދަކުރެއްވިޔާ މި ކުރަންޖެހޭ ޚަރަދަށް ލުއެއް ގެނެސްދިނުމަށްޓަކައި، ޚާއްސަ އެލަވަންސް އެއް އަޅުގަނޑުމެން ތަޢާރަފް ކުރާނަން. އޭގެން އިރާދަކުރެއްވިޔާ އެ ލިބޭ މުސާރައިން، ކަންބޮޑުވެގެން، އެ ޚަރަދުތައް ނުކުރެވިގެން، ދެކޮޅު ނުޖެއްސި، އެހެން މަސައްކަތެއް ކުރަންޖެހިގެން އެ ފިކުރުގައި އުޅޭކަށް އިރާދަކުރެއްވިޔާ ނުޖެހޭނެ. އެވަރު ނުވާ ވަރުގެ އެލަވަންސް އެއް އިރާދަކުރެއްވިޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން. 

ޑރ. މުހައްމަދު މުޢިއްޒު 

މީގެ އިތުރުން، ބަލި ޖެހުމުގެ ކުރިން އެބަލިން ރައްކާތެރި ވުމަށް ކުރަންޖެހޭ ކަންކަން ވެސް ކޮށްށ އެކަމަށްވެސް ޚާއްސަ ބަޖެޓެއް ކަނޑައަޅައި ބަލިޖެހޭ މިންވަރު މަދު ކުރެއްވުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެެވެ. 

ހަމައެހެންމެ، ހުރިހާ ވައްތަރެއްގެ ޑައިބެޓިކް ބައްޔަށް ވެސް ފަރުވާ ދެވޭނެ ފުރިހަމަ އިންތިޒާމެއް އެމަނިކުފާނުގެ ވެރިކަމެއްގައި ގާއިމް ކޮށްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

"ހަކުރު ބައްޔަށް ބަލާއިރު ސަރުކާރުގެ ހޮސްޕިޓަލްތަކުގައި އެކަޝީގެންވާ ވަރަށް ނުހުރެ ބޭނުންވާ ވަސީލަތްތަކެއް ލިބޭކަށް އަޅުގަނޑާއި ވަރަށް ގިނައިން ބައްދަލުކުރަން އާދޭ މިފަދަ އާއިލާތަކުން. މާލެ ހިމެނޭހެން ހޮސްޕިޓަލްތަކުގައި އަބަދު ނުހުރު ބޭނުންވާ އާލަތްތަކެއް. އެހެންވީމަ ވަރަށް ބޮޑު ތަކްލީފެއް އުފުލަން ޖެހެނީ. އަޅުގަނޑުމެންގެ ހެލްތް ކެއާ ސާވިސްގައި އިރާދަކުރެއްވިއްޔާ ހަކުރު ބަލީގެ ހުރިހާ ޓައިޕެއްގެ ހުރިހާ ބަލިތަކަށް، ބަލިމީހުންނަށް އެކަށީގެންވާވަރުގެ އާލަތްތައް ހުންނާނެ ކަމުގެ ޔަގީންކަން ހުންނާނެ ނިޒާމެއް ޔަގީންކޮށްދޭނަން." މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.