ފާއިތުވި ރަމަޟާން މަހުގެ އިޒްރާއިލް ސިފައިން އަލް އަޤްޞާގެ ތެރޭގައި. ފޮޓޯ:އޭއެފްޕީ
ހަބަރު
18 Sep 2023 | 10:47
އިޒްރާއިލް ސިފައިން އަލް އަޤްޞާ އަށް ވަދެގަނެ ފަލަސްޠީނުގެ ބަޔަކަށް ހަމަލާދީފި

އިޒްރާއިލް ސިފައިން އަލް އަޤްސާ އަށް ވަދެގަނެ އެތަނުގައި އަޅުކަން ކުރަން ތިބި ފަލަސްޠީނުގެ ބަޔަކަށް ހަމަލާދީފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލް ސިފައިން ހަމަލާ ދީފައިވަނީ އަލް އަޤްޞާ މިސްކިތުގެ މައި އެއްދޮރޯށި ކަމަށްވާ ބާބް އަލް ސިލްސިލާގެ ހަރިންމަ ތެރޭގައި ތިބި ބަޔަކަށް ކަމަށެވެ.

އިޒްރާއިލް ސިފައިންވަނީ އިއްޔެ އަޤްޞާގެ ސެކިޔުރިޓީ ވަރަށް ވަރުގަދަ ކޮށްފައެވެ. ފަލަސްޠީނުގެ މީހުންނަށް އަޤްޞާ އަށް ނުވަދެވޭ ގޮތް ހަދައި އެތަނުގެ ކައިރީގައި ތިބުންވެސް މަނާ ކުރިއެވެ. 50 އަހަރުން މަތީގެ މީހަކަށް މެނުވީ މިސްކިތަށް ނުވަދެވޭނެ ކަމަށް އިޒްރާއިލް ސިފައިން ވަނީ އަންގައިފައެވެ.

އިޒްރާއިލް ސިފައިން ބުނެފައިވަނީ އެމީހުން މަސައްކަތް ކުރީ ޔަހޫދީންގެ ދީނީ މުނާސަބާއެއް ކަމަށްވާ "ރޯޝް ޙަޝާނާ" ފާހަގަ ކުރުމަށް ޓަކައި އެއްވާ ޔަހޫދީންނަށް ޓަކައި މިސްކިތުގެ ހަރިންމަތެރެ އަމާން ކުރުމަށް ކަމަށެވެ.

އިޒްރާއިލް ސިފައިން އަލް އަޤްޞާގައި އަޅުކަން ކުރަން ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާކުރި ޚަބަރު ލިބުމާއެކު ފަތިހުގެ ނަމާދަށް ފަހު ފަލަސްޠީނުގެ ބަޔަކު ވަނީ އިޒްރާއިލް ސިފައިންގެ އެޢަމަލުތަކާއި ދެކޮޅު ހެދުމަށް އެއްވެފައެވެ.

ގަދަކަމުން ފަލަސްޠީނުގެ ބިމަށް ވެރިވެގަނެގެން ތިބި އިޒްރާއިލް މީހުން އަޤްސާގެ ހުރުމަތް ކެނޑޭގޮތައް ނަށައި ލަވަކިޔައި އަޑުގަދަކޮށް ހަދާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވަނީ އާންމުވެފައެވެ.

ފަލަސްޠީނުގެ މީހަކު ވަފާ ނިއުސް އަށް ބުނެފައިވަނީ އިޒްރާއިލް ސިފައިން ވަނީ މިސްކިތުގެ ހަރިންމަ ތެރޭގައި ތިބި މީހުންނަށް ޖިސްމާނީ އަނިޔާތައް ދީފައި ކަމަށާއި އެގޮތުން ތިން މީހެއްގެ ގައިގައި ތަޅައި އަނިޔާކޮށްފައި ވާ ކަމަށެވެ. މީގެ އިތުރުން ޢުމުރުން ދުވަސްވީ އަންހެނަކާއި ފިރިހެނަކު ކޮއްޕާލުމުގެ ސަބަބުން އެދެމީހުންނަށް އަނިޔާވެފައިވާ ކަމަށްވެސް ބުނެއެވެ.

މިސްކިތުގެ ހަރިންމަ ތެރެއިން ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެދެމީހުން ގެންދިޔައީ ކޮންތާކަށްކަން ސާފު ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް