އިންޖިނިއަަރު ހަސަން ނޫރުލް.
ހަބަރު
18 Sep 2023 | 14:21
އިންޑިޔާގައި މުސްލިމް އިންޖިނިއަރަކު މަރާލައިފި

އިންޑިޔާގެ މަހާރަސްތްރާގެ ސަތާރާ ޑިސްޓްރިކްޓުގައި ހުންނަ މިސްކިތެއްގެ ތެރޭގައި އިންޑިޔާގެ މުސްލިމް އިންޖިނިއަރަކު މަރާއިލައިފިއެވެ. 

އިންޑިޔާގެ ހައްދު ފަހަނަ އެޅި ހިންދޫން މަރައިލައިފައިވަނީ ނޫރުލް ހަސަން ނަމަކަށް ކިޔާ އިންޖިނިއަރެކެވެ. ހިންދޫން އޭނާ މަރާލައިފައިވަނީ މިސްކިތަކަށް ދިޔަ ހަމަލާއެއްގައެވެ.

ހިންދޫންގެ މިހަމަލާގައި ނޫރުލް ހަސަން މަރިވެފައިވާ އިރު އޭނާގެ އަންހެނުން އައިޝާ އިނީ ނޫރުލް ހަސަންގެ ދަރިއަކަށް ބަލިވެއެވެ.

ހަސަންގެ ބައްޕަ އަލްޖަޒީރާ އަށް ބުނެފައިވަނީ އޭނާގެ ދަރިފުޅުގެ މަރުވެފައިވާ ހަށިގަނޑު ފެނުމާއި އެކު އޭނާގެ މުޅި ދުނިޔެ ބަރުބާދުވެގެން ދިޔަ ކަމުގެ އިޙްސާސް ކުރެވުނު ކަމަށާއި، ލޮލުން ފެނުނު އެމަންޒަރު އަދިވެސް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ކަންތައް ހިނގައިދިޔަ ގޮތް ކިޔައިދެމުން ހަސަންގެ ބޮޑުބޭބެ މުޙައްމަދު ސިރާޖް ބުނެފައިވަނީ އެހާދިސާ ހިނގައިދިޔަ ރޭ 8:30 ހާއިރު ހަސަން ދިޔައީ ޢިޝާ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް ގެޔާއި ކައިރިގައި ހުންނަ މިސްކިތައް ކަމަށެވެ.

އޭގެ އިރުކޮޅެއްފަހުން މުސްލިމުންނާއި ދެކޮޅު ހައްދުފަހަނަ އެޅި ހިންދޫން މިސްކިތުގެ ބޭރުގައި އިސްލާމްދީނާއި ދެކޮޅު ބަސްތަކުން އަދު ގަދަކުރަން ފެށި ކަމަށެވެ.

ހަސަންގެ ބޮޑުބޭބެ ބުނެފައިވަނީ މިސްކިތުގެ ބޭރަށް 200 އެއްހާ ހިންދޫން އެއްވެ އޮއްގަލުން ހަމަލާދީ ފައިވާ ކަމަށެވެ. އަދި އެހަމަލާތަކުގެ ސަބަބުން އެތަނުގައި ޕާކުކޮށްފައި ހުރި  ބައެއް ވެހިކަލްތައްވެސް ހަލާކުވެފައި ވާކަމަށެވެ.

މަންޒަރު ދުށް މީހަކު ބުނެފައިވަނީ ހަމަލާދިން ހިންދޫންގެ އަތުގައި ތޫނު ހަތިޔާރާއި، ދަގަނޑު ބުރިތަކާއި، ހިލަކޮޅު ކޮޅާއި ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވޭނެ ތަކެތި ހުރި ކަމަށެވެ.

ނޫރުލް ހަސަން އަށް ހަމަލާދީފައިވަނީ ދަނގަޑު ގަނޑަކުން ކަމަށާއި އަދި އޭނާގެ ބޮލަށް އެ ދަނގަޑު ގަނޑުން އެތައް ފަހަރަކު ހަމަލާދީފައިވާ ކަމަށެވެ.

މިސްކިތައް ދިން ހަމަލާތަކުގެ ސަބަބުން އިތުރު ފަނަރަ މީހަކުވެސް ވަނީ މަރުވެފައިކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް