އިދިކޮޅުން މީގެ ކުރިން އީސީ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ހަބަރު
17 Sep 2023 | 14:05
ރީ ރެޖިސްޓްރޭޝަންގެ ކަންބޮޑުވުންތަކާއެކު އިދިކޮޅުން އިލެކްޝަންސް ކޮމިޝަނަށް!

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ ރެޖިސްޓަރ ވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމާއި، އިންތިޚާބާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން އިދިކޮޅު ލީޑަރޝިޕް އިލެކްޝަންސް ކޮމިޝަނަށް ދިޔުމަށް ނިންމައިފި އެވެ. 

އިދިކޮޅުން އިލެކްޝަންސް ކޮމިޝަނަށް ދާން ހަމަޖެހިފައިވަނީ މިއަދު މެންދުރު 2:00 ގައި އިލެކްޝަންސް ކޮމިޝަންގެ މައި އޮފީހުގައެވެ. މި ބައްދަވުމާއި ގުޅޭ އިތުރު ތަފްސީލް ބައްދަލުވުމަށްފަހު ހިއްސާކުރައްވާނެ ކަމަށް އިދިކޮޅުުން ބުނެއެވެ. 

ރީ ރެޖިސްޓްރޭޝަން މައްސަލާގައި އިދިކޮޅުުން އީސީ އާއި ބައްދަލުކުރާއިރު، ރީ-ރަޖިސްޓްރޭޝަން އަށް ހުޅުވާލުމާއެކު، މިހާތަނަށް 25000 މީހުން ރީ-ރަޖިސްޓާކުރުމަށް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

އެހެން ނަމަވެސް، އެއީ ފޯމުތަކުގެ ޞައްހަކަމާއި މެދު ސުވާލު އުފެދޭކަމަށާއި، ރީ-ރެޖިސްޓްރޭޝަން ކުރިއަށްދާ ގޮތް ފާރަވެރިކަމާއެކު ބެއްލެވުމަށް އިދިކޮޅުން ވަނީ ރިޔާސީ އިންތިޚާބުގެ ކަންކަން ބައްލަވަމުން ގެންދަވާ އޮބްޒާވަރުންނާއި މަންދޫބުންނާއި އަދި ސިޔާސީ ޕާޓީތަކަށް ވެސް ގޮވާލައްވާފަ އެވެ. 

އެ ކަންބޮޑުވުންތަކާއެކު އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ރިޔާސީ އިންތިޚާބު އިބްރާހިމް މުޙައްމަދު ޞާލިހަށް ކާމިޔާބު ނުކުރެވޭނެކަން ސަރުކާރު ހިންގާ މައި ޕާޓީއަށާއި، ރައީސް ޞާލިހަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. 

އެހެންކަމުން، ވާދަކޮށްގެން އިންތިޚާބުގެ ދެވަނަ ބުރުން ރައީސް ޞާލިހަށް ޑރ މުއިއްޒު ބަލިނުކުރެވޭނެކަން ރަނގަޅަށް އެނގިވަޑައިގަންނަވާތީ، މިހާރު މަސައްކަތްޕުޅު ކުރައްވަނީ ރިޔާސީ އިންތިޚާބު ވަގަށް ވަގައިގެން ސަރުކާރުގައި ދެމި ހުރުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"މި ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނީމަ ދެން މިހާރު މި ދިމާކުރަނީ ގަދަކަމުން މި އިންތިޚާބު ވަގަށް ނަގަން. އެ ފުރުސަތު ރައްޔިތުން ދީގެން ނުވާނެ" އަދުރޭ ވިދާޅުވިއެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.