ޑރ މުއިއްޒު ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 Sep 2023 | 10:38
ރީ-ރެޖިސްޓްރޭޝަން ކުރިއަށްދާގޮތް ގާތުން ބައްލަވާދިނުމަށް ޑރ މުއިއްޒު ގޮވާލައްވައިފި!

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަން ޕްރޮސެސްއާއި މެދު ފާރަވެރިވެ، އެކަން ކުރަމުންދާގޮތް ސިޔާސީ ޕާޓީތަކުންނާއި، ރިޔާސީ އިންތިޚާބުގެ މޮނިޓަރުންނާއި، އޮބްޒާވަރުން ގާތުން ބައްލަވާދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން ވަނީ ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލިފަހުން މިހާތަނަށް 25000 މީހުން ރީ-ރެޖިސްޓާ ކުރަން ހުށަހަޅާފައިވާކަން ހާމަކުރައްވާފަ އެވެ. 

އެކަމާއި ގުޅިގެން ޑރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ދެ ދުވަސްތެރޭގައި 25000 މީހުން ރީ-ރެޖިސްޓްރީކޮށްފާނެ ކަމާއިމެދު ސުވާލު އުފެދޭކަމަށެވެ. 

އެހެންކަމުން މި ކަމަކީ ގާތުން ބަލަންޖެހޭ ކަމެއް ކަމަށާއި، ރީ-ރެޖިސްޓްރޭޝަން ޕްރޮސެސްއާއި މެދު ރަނގަޅަށް ފާރަވެރިވުމަށް ޑރ މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.

އަދި އެމަނިކުފާނު ވަނީ ރިޔާސީ އިންތިޚާބުގެ ކަންކަން ބަލަމުންދާ އޮބްޒާވަރުންނާއި، މޮނިޓަރުންގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް އެ ކަންކަން ގާތުން ބަލާ، މި ރިޔާސީ އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަން ޕްރޮސެސް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ސުވާލު އުފެދޭކަމަށް ޑރ މުއިއްޒު ވިދާޅުވެފައިވާއިރު، ރައީސް އޮފީހުގައި ޑެސްކު ބަހައްޓައިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ޔަގީނުންވެސް ވޯޓުލާނެ ހީވާ މީހުންގެ ތެރެއިން 8000 އަށް ވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓާކޮށްފައިވާ ތަން ނޫން އެހެން ތަންތަނަށް ރީ-ރަޖިސްޓާކޮށް، ވޯޓުލުމުގެ ފުރުސަތު ގެއްލުވާލުމަށް ރާވަމުންދާކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

"ރައީސް އޮފީހުގައި ކުޑަ ޑެސްކެއް ބަހައްޓައިގެން ވައްކަމެއް ކުރަން އެބަ ރާވާ. މި ވައްކަން ކުރަން އެމީހުން ގަސްތުކުރާ ގޮތަކީ. 8 ވަރަކަށް ހާސް ޕީޕީއެމްގެ މީހުން، ޑރ މުއިއްޒަށް ވޯޓު ދެއްވާނެ ކަމަށް ކަށަވަރުވާ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރީ ރެޖިސްޓާ ކުރަމުން ދަނީ. އެއީ އެމީހުން ކުރާ ކަމަކީ"

ޕީއެންސީގެ ރައީސް މުހައްމަދު ސައީދު

ރިޔާސީ އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރާކަމުގެ ސީރިއެސް ތުހުމަތުތަކެއް އިދިކޮޅުން ކުރަމުންދާއިރު، އިދިކޮޅުން ވަނީ ރީ-ރެޖިސްޓްރޭޝަން ޕްރޮސެސްއާއި ދޭތެރޭގައި ރައްޔިތުން ވަރަށް ބޮޑަށް ފާރަވެރިވުމަށް ގޮވާލައްވާފަ އެވެ.

އެގޮތުން ރީ-ރެޖިސްޓާވެފައިވާތަން ބަލައި، ޔަގީންކޮށްގެން ތިއްބެވުމަށް، އަދި އެ ޕްރޮސެސްގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަވާނަމަ، އެކަންކަން ބައްލަވާ ކުރީބައިގައި އިސްލާހުކުރުމަށް އިދިކޮޅުން ވަނީ ޑރ މުއިއްޒަށް ވޯޓުލާން ނިންމައިގެން ތިއްބެވި ހުރިހާ ފަރާތްތަކުގެ ކިބައިން އެދިލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ