އިދިކޮޅުން ދިން ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
17 Sep 2023 | 16:31
މުއައްސަސާތަކަށް އިތުބާރުކޮށްގެން މަޑަކުން ނުތިބޭނަން، ވޯޓު އޮޅުވާލިޔަކަ ނުދޭނަން: އިދިކޮޅު

ވޯޓު އޮޅުވާލަން މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ މުއައްސަސާތަކަށް އިތުބާރުކޮށްގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މަޑުން އޮވެދާނެކަމަށް ދެކިގެން ނުވާނެކަމަށް އެ ކޯލިޝަނުން ބުނެފި އެވެ. 

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވުމަށް 25000 އަށް ވުރެ ގިނަ ފޯމު އިލެކްޝަނަށް ހުށައަޅާފައިވާ ކަމަށް ބުނުމާއެކު އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަނީ ވޯޓު އޮޅުވާލަން މަސައްކަތްކުރާކަމުގެ ގިނަ ކަންބޮޑުވުންތަކާއެކު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންފަ އެވެ. 

މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި އެކު ވަރަށް ދިގުކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ހުށައެޅި ގިނަ ފޯމުތައް ހުށައަޅާފައި ވަނީ އޮންލައިންކޮށް ކަމަށެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުން 2000 އެއްހާ ފޯމު ހުށައަޅާފައި އޮތް އިރު އޮންލައިންކޮށް 22000 ފޯމު ހުށައަޅާފައިވާކަމަށް އީސީން ހާމަކޮށްފައިވާކަމަށް ސައީދު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ، މިއީ ހަމަ ޞައްހަ ފޯމުތަކެއްކަމަށް ބަލައިގަންނަން ދަތި އަދަދެއް ކަމަށެވެ. ވަކިން ޚާއްސަކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު ހެކު ކުރުމަށް މަސައްކަތްކުރަމުންދާކަން އެ ކޮމިޝަނުން ވެސް ހާމަކޮށްފައިވާއިރު، އެހާ ގިނަ އަދަދެއްގެ ފޯމު އޮންލައިންކޮށް ހުށައަޅާފައި އޮތް އޮތުމަކީ އެތައް ސުވާލެއް އުފެދޭ ކަމެއްކަމަށް ސައީދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ވޯޓުލާން ރަޖިސްޓާވުމުން، ބައެއް ސަރަހައްދުތަކުގައި ވޯޓު ފޮށި ހުރި ނަމަވެސް ވޯޓު ފޮއްޓެއް ނެތްކަމަށް ބުނެ އީސީގެ މެސެޖުތައް ވަކިވަކި ފަރުދުންނަށް ފޮނުވަމުންދާ ކަމަށެވެ. އަދި އެހެން ފޮށިތަކަށް އެމީހާ ރަޖިސްޓާކުރަމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. 

"މިސާލަކަށް ލަންޑަން، އެތަންތާގައި ދިރިއުޅޭ މިހާރު ވެސް ވޯޓުލަމުން ގެންދާ ބައެއް ފަރާތްތައް އެބަހުރި ރާއްޖޭގެ ބައެއް ރަށްރަށަށް ބަދަލުކޮށްލާފަ. މާލެއަށް ވޯޓުލީ ބައެއް ފަރާތްތައް ވެސް އެބަހުރި ބަދަލުކޮށްލާފަ. އޮންލައިންކޮށް ބަދަލުމި ކޮށްލަނީ. އަނެއްކަ އިލެކްޝަންސް ކޮމިޝަނަށް ނަގާފައިވާ ކޮންސަލްޓަންޓު ވެސް އެބަ ބުނޭ ބައެއް ކަހަލަ ހެކް ކުރުމުގެ އެޓަމްޓު ވެސް އެބަ ކުރެޔޭ"

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު

މިފަދަ އެތައް މައްސަލަތަކެއް ހުރުމުގެ ސަބަބުން، މި ކަންކަން ބަލާ ރައްޔިތުންނަށް ވޯޓުލުމުގެ ފުރިހަމަ ހައްގު ކަށަވަރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ސައީދު ވިދާޅުވި އެވެ. 

"22000 ފޯމު އެބަވޭ އޮންލައިންކޮށް ހުށައަޅާފަ، ވެރިފިކޭޝަން ނުލިބި ވެސް 14000 އަށް ވުރެ ގިނަ ފޯމު އެބަވޭ. ސިޔާސީ ޕާޓީތަކުން އިނީ އެންމެ 2000 ހާ މީހުން ރަޖިސްޓްރީ ކޮށްފައި. އޮންލައިންކޮށް މިހާ ބޮޑު އަދަދެއް 22000 ފޯމު އޮތީމަ އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތަކާއި ހަގީގަތުގައި ގުޅުމެއް ވެސް އެބޮތް"

ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު

ސައީދުގެ ވާހަކައަށްފަހު ޕީއެންސީގެ ނައިބު ރައީސް ހުސެއިން މުޙައްމަދު ޝަރީފު (މުންދު) ވިދާޅުވީ އިންތިޚާބާއި ގުޅުންހުރި ކަންކަމުގައި އިދިކޮޅު ކޯލިޝަނުން އެއްވެސް މުއައްސަސާއަކަށް އިތުބާރުކޮށްގެން ނުތިއްބަވާނެ ކަމަށެވެ. 

ރިޔާސީ އިންތިޚާބުގައި ރައްޔިތުންލާ ވޯޓަކީ ޞައްހަ ވޯޓެއްކަން ކަށަވަރުކުރުމަށް އިދިކޮޅުން ކުރެވެން އޮތްހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން މުންދު ވިދާޅުވީ، ވޯޓުލާން ރަޖިސްޓްރީ ވެފައި އޮތީ ރަނގަޅު ތަނުގައިތޯ ދުރާލާ ރައްޔިތުން ބައްލަވައިގެން ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ރީ-ރެޖިސްޓްރޭޝަނާއި ގުޅިގެން ޝަކުވާއަށް ހުޅުވާލުމުން، އެ މައްސަލަތައް އީސީއަށް ހުށައަޅާ، ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ވޯޓުލުމުގެ ހައްގުން ރައްޔިތުން މަހުރޫމު ނުވާނެފަދަ ގޮތަކަށް މަސައްކަތްކޮށްދެއްވާނެކަމަށް މުންދު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވަނީ މި އިންތިޚާބުގައި މުއައްސަސާތަކަށް އިތުބާރުކޮށްގެން ވޯޓު އޮޅުވާލުމުގެ ފުރުސަތު ދީގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޑުން ތިބެދާނެކަމަށް ބަލައިގެން ނުވާނެކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.