ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ހަބަރު
18 Sep 2023 | 14:26
ބަރުލަމާނީ ގަރާރު އަވަސްކުރުމަށް އެމްޑީޕީން އެއްބަސްވެފައިވާކަން ނަޝީދު ހާމަކޮށްފި

ދިވެހިރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން ޑިމޮކްރެޓްސް ޕާޓީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް އަވަސް ކުރަން، މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އެއްބަސްވެފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފިއެވެ. 

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާ އާމެދު ހިތްހަމަނުޖެހި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުން ދޫކޮށް ގޮއްސައެވެ. 

މަޖިލީހުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ބޭއްވޭ ގޮތް ނުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އެކަމުގެ ސަބަބުން މަޖިލީހުގައި ގިނަ މުހިންމު މަސައްކަތްތަކެއް ހުއްޓިފައިވާ ކަމަށް ވިދާޅުވެފައެވެ. 

މަޖިލީހުން ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ބަރުލަމާނީ ގަރާރުގެ ވާހަކަ ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ އެ ގަރާރުގެ މައްސަލަ އަވަސް ކުރަން ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެދިވަޑައިގެންފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާ މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

މެޖޯރިޓީ ލީޑަރު (އަސްލަމް) ވަނީ މި މަސައްކަތް އަވަހަށް ކުރުމަށް އެއްބަސްވެވަޑައިގެންފައި ކަމަށް ޑިމޮކްރެޓުންގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ވަނީ ވިދާޅުވެފައި. އެހެންވީމާ އަޅުގަނޑުމެންނަށް އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދެވޭނެ

ރައީސް ނަޝީދު 

ވުމާއެކު މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެގޮތަށް އެއްބަސްވެވަޑައިގަތުމުން، ނިޒާމީ ވޯޓު ނެގުމާ ގުޅޭ ގަރާރަށް މާދަމާ ބަހުސް ކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ޑިމޮކްރެޓްސް އިން ވަނީ، މި މަހުގެ 25 ގައި ނިޒާމީ ވޯޓެއް ނެގުމަށް ދެ ވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފަ އެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ނިޒާމާއި ބެހޭ ވޯޓު ނެގުމުގެ ގަރާރުގައި ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓު މި އަހަރުގެ ނޮވެމްބަރު 30 ގެ ކުރިން ނެގުމަށެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ދަ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގެ ދެވަނަބުރުގައި އެކުގައި މަސައްކަތް ކުރާނެ ޕާޓީއެއް ކަނޑައެޅުމަށްޓަަކައި އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީއާއިއެކު ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސައެވެ.

އެ ޕާޓީގެ މައިގަނޑު ހުށަހެޅުމަކީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. 

އެހެންނަމަވެސް މި މަޝްވަރާތައް އެއްބަސްވުމެއްގައި ސޮއިކޮށްގެން ކުރިއަށް ގެންދިއުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ބޭނުން ނުވުމުގެ ސަބަބުން އެ ޕާޓީއާއެކި ކުރިއަށް ގެންދިޔަ މަޝްވަރާތައް މަޑުޖެހިފައި ވާކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފްވަނީ މީގެ ކުރިން ވިދާޅުވެފައެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ދަ ޑިމޮކްރެޓްސްގެ ނިންމުން މިރޭ އިއުލާންކުރާނެކަމަށްވެސް އެ ޕާޓީން ވަނީ ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.