ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ
ހަބަރު
19 Sep 2023 | 11:16
ކެނެޑާގައި ދިރިއުޅޭ ސިޚް ލީޑަރު މަރާލުމުގެ ފަހަތުގައިވަނީ އިންޑިޔާ ސަރުކާރުކަމަށް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

އިންޑިޔާގެ ސަރުކާރުން ކެނެޑާއަށް ނިސްބަތްވާ ސިކް ލީޑަރަކު މަރާލިކަމުގެ ތުހުމަތުތަކެއް ކެނެޑާގެ ބޮޑު ވަޒީރު ކުރައްވައިފިއެވެ.

ކެނެޑާގައި ދިރި އުޅޭ ސިކް ޖަމާޢަތުން އެއީ ވަކި ދައުލަތެއް ކަމަށް ކަނޑައެޅުމަށް ދިޔައީ ވަކާލާތު ކުރަމުންނެވެ. އެކަމުގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔައީ ހަރްދީޕް ސިންގް ނިއްޖާރު ކިޔާ މީހެކެވެ. އެމީހުން ކެނެޑާގައި ވަކި ދައުލަތެއް ޤާއިމް ކުރަމަށް މަސައްކަތް ކުރަމުން ދިޔުމުން  އެމީހުން ހައްޔަރު ކުރުމަށް އިންޑިޔާއިން ދިޔައީ ކެނެޑާގެ ސަރުކާރަށް ބާރު އަޅަމުންނެވެ. އެކަމާއި ގުޅިގެން ކެނެޑާއާއި އިންޑިޔާ އާއި ދެމެދު އޮތީ ދެބަސްވުންތަކެއް ހިނގައިފައެވެ.

ނިއްޖާރު މަރާލައިފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު، ބްރިޓިޝް ކޮލަމްބިއާގެ ސަރީގައި ހުންނަ ސިޚް ޓެމްޕަލްއެއްގެ ބޭރުގައި ހުއްޓައެވެ. ކެނެޑާގައި  ޚާލިސްތާނުގެ ނަމުގައި ވަކި ދައުލަތެއް ޤާއިމް ކުރަން މަސައްކަތް ކުރި ނިއްޖާރަކީ އިންޑިޔާގެ ސަރުކާރުން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅައިފައިވާ މީހެކެވެ.

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ހޯމަ ދުވަހު އެޤައުމުގެ ޕާލިމެންޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކެނެޑާގެ ރައްޔިތަކު އެހެން ޤައުމެއްގެ ސަރުކާރުން އެހެން މަރާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އެޤައުމުގެ ސިޔާދަތައް އަރައިގަތުން ކަމަށެވެ.

އަދި އިންޑިޔާގެ ސަރުކާރަށް ޓްރޫޑޯ ގޮވައިލައްވައިފައިވަނީ އެކަން ތަހްޤީޤު ކުރުމަށް ކެނެޑާގެ ސަރުކާރަށް ދެވެން އޮތް އެއްބާރުލެއްވުމެއް އެންމެ ބޮޑަކަށް ދެއްވުމަށެވެ.

އިންޑިޔާގެ ފޮރިން މިނިސްޓްރީ އިން ވަނީ ކެނެޑާގެ ސަރުކާރުން ކުރާ ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި އެވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ހަދައިގެން ދައްކާ ވާހަކަ ތަކެއް ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް