ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު--ފޮޓޯ/ މަޖިލިސް
ހަބަރު
19 Sep 2023 | 10:23
ރައީސް ނަޝީދު ރައީސް ޞާލިހަށް: ވަރަށް ސާފުކޮށް ދަންނަވަން؛ އަޅުގަނޑުގެ މަސައްކަތް ނުހުއްޓުވޭނެ

އެމަނިކުފާނުގެ މަސައްކަތް ހުއްޓުވަން މަސައްކަތް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަމަށާ އެހެން ނަމަވެސް، މަސައްކަތް ނުހުއްޓުވަައި ކުރިއަށް ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް ކޯރަމް ހަމަނުވެގެން ކުރިއަށް ނުގެންދެވުނު އިރު، އޭރުވެސް އެމްޑީޕީ މެންބަރުން ތިއްބެވީ މަޖިލީހުގެ ބޭރުގައި ކުޑަ ދަށުގައެވެ.

އަދި މިއަދުގެ ޖަލްސާވެސް 9 އިން ފެށިގެން 10 ޖަހަންދެންވެސް ކުރިއަށް ނުގެންދެވުނީ ކޯރަމް ހަމަ ނުވެގެން ކަމަށްވާއިރު، އޭރުވެސް އެމްޑީޕީ މެންބަރުން މަޖިލިސް ޗެންބަރުން ބޭރުގައި ތިއްބެވިއެވެ.

އެކަމާއި ނުރުހުން ފާޅުކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ސަބަޓާޖް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގެން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަސައްކަތް ކުރައްވަނީ ދައުލަތުގެ ބާރުތައް އަތްޕުޅު މައްޗަށް ނަންގަވައިގެން ދައުލަތް ހުއްޓުވާލުމަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

"ރައްޔިތުންގެ މަޖިލިސް ސަބަޓާޖްކޮށް ހުއްޓުވާފައި މި ބަހައްޓަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅިގެން މިކަމާ ބައިވެރިވެވަޑައިގެން. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސްކުރަން، ދަންނަވަން، ދިވެހި ދައުލަތުގެ ބާރުތައް, މަނިކުފާނުގެ އަތްޕުޅަށް ނަންގަވައި، ދިވެހި ދައުލަތް ހުއްޓުވާލައްވަން ތި ކުރައްވާ މަސައްކަތް ހުއްޓުވާލުމަށް. އަދި އަޅުގަނޑުގެ މަސައްކަތް، އަޅުގަނޑު ނުހުއްޓާނެ ކަމަށް، މަނިކުފާނަށް ވަރަށް ސާފުކޮށް ދަންނަވަން."

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

މިއާއެކު ރައީސް ނަޝީދު ވަނީ، ރައްޔިތުންގެ މަޖިލީސް ހުއްޓުނަ ނުދީ ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ވަނީ ރައްޔިތުންނަށް އަރުއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.