ޕީޕީއެމް ރެލީގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
16 Sep 2023 | 07:03
އަދުރޭގެ ހިސާބު: ޑރ މުއިއްޒު އިންތިޚާބު ކާމިޔާބު ކުރައްވާނީ 60% ވޯޓު ހޯއްދަވައިގެން!

މި އަހަރުގެ ރިޔާސީ އިންތިޚާބު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ 60% ވޯޓު ހޯއްދަވައިގެން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ މަހިބަދޫގައި ބޭއްވި ޑރ މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ބަދަލުކުރަން ޖެހޭ ގިނަ ސަބަބުތަކަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން އެންމެ ފުރަތަމަ ވެސް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޞާލިހުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާގޮތަށް ކަންތައްތައް ކުރަމުންދާ ކަމަށެވެ. ރައީސް ޞާލިހު މިއަދު ވެރިކަން ކުރައްވަމުން ދަނީ އަވައްޓެރި އިންޑިއާއިން އަންގާ ގޮތަށް ކަމަށާއި، އެކަމުގެ ސަބަބުން ދިވެހީންގެ ގައުމު ހިންގުމުގެ ފުރިހަމަ ބާރު ދިވެހީންގެ އަތުން ގެއްލިފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އޭގެ އިތުރުން ރައީސް ޞާލިހު ވައްކަމާއި ކޮރަޕްޝަނަށް ދެއްވާނެކަމަށް ވިދާޅުވި "ޒީރޯ ޓޮލަރެންސް" ޕޮލިސީ ތަންފީޒުކުރެއްވުމަށް ފެއިލްވެވަޑައިގަތުމާއި، ސަރުކާރުގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ބެލިފައި ނުވާއިރު، އިންޑިއާއިން ރިކޯޑު އަދަދަކަށް ލޯނު ނަގައި، ރައްޔިތުން ހަގީގީ ދަރަނި ދަންތުރައިގައި ޖައްސާފައި އޮތުމަކީ ވެސް މި ވެރިކަން ނިންމަން ޖެހޭ ސަބަބުތަކުގެ ގޮތުގައި އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. 

އަބްދުއްރަހީމް މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް

އޭގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތް ބެލުމުގެ ނަމުގައި ރައީސް ޔާމިނުގެ މައްސަލަތައް ފުލުފުލުގައި ބަލަމުންދާއިރު، އެ ޚިޔާނާތުގައި ބައިވެރިވި މީހުންކަމަށް ސަރުކާރުން ނެގޭ ލިސްޓުތަކުގައި ވެސް އުނި އިތުރުތައް ގެނެސްފައި ވުމާއި، ރައީސް ޞާލިހުގެ ގާތް މީހުންނަށް ތަފާތުކުރުމާއި، އަދުލުގެ ނިޒާމު ގެއްލުވާލުން ފަދަ އެތައް ކަމެއްގެ ސަބަބުން ދިވެހީންގެ ނާމާން ހަލަބޮލި ތަނަކަށް ބަދަލުވެފައި އޮތުމަކީވެސް މި ވެރިކަން ބަދަލުކުރަން ޖެހޭ ސަބަބެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެއާއެކު އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފައިވާކަން ނަތީޖާއިން ދައްކާދީފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 30 ސެޕްޓެމްބަރުގައި ބާއްވާއިރު، އެ ދުވަހު ރައްޔިތުން ލާ ވޯޓުން ތަފާތު ބޮޑުކޮށް މި ސަރުކާރު ބަލިކުރާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވަނީ އޭނާއަށް އަންދާޒާކުރެވޭ ނަތީޖާ ވެސް އެ ޖަލްސާގެ ތެރެއިން އިއުލާނުކުރައްވާފަ އެވެ. 

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ބޭއްވި ރެލީގެ ތެރެއިން

"އަދަދެއް ދަންނަވާލާނަން. މި އިންތިޚާބު އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އަޅުގަނޑުމެން ކާމިޔާބު ކުރާނީ 60% ހޯދައިގެން"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މައްޗަށް ޑރ މުހައްމަދު މުއިއްޒު ކުރި ހޯއްދެވީ، އެއްބުރުން އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށާއި، އެންމެ ދަށް ވެގެން 57% ވޯޓު އެ ބުރުގައި ހޯއްދަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައި ވަނިކޮށެވެ. 

އެހެން ނަމަވެސް ރައީސް ޞާލިހަށް އެ ނަތީޖާ ނުނެރެވޭނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް ޞާލިހަށް 40% ނުހޮއްދެވޭނެކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ބުރުގައި ރައީސް ޞާލިހަށް ލިބިވަޑައިގަތީ 39% އެވެ. އަދި ޑރ މުއިއްޒަށް ލިބިވަޑައިގަތީ 46% އެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނު ފޯރިއާއި އެކު ކުރިއަށްދާއިރު، ދިވެހީންގެ ރާއްޖެ ހޯދުމަށް ބިރު ފަހަނައަޅާ ދިވެހީން ނިކުމެ ޑރ މުއިއްޒު އިންތިޚާބު ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ. އަދި މިއީ ގައުމީ ފިކުރު އިސްކޮށް ވޯޓުދެއްވާ އިންތިޚާބަކަށް ހެއްދެވުމަށް ވެސް އަބްދުއްރަހީމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.