ޑރ މުއިއްޒު މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
16 Sep 2023 | 07:00
ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން މަންހަޖުގައި ހިމަނާނަން: ޑރ މުއިއްޒު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި "ޤައުމިއްޔަތަކީ" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ޤައުމީ މަންހަޖުގައި ހިމަނުއްވާނެކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އާޓިފިޝަލް ބީޗުގައި ބޭއްވި "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން މުއިއްޒު ވިދާޅުވީ ސުކޫލުތަކުގައި ކިޔަވައިދޭ އިސްލާމް މާއްދާ އިނގިރޭސިބަހުން ކިޔަވާ ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

އެގޮތުން ގައުމިއްޔަތުގެ އެންމެ މުހިންމު ބަހާ އަކީ ބަސް ކަމަށް ވެފައި، ދިވެހިރާއްޖެ އަކީ އަމިއްލަ ވަންތަ ބަހެއް އޮންނަ ގައުމަކަށް ވުމުން، އެ ބަސް ދޫކޮށް އިނގިރޭސިބަހުން ދަރުވަރުންނަށް އިސްލާމް ކިޔަވައިދިނުމަށް ނިންމި ނިންމުމަކީ ޤައުމިއްޔަތާއި ދުރަށް ދަރިވަރުންގެ ވިސްނުން ގެންދިއުމަށް ކުރެވޭ ކަމެއްކަމަށް ޑރ މުއިއްޒު ސިފަކުރެއްވި އެވެ. 

އެވާހަކައާއި ގުޅުވާ ޑރ މުއިއްޒު ވިދާޅުވީ އިސްލާމް މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމަކީ އެއްވެސް ބެލެނިވެރިއަކު ބޭނުންފުޅުވާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެކަން ބަދަލުކޮށް، ޤައުމިއްޔަތާއި ދިވެހި ބަހަށް ޚާއްސަ އިސްކަމެއް ދީ، ބަސް ކުރިއެރުވުމަށް މުހިންމު ކަންތައްތަކެއް ކުރައްވަން ގައްދުކުރައްވާ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ޤައުމިއްޔަތަކީ ވަކި މާއްދާއެއްގެ ގޮތުގައި ކަނޑައަޅާ ދަރިވަރުންނަށް ދިވެހި ޤައުމިއްޔަތާއި ގުޅުންހުރި މުހިންމު ކަންކަން ކިޔަވައިދިނުމަށް ގައުމީ މަންހަޖުގައި ހިމަނުއްވާނެ ކަމަށެވެ. އަދި ސުކޫލު ދަރިވަރުންނަށް ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ދިފާއުގައި ގުރުބާންވި އަބްތާލުންގެ ވާހަކަތަކާއި، ދިވެހި ތާރީޚާއި ގައުމިއްޔަތާއި ގުޅުންހުރި ކަންކަން ތައުލީމީ މަންހަޖުގެ ތެރެއިން ކިޔަވައިދީ އޮޅުންފިލުވައިދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ޑރ މުއިއްޒު ވިދާޅުވީ ސުކޫލު ދަރިވަރުންނަށް، ބޮޑުވަމުން އަންނަ ޒުވާނުންނަށް ޤައުމިއްޔަތާއި ގުޅުންހުރި މުހިންމު ވާހަކަތައް ބުނެދީ ދަސްކޮށްދިނުމަކީ ދިވެހިރާއްޖޭގެ އަމިއްލަވަންތަކަން ނެގެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ ދިވެހީންގެ ރާއްޖެ، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރި ކަމާއެކު ފޯރުކޮށްދިނުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ