ިޝިޔާމް މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
16 Sep 2023 | 16:18
ޝިޔާމު ވިދާޅުވެދެއްވީ މަޝްރޫއުތައް ނުނިމި ދެގުނައަށް އަގު ބޮޑުވާ ސަބަބު!

މި ސަރުކާރުން އެކި ކަންކޮޅުތަކުގައި ފަށާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް 5 އަހަރުތެރޭ ނުނިންމި، އެ މަޝްރޫއުތަކުގެ އަގުތައް އެތައް ގުނައެއް އުފުލިގެން ދިޔަ ސަބަބު ޕީޕީއެމް ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ތިލަ އިބާރާތުން ހާމަކޮށްދެއްވައިފި އެވެ. 

އާޓިފިޝަލް ބީޗުގައި އޮތް "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ބެއްލެވުމެއް ނެތި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ސަރުކާރުން ގިނަ ޕްރޮޖެކްޓުތަކެއް ހިންގަމުންދާކަމަށް ބުނި ނަމަވެސް، އެ މަސައްކަތްތައް ހުރީ ނުނިމި ކަމަށެވެ. 5 އަހަރު ވެގެން ދިޔައިރު ހަގީގަތުގައި ރަށްރަށުގައި ފަށާފައި ހުރި މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނިންމިފައި ނުވާކަމަށާއި، އެކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުންދާކަމަށް ޝިޔާމު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ފެނާއި ނަރުދަމާ އެޅުމުގެ ނަމުގައި ރަށްރަށުގައި ހިންގާ މަޝްރޫއުތައް ސަރުކާރުން ގިނައިން ދީފައި ހުރީ ސަރުކާރުގެ ވެރިންގެ ގާތް މީހުންނަށް ކަމަށެވެ. އަދި މަޝްރޫއުތައް ދީ އެޑްވާންސްއަށް ފައިސާ ވެސް ދިނުމަށް ފަހު، ދުވަސްކޮޅަކުން އެމީހުން އަތުން އެ މަޝްރޫއު އަތުލާ، ހަމަ ސަރުކާރުގެ ގާތް މީހުންނަށް ދީ އެމީހުންނަށް އެޑްވާންސްގެ ގޮތުގައި ފައިސާދެމުންދާކަން ހާމަވެފައިވާ ކަމަށެވެ. 

5 އަހަރުވެގެންދާއިރު، ރަށްރަށުގައި ފަށާފައިވާ އާދައިގެ ކުދި ކުދި މަޝްރޫއުތައް ނުނިންމި ދިގުލައިގެން ގޮސް، މަޝްރޫއުތަކަށް ކަނޑައަޅާފައިވާ އަގުތައް ދެގުނަ، ތިން ގުނަ އަގުބޮޑުވެގެން ދަނީ އެ ސަބަބާއި ހުރެކަމަށް ޝިޔާމު ވިދާޅުވި އެވެ. އަދި ޕްރޮޖެކްޓުތައް ހިންގުމުގެ ނަމުގައި ހަގީގަތުގައި ސަރުކާރުން ކުރި ކަމަކީ ދައުލަތުގެ ފައިސާ ގާތް މީހުންނަށް ބެހުންކަމަށް ޝިޔާމު ވިދާޅުވި އެވެ. 

ޝިޔާމު މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަދައްކަވަނީ

"ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ މި ސަރުކާރުން ކުރީ ވައްކަން"

"މިސާލަކަށް ފެނާއި ނަރުދަމާ، އެރަށުގައި 11 މިލިއަނަށް އެޅޭކަމަށް ވަންޏާ ރައްޓެއްސަކަށް ދެނީ. ދީފައި އެޑްވާންސަށް ޕޭމަންޓު ދެނީ، 6 މަސްވެ އަހަރު ވީމަ އެރަށުގެ ރައްޔިތުން އަޑުގަދަކުރަން ފެށީފަ އަނެއްކާ އަނެއް ރައްޓެހިމީހާއަށް ހަމަ އެ ޕްރޮޖެކްޓު ދެނީ. އަނެއްކާ އެޑްވާންސަށް ޕޭމަންޓު ދެނީ، މި ގޮތަށް 6 ޕާޓީ 8 ޕާޓީއަށް އެއް ޕްރޮޖެކްޓު ދީ ނުނިމޭއިރުގައި މި އޮންނަނީ 22 މިލިއަން ޚަރަދުވެފައި"

ޕީޕިއެމްގެ ނައިބު ރައީސް ޝިޔާމު

ޝިޔާމު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވީ އާދައިގެ ކުދި ކުދި ވައުދުތައްވެސް އޮތީ ފުއްދާނުދެވި ކަމަށެވެ. އަދި އަމުދުން 5 އަހަރުވެގެން ދިޔައިރު ހިންގި އެއްވެސް މެގަ ޕްރޮޖެކްޓެއްގެ ވާހަކަ ވެސް ސަރުކާރަށް ދެއްކެން ނެތްކަމަށް ޝިޔާމު ވިދާޅުވި އެވެ. 

އެހެންކަމުން ދެވަނަ ދައުރެއް ހޯއްދެވުމަށް އަދި ނިކުމެ ވަޑައިގެން ހުންނެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ރައްޔިތުން އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށާއި، މިވެރިކަން މިހާރު އޮތީ ނިމިފައި ކަމަށް ޝިޔާމު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވަނީ ދިވެހީންނަށް ބާރު ސްޕީޑުގައި ލިބެމުންދިޔަ ތަރައްގީ އަނބުރާ ހޯދުމަށް، ތަފާތު ބޮޑު ނަތީޖާއަކުން ރިޔާސީ އިންތިޚާބު ޑރ މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް ރައްޔިތުން މަސައްކަތްކޮށްދިނުމަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.