ޑރ މުހައްމަދު މުއިއްޒު
ހަބަރު
16 Sep 2023 | 11:11
އެއްވެސް ސަބަބަކާ ހުރެ މި ގައުމުގައި ބޭރުގެ ސިފައިން ތިބެގެން ނުވާނެ: ޑރ މުއިއްޒު

އެއްވެސް ސަބަބަކާ ހުރެ އެއްވެސް ކަމެއްގައި ދިވެހިރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ތިބެގެން ނުވާނެ ކަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރޭ އާޓީފިޝަލް ބީޗުގައި އެ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ މީގެ 460 ކުރިން މި ގައުމުގެ މިނިވަންކަން ގެއްލުނު ދުވަސްވަރަށްވުރެ ބޮޑަށް މިއަދު މިވަނީ މި ގައުމުގެ މިނިވަންކަމުގެ ވާހަކަ ދައްކަން ޖެހިފައިކަމަށް ވިދާޅުވެފައެވެ. 

އެޒަމާނުގައި ދިވެހިންގެ މިނިވަންކަން ގެއްލުވާލުމަށް މަސައްކަތް ކޮށްފައިވަނީ ކަނޑި ބަޑި ބޭނުންކޮށްގެން ނަމަވެސް މިހާރު ފެންނަމުން މިދަނީ މުޅިން އެހެން ޒާތަކަށް ދިވެހިންގެ މިނިވަންކަން ޖަހައިގަނެގެން ދިއުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމުގައި ވިދާޅުވެ ރޭގެ ޖަލްސާގައި މުއިއްޒު ވަނީ،  ވުރެ މާ ބޮޑަށް ދިވެހިން މިނިވަންކަމާއިމެދު ލޯ ހުޅުވަން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ. 

އަދި މީގެ އިތުރުންވެސް ރޭގެ ޖަލްސާގައި މުއިއްޒު ވަނީ، މިގައުމުގައި އެހެން ގައުމެއްގެ ސިފައިން ތިބި ވާހަކަ ދެއްކުމުން މި ސަރުކާރުން އެކި ދުވަހު އެކި ވާހަކަ ދައްކާކަމަށް ވިދާޅުވެފައެވެ. 

އެކި ދުވަހު އެކި ވާހަކަ، އެއްބައިފަހަރު ދަންނަވާނެ ނެތޭ، އަނެއް ބައި ފަހަރު އެބަ ތިއްބޭ، ތިބީ ހަތިޔާރު ހިފައިގެންނެއް ނޫނޭ، އަނެއް ދުވަހު ނޫނޭ، ހަތިޔާރެއްވެސް ނެތޭ ކުލަ ހެދުމުގައޭ ތިބީ، ތިބީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭށޭ، އަނެއް ދުވަހކު ދަންނަވާނެ ނޫނެކޭ ބަދިގޭގަ ކައްކަންށޭ ތިބީ

ޑރ މުހައްމަދު މުއިއްޒު 

އެހެންކަމުން ކޮންމެ ސަބަބަކާހުރެ ވިޔަސް މިގައުމުގައި ބޭރުގެ ސިފައިންނަން ތިބެވިގެން ނުވާނެ ކަމުގައި ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ކޮންމެ ގޮތަކަށް ވިޔަސް މިތާ ތިބެވިގެން ނުވާނެ ނޫންތޯ އެހެން ގައުމެއްގެ ސިފައިންނަށް

ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން މުއިއްޒު ވަނީ ޕީޕީއެމް ޕީއެންސީން ވެރިކަމަށް އަންނަނީ މީގެ 460 އަހަރު ކުރިން ބޮޑުތަކުރުފާނު ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދިންގޮތަށް ދިވެހީންގެ ރާއްޖެ ދިވެހިންނަށް ހޯދައިދޭންކަމަށްވެސް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.