ޑރ މުހައްމަދު މުއިއްޒު
ހަބަރު
16 Sep 2023 | 12:33
އަސާސީ ކަންކަމަކީ ވައުދުގެ ގޮތުގައި ކޮށްދެންޖެހޭ ކަންކަމެއް ނޫން: ޑރ މުއިއްޒު

ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމްކޮށްދިނުމަކީ ހަގީގަތުގައި ރިޔާސީ ވައުދުގެ ގޮތުގައި ކޮށްދެންޖެހޭ ކަންކަމެއް ނޫން ކަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި މިއަދު ހއ، ހދ އަދި ށ އަތޮޅަށް މިއަދު ފެށި ކެމްޕެއިން ދަތުރުގައި ހއ މުރައިދުއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޑރ މުއިއްޒު ވިދާޅުވީ، ރަށްރަށުގެ ސިއްހީ ނިޒާމާއި ކުނި މެނޭޖް ކުރުމާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކޮށްދިނުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކަމަށާއި އެކަންކަން ކޮށްދިނުމަކީ ސަރުކާރުން ކޮންމެހެން ކޮށްދެންޖެހޭ ކަންކަން ކަމަށެވެ. 

އެހެންނަމަވެސް މިއަދު ފެންނަ މަންޒަރަކީ އެފަދަ ކަންކަމަކީ ރިޔާސީ ވައުދުގެ ތެރެއިން ކޮށްދެންޖެހޭ ކަންކަމަށް ވެފައިވުން ކަމަށާއި އެހެން ދިމާވަނީ މިހާރުގެ ސަރުކާރަށް ރަށްރަށަށް ބޭނުންވާ އެފަދަ ޚިދުމަތްތައް ގާއިމްކޮށްދެވިފައި ނުވުމުން ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

މިހެން ވާން މި ޖެހެނީ މިކަންކަމުގައި މިހާރުގެ ސަރުކާރުގެ އިހުމާލު ބޮޑުވީމަ 

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒުގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި މުރައިދޫއަށް ކޮށްދެއްވާނެ ގިނަ ކަންކަމެއްގެ ވައުދުތަކެއް ވެ ވަޑައިގެންފައެވެ. 

އޭގެ ތެރޭގައި: 

- ޒަމާނީ ފެންވަރުގެ ސިއްހީ މަރުކަޒަކަށް މުރައިދޫ ސިއްހީ މަރުކަޒު ހެދުން 

- އަސާސީ ޓެސްޓްތައް ކުރެވޭނެ ލެބޯޓަރީއެއް ގާއިމްކުރުން 

- ސްކޫލަށް އިތުރުކުރެވިފައިވާ ބަޔާއި މައި ސްކޫލާއި ގުޅުވާލައި ސްކޫލުގެ ޖާގަ އިތުރުކުރުން 

- އޭޓީއެމް އެއް ގާއިމްކުރުން 

- އިންޑޯ ފެސިލިޓީސް ހިމެނޭގޮތަށް ޒުވާނުންގެ މަރުކަޒެއް ގާއިމްކުރުން 

- ކުނި މެނޭޖުކުރުމުގެ މައްސަލަތައް ހައްލުކުރުން 

- ރަށުގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިއަދު ހއ ހދ އަދި ށ އަތޮޅަށް ޑރ މުއިއްޒުއާއި ކެމްޕެއިން ޓީމުން ފެއްޓެވި ދަތުރުގައި މުރައިދޫއިން ވިއްސާރައިގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ނިކުމެ ވަނީ މުއިއްޒުއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.